Saturday, 29 August 2026
Ads by

މި ސަރުކާރުން ކުރިއަށްގެންދާ އެންމެ ބޮޑު މަޝްރޫއަކީ ތިލަފުއްޓަށް ޕޯޓް ބަދަލުކުރުމުގެ މަޝްރޫއު: ރައީސް

މި ސަރުކާރުން ކުރިއަށްގެންދާ އެންމެ ބޮޑު މަޝްރޫއަކީ ތިލަފުއްޓަށް ޕޯޓް ބަދަލުކުރުމުގެ މަޝްރޫއު: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދަ ޕަލްސް ޕޮޑްކާސްޓުގައި ވާހަކަދައްކަވަނީ---

މި ސަރުކާރުން ކުރިއަށްގެންދާ އެންމެ ބޮޑު މަޝްރޫއުއަކީ މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ރައީސް މުޢިއްޒު މި މޭރުމުން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ސިލްސިލާކޮށް ބާއްވަމުން އަންނަ ”ދަ ޕަލްސް“ ޕޮޑްކާސްޓުގައި ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ، ތިލަފުށީ ޕޯޓުގެ މަޝްރޫއަކީ މި ސަރުކާރުން އެންމެ ބޮޑަށް އިސްކަންދޭ މަޝްރޫއު ކަމަށާއި، އެ މަޝްރޫއުގެ ސަބަބުންރާއްޖޭގެ އިގްތިސާދަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށެވެ.

”އިރާދަކުރެއްވިއްޔާ ކަމާ ގުޅުންހުރި ހުރިހާ ފަރާތްތަކެއް ގުޅިގެން ވަރަށް ބާރަށް އެ މަސައްކަތް އެބަ ހިނގާ. ސަރުކާރުގެ އަމާޒަކީ، މި އަންނަ އަހަރުގެ ނޮވެންބަރު މަހުގެ 11 އަށް އެތަން ހުޅުވުން.“ – ރައީސް މުޢިއްޒު ވިދާޅުވިއެވެ.

މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތަކީ، ރައީސް މުޢިއްޒުގެ އެންމެ މުހިންމު އެއް ވައުދުފުޅު ކަމަށްވާއިރު މި މަޝްރޫއު ނިމުމުން ވިޔަފާރި ބަނދަރަށް މިހާރު ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފައެވެ. ތިލަފުށީގައި ތަރައްގީކުރާ ވިޔަފާރި ބަނދަރަކީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭނޭހެން ތަރައްގީކުރާ ބަނދަރެކެވެ. މިއީ މެދުނުކެނޑި 24 ގަޑިއިރު ހިދުމަތް ދެވޭ ފުރިހަމަ ލޮޖިސްޓިކްސް ނިޒާމެއް ބިނާކުރުމަށް އަޅާ މުހިންމު ފިޔަވަޅެއް ކަމަށް ސަރުކާރުން ބުނެއެވެ.

މި ބަނދަރު ތަރައްގީކުރާނީ އެންމެފަހުގެ ޒަމާނީ ކޮންޓޭނަރ ޓަރމިނަލަކާއި، މަލްޓި-ޕާޕަސް ޓާމިނަލްތަކާއި އެކުގައެވެ. މީގެ އިތުރުން އަވަހަށް ހަލާކުވާ ފަދަ މުދާ ރައްކާކުރާނެ ކޯލްޑް ސްޓޯރޭޖުގެ އިތުރުން ބޮންޑެޑް ވެއަރހައުސްތައް ވެސް މި ބަނދަރުގައި ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260829_105955
ނޭޕާލާއި ޓިބެޓް ބޯޑަރުގެ ފެންބޮޑުވުމުގައި މަރުވި މީހުންގެ އަދަދު 623 އަށް އަރައި، 2,400 އަށްވުރެ ގިނަ މީހުން ވަނީ ގެއްލިފައި
470237_3b095101-d_-1024x683
"ރައްޔިތުންގެ އަޑު" ސިލްސިލާގައި ބައިވެރިވުމުގެ ފުރުސަތު އިތުރު 8 ދާއިރާއެއްގެ ރައްޔިތުންނަށް!
dollar
"ބޭރު ފައިސާއާ ބެހޭ ގާނޫނު އިސްލާހުކުރި ނަމަވެސް، ޑޮލަރުން މުސާރަ ދިނުމުގައި އެއްވެސް ހުރަހެއް ނޯންނާނެ"
image_870x_6a3e8969ce9a8
ނަޝީދުއާއެކު ގެންނާން އުޅުނު "ބޮޑު ބަދަލު" ބޮޑު ކޯޅުމަކަށް!
Ads by
މަގުބޫލު
Hussain Shareef
ޕީއެންސީގެ މަޖިލިސް މެންބަރު ހުސައިން ފަހަތަށް ފިޔަވަޅެއް އަޅުއްވަން ނިންމަވައިފި
20260827_092710
ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަބްދުލްޢަޒީޒް އަލް-ޠަރީފީ މެރުމަށް ސަޢޫދީ ޕްރޮސެކިއުޝަނުން ކޯޓުގައި އެދިއްޖެ
20260825_202855
އެމެރިކާއާއެކު އައިއެސް ބަލިކުރުމަށް ހަނގުރާމަކުރި އީރާނަށް ވަފާތެރި ޝީޢީ ޖަމާޢަތްތައް އަތުން ހަތިޔާރުތައް އަތުލައި އެޤައުމުން ފޭބުމަށް ސުންގަޑި ދީފި
Screenshot 2026-08-28 at 15.46
ޕީއެންސީ މީހުން ޔާމީންގެ ޕާޓީއަށް ގެންދަން ނަޝީދު ކެމްޕެއިނަށް
Hussain Shareef
ޕީއެންސީގެ މަޖިލިސް މެންބަރު ހުސައިން ފަހަތަށް ފިޔަވަޅެއް އަޅުއްވަން ނިންމަވައިފި
20260827_092710
ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަބްދުލްޢަޒީޒް އަލް-ޠަރީފީ މެރުމަށް ސަޢޫދީ ޕްރޮސެކިއުޝަނުން ކޯޓުގައި އެދިއްޖެ
20260825_202855
އެމެރިކާއާއެކު އައިއެސް ބަލިކުރުމަށް ހަނގުރާމަކުރި އީރާނަށް ވަފާތެރި ޝީޢީ ޖަމާޢަތްތައް އަތުން ހަތިޔާރުތައް އަތުލައި އެޤައުމުން ފޭބުމަށް ސުންގަޑި ދީފި
Screenshot 2026-08-28 at 15.46
ޕީއެންސީ މީހުން ޔާމީންގެ ޕާޓީއަށް ގެންދަން ނަޝީދު ކެމްޕެއިނަށް