Sunday, 25 October 2026
Ads by

އިމްތިޙާނު ފީ ނުދެއްކޭ ހާލަތެއް ދިމާވެއްޖެނަމަ ބީއެމްއެލް އަށް އެންގުމަށް އެދިއްޖެ

އިމްތިޙާނު ފީ ނުދެއްކޭ ހާލަތެއް ދިމާވެއްޖެނަމަ ބީއެމްއެލް އަށް އެންގުމަށް އެދިއްޖެ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ތަޢުލީމީ ކަންކަމަށް ކުރާ ޚަރަދުތަކާއި އިމްތިޙާނު ފީތައް ދެއްކުމުގައި އެއްވެސް ދަތިކަމެއް ދިމާވެއްޖެނަމަ، އެކަން ބޭންކަށް އެންގުމަށް ބީއެމްއެލްއިން އިލްތިމާސްކޮށްފިއެވެ.

Ad Image
Ads by

ބޭންކުން މިކަމަށް އެދިފައިވަނީ، އަސާސީ ބޭނުންތަކަށް ކުރަންޖެހޭ ޚަރަދުތަކަށް ބޭނުންވާ ފައިސާ މެދުނުކެނޑި ދެއްކޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، އޮންލައިންކޮށް ކުރާ ބައެއް ވިޔަފާރިތަކަށް ދުވާލަކަށް ކަސްޓަމަރުންނަށް ކުރެވޭނެ މުޢާމަލާތުގެ ޖުމްލަ ލިމިޓެއް ކަނޑައަޅާފައިވާ ދަނޑިވަޅެއްގައެވެ. ނަމަވެސް، ބީއެމްއެލްއިން ބުނި ގޮތުގައި ތަޢުލީމީ އަދި ޞިއްޙީ ޚިދުމަތްތަކުގެ އިތުރުން، މުހިންމު ސަބްސްކްރިޕްޝަންތަކަށް ކުރާ އަސާސީ ޚަރަދުތަކަށް މި ލިމިޓުތަކުގެ ސަބަބުން އެއްވެސް ހުރަހެއް ނޭޅޭނެއެވެ.

ބީއެމްއެލްއިން ފާހަގަކުރި ގޮތުގައި، ތަޢުލީމާ ގުޅުންހުރި ބައެއް އިމްތިހާން ފީތައް، މިސާލަކަށް އައިއީއެލްޓީއެސް (IELTS) ފަދަ ޓެސްޓުތަކުގެ ފީތައް ދައްކާއިރު ބައެއް ފަހަރު މައްސަލަތައް ދިމާވެއެވެ. މިކަން ދިމާވަނީ ޕޭމަންޓް ނެޓްވޯކް މެދުވެރިކޮށް ބޭންކަށް ’މަރޗަންޓް ކެޓަގަރީ ކޯޑު‘ ލިބޭއިރު، އެ މުޢާމަލާތްތައް ހިނގަނީ ”ތަޢުލީމީ“ ދާއިރާގެ ކޯޑުގެ ދަށުން ނޫންކަން ނުވަތަ އެއްވެސް ކެޓަގަރީއެއް ކަނޑައެޅިފައި ނުވާ ކޯޑުތަކެއްގެ ދަށުން ކަމަށްވާތީއެވެ. މިފަދަ ހާލަތްތަކުގައި އެ މުޢާމަލާތްތައް ފުރިހަމަނުވެ، ޑިކްލައިންވާކަން ބޭންކަށް ވަނީ ފާހަގަކުރެވިފައެވެ.

މިފަދަ ހާލަތެއް ދިމާވެއްޖެނަމަ، އެ މުޢާމަލާތުގެ ތަފްސީލާއެކު ބޭންކަށް ހުށަހެޅުމުން އެ މުޢާމަލާތް މުރާޖަޢާކޮށް، އެފަދަ މުޢާމަލާތްތައް ފަސޭހަކަމާއެކު ކުރެވޭނެ ގޮތަށް އެ ސައިޓެއް ކަނޑައަޅައި، އެކަން ހައްލުކޮށްދޭނެ ކަމުގެ ޔަގީންކަން ބޭންކުން ދެއެވެ.

ބޭންކުން އިތުރަށް ބުނީ، ތަޢުލީމާއި، ޞިއްޙީ ޚިދުމަތް އަދި އަސާސީ ސަބްސްކްރިޕްޝަންތަކަށް ފަސޭހަކަމާއެކު ފައިސާ ދެއްކޭނެ މަގު ފަހިކޮށްދިނުމަކީ ބޭންކުން އަބަދުވެސް އިސްކަންދޭ ކަމެއް ކަމަށެވެ. އަދި މިފަދަ މުޢާމަލާތްތަކަށް ބޭންކުގެ ފަރާތުން ފުރިހަމަ އެހީތެރިކަން ދީ، ދިމާވާ އެންމެހާ މައްސަލަތައް ހައްލުކޮށްދިނުމުގައި ދެމިތިބޭނެ ކަމަށްވެސް ބީއެމްއެލްއިން ވަނީ ބުނެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި