ސަޢޫދީ ޢަރަބިއްޔާގެ ދެކުނުގެ ޖީޒާން އަދި ނަޖްރާން ޕްރޮވިންސްގައި ހުންނަ ސަޢޫދީ އަރާމްކޯގެ ތެޔޮ ސާފުކުރާ ކާރުޚާނާތަކަށް ޔަމަނުގެ ހޫޘީން ޑްރޯން ޙަމަލާތަކެއް ދީފިއެވެ. ޖީޒާން ރިފައިނަރީއަށް ހޫޘީން ފޮނުވާލި ދެ ޑްރޯން ޙަމަލާއާ ގުޅިގެން ރޯވި އަލިފާންގަނޑު ސަޢޫދީގެ އެމަޖެންސީ ޓީމުތަކުން ވަނީ ކޮންޓްރޯލްކޮށްފައެވެ. މި ޙަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
ނަޖްރާންގައިވާ އަރާމްކޯގެ ސައިޓަކަށް ދިން ދެވަނަ ޑްރޯން ޙަމަލާއަކީ ސާދާ ޕްރޮވިންސްގެ ވައިގެ ސަރަހައްދަށް ސަޢޫދީ އަސްކަރީ ބޯޓުތަކުން ވަން ކަމަށް ބުނެ ދިން ރައްދު ހަމަލާއެއް ކަމަށް ހޫޘީން ވަނީ ބުނެފައެވެ. ކަނޑުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށްޓަކައި ސަޢޫދީ ޢަރަބިއްޔާއިން އިސްނަގައިގެން އެމެރިކާ، ދިވެހިރާއްޖެ، އޮމާން އަދި ކުވެއިތު ހިމެނޭ ގޮތަށް ބައިނަލްއަޤްވާމީ ނޭވީ ކޯލިޝަނެއް ވަނީ އުފައްދާފައެވެ.












