އެމެރިކާއިން ހޮރްމޫޒް ކަނޑުއޮޅި ފުރިހަމައަށް ކޮންޓްރޯލް ކުރާކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ބުނި ވާހަކަތަކަކީ ހަޤީޤަތާ ޚިލާފު ”ދޮގު“ ވާހަކަތަކެއް ކަމަށާއި، ކަނޑުއޮޅި އޮތީ އީރާނުގެ އަސްކަރިއްޔާގެ ފުރިހަމަ ބެލުމުގެ ދަށުގައިކަމަށް އީރާނުގެ ޚާތަމުލް އަންބިޔާ ކޮމާންޑުން ބުނެފިއެވެ.
ބްރިގޭޑިއާ ޖެނެރަލް އިބްރާހީމް ޒުލްފިޤާރީ ބުނީީ، ކަނޑުއޮޅިން ދަތުރުކުރާ އެންމެހައި އުޅަނދުފަހަރު އީރާނުގެ ރާޑަރުތަކަށާއި އަސްކަރިއްޔާއަށް ފެންނަމުންދާ ކަމަށެވެ. އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ ނޭވީ ބްލޮކޭޑް އުވާލައި ދަތިކުރުމުގެ ފިޔަވަޅުތައް އުވާނުލަނީސް ކަނޑުއޮޅި އާންމުކޮށް ހުޅުވާނުލާނެކަމަށް އީރާނުން ވަނީ ތަކުރާރުކޮށްފައެވެ. މި ދެބަސްވުމުގެ ސަބަބުން، އޮމާން މެދުވެރިވެގެން ކުރިއަށްގެންދާ ސީޒްފަޔާ މަޝްވަރާތަކަށް ވަނީ އިތުރު ހުރަސްތަކެއް ކުރިމަތިވެފައެވެ.












