ބަނޑޭރި ކޮށީގެ އެޕާރޓްމެންޓެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ ޕޯސްޓުމޯޓަމް ހަދަން ރާއްޖޭން ބޭރަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުންނަށް ލިބުނު މައުލޫމާތަކަށް ގުޅިގެން ބަނޑޭރިކޮށީގެ އެޕާޓްމަންޓެއް ބަލައި ފާސްކުރި އިރު މަރުވެފައި އޮތް މީހަކު ފެނިފައިވަނީ ހޯމަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ.
މަރުވެފައި އޮއްވާ ފެނިފައިވަނީ އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ އާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހިއްސާކޮށްފައި ނުވެއެވެ.
އާންމު ގޮތެއްގައި މިފަދަ މަރުތަކުގައި އޮޓޮޕްސީ ހަދަނީ ފުލުހުންނަށް ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމުންނެވެ. ނަމަވެސް މި މައްސަލައާ ގުޅޭ އިތުރު ތަފުސީލެއް ފުލުހުން މިހާތަނަށް ދީފައެއް ނުވެއެވެ. ފުލުހުން އަންނަނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.












