Monday, 17 August 2026
Ads by

ކޮލޯރެކްޓަލް ސާޖަރީގެ ދާއިރާއިން ޚާއްޞަވި ފުރަތަމަ ދިވެހި ކޮންސަލްޓަންޓް ސަބް-ސްޕެޝަލިސްޓް ޑރ. ހައްމާދު އައިޖީއެމްއެޗް އަށް!

ކޮލޯރެކްޓަލް ސާޖަރީގެ ދާއިރާއިން ޚާއްޞަވި ފުރަތަމަ ދިވެހި ކޮންސަލްޓަންޓް ސަބް-ސްޕެޝަލިސްޓް ޑރ. ހައްމާދު އައިޖީއެމްއެޗް އަށް!

ރާއްޖޭގެ ސިއްހީ ޚިދުމަތުގެ ފެންވަރު މަތިކޮށް، އާ ދާއިރާތަކުން ޚާއްޞަ ފަރުވާ ދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް ވަނީ ބޮޑު ކުރިއެރުމެއް ލިބިފައެވެ.

Ad Image
Ads by

އެ ހޮސްޕިޓަލުން ހާމަކުރި ގޮތުގައި، ކޮލޯރެކްޓަލް ސާޖަރީގެ ދާއިރާއިން ޚާއްޞަވި ފުރަތަމަ ދިވެހި ކޮންސަލްޓަންޓް ސަބް-ސްޕެޝަލިސްޓް ޑރ. ހައްމާދު އާދަމް މިހާރު ވަނީ އައިޖީއެމްއެޗުގެ މެޑިކަލް ޓީމާ އަލުން ގުޅިވަޑައިގެންފައެވެ.

މިއީ ރާއްޖޭގެ ސިއްހީ ނިޒާމަށް، ވަކިން ޚާއްޞަކޮށް އެޑްވާންސް ސާޖިކަލް ފަރުވާ ބޭނުންވާ ބަލިމީހުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެކެވެ.

ކޮލޯރެކްޓަލް ސާޖަރީއަކީ ހަޖަމުކުރާ ނިޒާމާއި، ގޮހޮރު، ފުރަމޭ، ޗިސްމޭ އަދި ބޮޑުކަމުދާ ނިޒާމަށް ދިމާވާ ނުރައްކާތެރި ބަލިތަކަށް އޮޕަރޭޝަންގެ މަގުން ފަރުވާދޭ ޚާއްޞަ ދާއިރާއެކެވެ. މީގެ ތެރޭގައި ގޮހޮރުގެ ކެންސަރާއި، ފުރަމޭގެ ތަފާތު ބަލިތަކުގެ އިތުރުން ހަޖަމުކުރާ ނިޒާމަށް ދިމާވާ އެކި ކަހަލަ އުނދަގޫތަކަށް ދެވޭ އެޑްވާންސް ފަރުވާތައް ހިމެނެއެވެ.

އައިޖީއެމްއެޗުން މަޢުލޫމާތު ދޭ ގޮތުގައި، ސާޖިކަލް ގެސްޓްރޯއެންޓްރޮލޮޖީގެ ދަށުން ކޮލޯރެކްޓަލް ސާޖަރީއާއި ހެޕަޓޯބިލިއަރީ ފަދަ އުނދަގޫ އޮޕަރޭޝަންތައް އެ ހޮސްޕިޓަލުގައި އަންނަނީ ކުރަމުންނެވެ.

އެހެންކަމުން، މި ދާއިރާއިން މަތީ ތަޢުލީމާއި ތަމްރީނު ހޯއްދަވާފައިވާ ދިވެހި ޚާއްޞަ ޑޮކްޓަރަކު ހިދުމަތަށް ނުކުމެވަޑައިގަތުމާއެކު، ގޮހޮރުގެ ކެންސަރު ފަދަ ބޮޑެތި ބަލިތަކަށް ރާއްޖޭގައި ތިބެގެން ފަރުވާ ހޯދުމުގެ މަގު އިތުރަށް ފަހިވެ، ބޭރުގައުމުތަކަށް ސަރުކާރުން ކުރަންޖެހޭ ބޮޑެތި ޚަރަދުތައް ސަލާމަތްވެގެންދާނެއެވެ.

މިއީ ރާއްޖެއަށް ބޭނުންވާ މުހިންމު ދާއިރާތަކުން ދިވެހި ޑޮކްޓަރުން ތަމްރީނުކުރުމަށް ކުރެވޭ މަސައްކަތުގެ ވަރަށް ކާމިޔާބު ނަތީޖާއެއް ކަމަށް ޞިއްޙީ ދާއިރާގެ މާހިރުން ބުނެއެވެ.

މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވި ގޮތުގައި، މަތީ ތަމްރީނުތަކަށްފަހު މިއަހަރު އެކަނިވެސް ދިވެހި 16 ޑޮކްޓަރަކު ވަނީ އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގެ ޚިދުމަތާ ގުޅިފައެވެ.

މީގެ ތެރޭގައި ނިއުރޯ އިންޓަވެންޝަނަލް ރޭޑިއޮލޮޖީއާއި ޕީޑިއަޓްރިކް ޑެންޓިސްޓްރީ ފަދަ، މީގެ ކުރިން ރާއްޖޭގައި ނެތް މުޅިން އާ ދާއިރާތަކުން ޚާއްޞަވި ސަބް-ސްޕެޝަލިސްޓުން ހިމެނެއެވެ.

ރާއްޖޭގެ ސިއްހީ ދާއިރާ އިތުރު ހަރުފަތަކަށް ގެންދިއުމުގެ ގޮތުން، އައިޖީއެމްއެޗްގައި ދާދިފަހުން ވަނީ ”ރޮބޮޓިކް ސާޖަރީ“ ގެ ޚިދުމަތް ފެށުމަށްޓަކައި ވާންޖެހޭ ތައްޔާރީތައްވެސް ފަށާފައެވެ.

ހެލްތު މިނިސްޓްރީން ބުނި ގޮތުގައި، މިފަދަ ޒަމާނީ ޚިދުމަތްތަކާއި ޤާބިލު ދިވެހި މާހިރުންގެ ސަބަބުން، ބޮޑެތި އޮޕަރޭޝަންތަކަށް ރާއްޖެއިން ބޭރަށް ދާންޖެހޭ ދިއުން ނިމުމަކަށް އައިސް، ރާއްޖޭގެ ސިއްހީ ނިޒާމަށް އިންގިލާބީ ބަދަލެއް އަންނާނެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260816_224222
ޖުލައި މަހުގެ ނިޔަލަށް އެންމެ ދެމަސްތެރޭ އިންޑިއާގައި މުސްލިމުންނާ ދެކޮޅަށް ހިންގި ނަފްރަތުގެ ޖަރީމާތަކުގައި 25 މީހުން ޝަހީދުކޮށްލައިފި
20260816_150158
ތެޔޮ ބޯޓުތަކަށް ދެމުންދާ ޙަމަލާތަކާ ގުޅިގެން ހޮރްމޫޒް ކަނޑުއޮޅިން ދަތުރުފަތުކުރުން ހުއްޓުމަކަށް އަތުވެއްޖެ
20260816_180545
ދެކުނު ލުބުނާނަށް އިޒްރޭލުން ދިން ހަމަލާތަކެއްގައި ކުޑަކުދީންނާއި އަންހެނުން ހިމެނޭހެން 11 މީހުން ޤަތުލުކޮށްލައިފި
shameem
ޑީޖޭއޭގެ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް އާދަމް ޝަމީމް
Ads by
މަގުބޫލު
9C781EB8-7D1B-4BF5-AA42-DBC61E226679
ނަޝީދުގެ ސިޔާސީ ފޯމިއުލާ މިފަހަރުވެސް ޗޮކުން: އެމްޑީޕީގެ މުޒާހަރާގައި 90 މީހުން
l_2025_08_18_061416_94owecpn3lifkhm7y5xr8dbaz6qtuvjgs21_EN_
އިބޫ ސޯލިހު އަކީ ލަދުހަޔާތެއް ނެތް، ރައްޔިތުންގެ އިހުސާސްތައް ނޭނގޭ ބޭފުޅެއް: ސައިފް
E8581A70-30BC-41C6-99E5-C4E17E74AFB1
ލެގޫންސްގެ ބޯޑު އިންތިޚާބުގެ ތެރެއަށް އަޑުބަރޭ ވަދެ ހަމަނުޖެހުން ހިންގައިފި
Screenshot 2026-08-12 at 00.11
އުފަންވިތާ ތިން ދުވަސްވީ ކުއްޖަކު ދައުލަތަށް ނެގީ ގާނޫނީ އިޖުރާއަތްތަކާ އެއްގޮތަށް: މިނިސްޓްރީ
9C781EB8-7D1B-4BF5-AA42-DBC61E226679
ނަޝީދުގެ ސިޔާސީ ފޯމިއުލާ މިފަހަރުވެސް ޗޮކުން: އެމްޑީޕީގެ މުޒާހަރާގައި 90 މީހުން
l_2025_08_18_061416_94owecpn3lifkhm7y5xr8dbaz6qtuvjgs21_EN_
އިބޫ ސޯލިހު އަކީ ލަދުހަޔާތެއް ނެތް، ރައްޔިތުންގެ އިހުސާސްތައް ނޭނގޭ ބޭފުޅެއް: ސައިފް
E8581A70-30BC-41C6-99E5-C4E17E74AFB1
ލެގޫންސްގެ ބޯޑު އިންތިޚާބުގެ ތެރެއަށް އަޑުބަރޭ ވަދެ ހަމަނުޖެހުން ހިންގައިފި
Screenshot 2026-08-12 at 00.11
އުފަންވިތާ ތިން ދުވަސްވީ ކުއްޖަކު ދައުލަތަށް ނެގީ ގާނޫނީ އިޖުރާއަތްތަކާ އެއްގޮތަށް: މިނިސްޓްރީ