Saturday, 24 October 2026
Ads by

”ދަތިވެއްޖެ“ މުޒާހަރާ ފަނުފުލުން ދިއުމަކީ ކުރީގެ 3 ރައީސުންނަށް ރައްޔިތުން ކުރާ އިތުބާރު ނެތްކަމުގެ ހެއްކެއް: މުޙައްމަދު

”ދަތިވެއްޖެ“ މުޒާހަރާ ފަނުފުލުން ދިއުމަކީ ކުރީގެ 3 ރައީސުންނަށް ރައްޔިތުން ކުރާ އިތުބާރު ނެތްކަމުގެ ހެއްކެއް: މުޙައްމަދު

ރައްޔިތުންގެ މަޖްލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާއިލް ޕީއެންސީ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ... ފޮޓޯ| ޕީއެންސީ

އިދިކޮޅު އެމްޑީޕީން އިސްނަގައިގެން ބޭއްވި ”ދަތިވެއްޖެ“ މުޒާހަރާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން، ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ބަހުގެ ހަމަލާތަކެއް އަމާޒުކުރައްވައިފިއެވެ.

Ad Image
Ads by

ސޯޝަލް މީޑިއާ ޕްލެޓްފޯމް ’އެކްސް‘ ގައި ކުރެއްވި ޕޯސްޓެއްގައި މުޙައްމަދު އިސްމާޢީލް ވިދާޅުވީ، އެއް މަސް ދުވަސް ވަންދެން މުޅި މާލޭގައި ތާޅަފިލި ހަރުކޮށް، ގޭގެއަށް ކާޑު ފޮނުވައި، އަދި ގިނަ އަދަދެއްގެ ޕްރެސް ކޮންފަރެންސްތައް ބާއްވައިގެން ބޭއްވި ކޯލިޝަން މުޒާހަރާ ފަނުފުލުން ދިއުމުން، ކުރީގެ ތިން ރައީސުންނަށް ރައްޔިތުން ކުރާ އިތުބާރު ކުޑަކަން ވަރަށް ސާފުވެއްޖެ ކަމަށެވެ.

މި މުޒާހަރާއަކީ ކުރީގެ ތިން ރައީސުން ގުޅިގެން އިންތިޒާމުކުރި ހަރަކާތަކަށް ވާއިރު، މެންބަރު މުޙައްމަދު އިސްމާޢީލް ވަނީ އެ ބޭފުޅުންނަށް މަލާމާތް ރައްދު ކުރައްވާފައެވެ. އޭނާ ވިދާޅުވީ، ދެން އެ ބޭފުޅުންނަށް އެންމެ ރަނގަޅުވާނީ ވީއެންމެ އަވަހަކަށް ޖަމާޢަތްތެރިންގެ ގްރޫޕެއް ހަދައިގެން މުޅި މާލޭގައި އަޑުގަދަކުރާ ބޭނުންކޮށްގެން އިސްތިހާރު ކުރުން ކަމަށެވެ.

”ބަލަގަ ތީގެން ކޮންމެ ބޭފުޅަކަށް ފަސް އަހަރުގެ ދައުރެއް ރައްޔިތުން ދިނުމުން، ކޮންމެ ބޭފުޅަކު ދައުރުގައި ކަންކަން ކުރި ގޮތް ރައްޔިތުން ތިބީ ލޯ ހުޅުވައިގެން ބަލަން،“ މުޙައްމަދު އިސްމާޢީލް ލިޔުއްވާފައިވެއެވެ.

މީގެ އިތުރުން އޭނާ ފާހަގަކުރެއްވި ގޮތުގައި، އިދިކޮޅު ފަރާތްތަކުން ދެފައި އެއްތާ ނުޖެހިގެން މިއުޅެނީ ގައުމަކަށް ނުވަތަ ރައްޔިތަކަށް ހެވެއް އެދިގެންނެއް ނޫނެވެ. އެއީ ހަމައެކަނި އަމިއްލަ ”އަންބޮނޑި“ ބޮޑުކުރަން ކުރާ ކަމެއްކަން މިހާރު ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ފާޑުކިޔުންތައް އަމާޒުވެފައިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން އަޑުއުފުލަމުންދާ ދަނޑިވަޅެއްގައެވެ. ނަމަވެސް އިދިކޮޅުގެ މިފަދަ ހަރަކާތްތަކަށް ރައްޔިތުންގެ ފަރާތުން ލިބެމުންދަނީ ފިނި ތަރުހީބެކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
20261024_135936
1967 ގެ ފަހުން ހިންގާ އެންމެ ބޮޑު އަސްކަރީ އޮޕަރޭޝަން ވެސްޓު ބޭންކުގައި އިޒްރޭލުން ފަށައި، ޚަލީލް ސިޓީ ޙިޞާރުކޮށްފި
jinseegoanaa
ރޭޕްކޭސް: އަނިޔާ ލިބުނު ފަރާތްތަކުގެ ޒާތީ މައުލޫމާތާއި ފޮޓޯ އާންމުނުކުރުމަށް އެޗްއާރުސީއެމުން އިލްތިމާސްކޮށްފި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި