Saturday, 17 October 2026
Ads by

ދޯނި އޮތް ކަމަށް ބެލެވެނީ 1600 މީޓަރަށްވުރެ ފުނުގައި، އެހާ ފުނަށް ސަބްމެރިންވެސް އޮޕަރޭޓް ނުކުރާނެ: އެމްއެންޑީއެފް

ދޯނި އޮތް ކަމަށް ބެލެވެނީ 1600 މީޓަރަށްވުރެ ފުނުގައި، އެހާ ފުނަށް ސަބްމެރިންވެސް އޮޕަރޭޓް ނުކުރާނެ: އެމްއެންޑީއެފް

މުދާ އުފުލާ ސަޕްލައި ދޯނި ”ފްރެންޑް 4“ އަޑިއަށް ގޮސްފައި އޮތް ސަރަހައްދަކީ އަސްކަރީ ސަބްމެރިން ނުވަތަ ނިއުކްލިއާ ސަބްމެރިން ވެސް އޮޕަރޭޓް ކުރާ ފުންމިނެއް ނޫން ކަމަށް އެމްއެންޑީއެފުން މިރޭ ބުނެފިއެވެ.

Ad Image
Ads by

މި މަހުގެ ދެ ވަނަ ދުވަހު ތ. މަޑިފުށިން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރަނިކޮށް އޮގަސްޓް ހަ ވަނަ ދުވަހުގެ ރޭ ދިޔަވަނިކޮށް، އެ ދޯނި ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި ތިން މީހަކު ވަނީ ކަނޑަށް ގެއްލިފައެވެ. ގެއްލިފައިވަނީ ދޯނީގެ ކެޕްޓަން މުހައްމަދު ހަމްދޫން އާއި އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް އިބްރާހީމް އަހުމަދުގެ އިތުރުން ޕޮލިސް ސާޖަންޓް އަލީ ނާފިއުއެވެ. ގެއްލުނު ތިން މީހުން ހޯދުމުގެ މަސައްކަތް ހުއްޓުމެއް ނެތި ސިފައިންނާއި ފުލުހުން އަންނަނީ ކުރަމުންނެވެ.

ހުވަދޫ ކަނޑު ތެރެއަށް ދޯނި އަޑިއަށް ގޮސްފައި އޮތްއިރު، އެ ސަރަހައްދުގެ ފުންމިނަށް ބަލާއިރު 1600 މީޓަރަށްވުރެ ފުންވާނެ ކަމަށް ބެލެވޭ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.

މި ހާދިސާ ހިނގިތާ އަށް ދުވަސް ފާއިތުވެފައިވާ އިރު، ނުފެނި ތިބި މީހުން ހޯދުމަށް މިއަދު އިރުއޮއްސި 6:00ގެ  ނިޔަލަށް ވައިގެ މަގުން 9،000 އަށް ވުރެ ގިނަ އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ބަލާފައެވެ. އަދި ކަނޑުމަގުން 2000 އަށް ވުރެ ގިނަ އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލައި، ހުވަދޫ ކަނޑުގެ ބޮޑު ސަރަހައްދަކާއި ލ. އަތޮޅުގެ ފަރުތައްވެސް ބަލައިފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މި ހާދިސާގައި ސަލާމަތްވި މީހުން ދިން މައުލޫމާތަށް ބަލާއިރު، ދޯނި ފެތެމުންދިޔަ ވަގުތު ދޯނިން ފުންމާލި އެންމެން ވަނީ ސަލާމަތްވެފައެވެ. އޭގެ ތެރޭގައި ކޯސްޓްގާޑުގެ ހާބަ ޕެޓްރޯލް ލޯންޗުގެ ކްރޫއަކާއި، އެމްއެންޑީއެފްގެ އޯގްޒިލަރީ ފަޔަމަނަކާއި ފުލުހަކާއި ދޯނީގައި ތިބި ތިން ފަޅުވެރިން ހިމެނެއެވެ. ދޯނި އަޑިއަށްދިޔައީ ވަރަށް ކުއްލި ގޮތަކަށް ކަމަށާއި ކެޕްޓަން މުހައްމަދު ހަމްދޫން ވަނީ ދޯނި ސަލާމަތްކުރުމަށް އެންމެ ފަހު ވަގުތާޖެހެންދެން ހިތްވަރާއެކު މަސައްކަތްކޮށްފައި ކަމަށް ސަލާމަތްވި މީހުން މައުލޫމާތުދީފައިވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
kudhudhufushi
ކުޅުދުއްފުށީގައި ދެ ސައިކަލު އެކްސިޑެންޓްވެ އަންހެނެއްގެ ފައި ބިނދި، އިތުރު ބަޔަކަށް އަނިޔާވެއްޖެ
Screenshot_20261016_230228_Gallery
އައްޑޫ މީދޫ ކައުންސިލުން، ފިޝަރީޒް މިނިސްޓްރީއާއިއެކު 3 އެއްބަސްވުމެއްގައި ސޮއިކޮށްފި
download - 2026-10-16T220648
މެލޭޝިއާގައި ހިންގި ދެ ރޭޑެއްގައި 4.4 މިލިއަން ޑޮލަރުގެ މަސްތުވާތަކެއްޗާއެކު ބޮޑު ނެޓްވޯކެއް އަތުލައިގަނެފި
police jeelu
ވަގު ނަންބަރު ބޯޑު ހަރުކޮށްގެން ސައިކަލު ދުއްވައި، ވައްކަން ކުރަން އުޅުނު 5 މީހަކު އަތުލައިގެންފި
Ads by
މަގުބޫލު
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި