ލެޓްވިއާގެ އިރުމަތީ ސަރަޙައްދުގެ ވައިގެ ސަރަޙައްދަށް ވަތް ބޭރުގެ ޑްރޯނެއް ނޭޓޯގެ ބޯލްޓިކް އެއާ ޕޮލިސިންގ މިޝަންގެ ފައިޓަރ ޖެޓަކުން ޙަމަލާދީ ވައްޓާލައިފިއެވެ. ލެޓްވިއާގެ ދިފާޢީ ވުޒާރާއިން ހާމަކުރި ގޮތުގައި، މި ޑްރޯން ލެޓްވިއާގެ ވައިގެ ސަރަޙައްދަށް ވަދެފައިވަނީ ރަޝިޔާއިން ބޯޑަރު ސަރަޙައްދުގައި ބޭނުންކުރި އިލެކްޓްރޯނިކް ވޯފެއާ އަދި ސިގްނަލް ޖޭމްކުރުމުގެ ސަބަބުން މިސްރާބު އޮޅިގެންނެވެ.
ޑްރޯން ވައްޓާލުމާ ގުޅިގެން ލެޓްވިއާގެ އިރުމަތީ 5 ސަރަޙައްދެއްގައި (ބާލްވީ، އޯގްޝްޑޯގަވްޕިލްސް، ޕްރޭލީ، ރޭޒެކްނޭ އަދި އަލޫކްސްނޭ) ވަނީ ކުއްލި ސަލާމަތީ އިންޒާރު ނެރެފައެވެ. އަދި އިރުމަތީ ބޯޑަރުގެ ސަލާމަތް ވަރުގަދަކުރުމަށް އިތުރު އެއާ ދިފާޢީ ނިޒާމުތައް ވަނީ އިންސްޓޯލްކޮށްފައެވެ. މި ހާދިސާއާ ގުޅިގެން އަވައްޓެރި ފިންލޭންޑުންވެސް ވަނީ ކަޅުކަނޑުގެ އިރުމަތީ ސަރަޙައްދުގެ ކަނޑާއި ވައިގެ ދަތުރުފަތުރަށް ވަގުތީ ފިޔަވަޅުތަކެއް އަޅާފައެވެ.













