Saturday, 29 August 2026
Ads by

ޤައުމީ ދުވަހުގެ ޢަޒުމަކަށް ވާންވީ އިސްތިޢުމާރީ ހިތި ތަޖުރިބާތައް އިޢާދަވިޔަ ނުދިނުން: ރައީސް

ޤައުމީ ދުވަހުގެ ޢަޒުމަކަށް ވާންވީ އިސްތިޢުމާރީ ހިތި ތަޖުރިބާތައް އިޢާދަވިޔަ ނުދިނުން: ރައީސް

ދިވެހިރާއްޖެ އިސްތިޢުމާރީ ބާރުތަކުގެ ދަށަށް ދާންޖެހުނު ތާރީޚީ ސަބަބުތަކުން ޢިބުރަތް ހާސިލުކޮށް، ”އެންމެ ފުރަތަމަ ޤައުމު“ އިސްކުރުމުގެ ރޫޙު އާލާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ގޮވާލައްވައިފިއެވެ.

Ad Image
Ads by

ފަޚުރުވެރި ޤައުމީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޕޯސްޓުގައި، މީގެ 467 އަހަރު ކުރިން ފުރެތިކާލުންގެ އަޅުވެތިކަމުން މި ދީބު ސަލާމަތްކޮށްދެއްވި ބޮޑުތަކުރުފާނާއި އެމަނިކުފާނުގެ ބައިވެރިންގެ ޖިހާދު ހަނދާންކުރެއްވިއެވެ. ރައީސް ފާހަގަކުރެއްވި ގޮތުގައި، ތާރީޚުގެ ތެރޭގައި އެކި ފަހަރުމަތިން ބޭރުގެ ބާރުތަކުގެ މުށުތެރެއަށް ރާއްޖެ ދާންޖެހުނީ، ޤައުމަށް ހެޔޮ ނޭދޭ އަމިއްލަ އެދުން ބޮޑު ބަޔެއްގެ ޚިޔާނާތުގެ ސަބަބުންނެވެ.

މިއަދުގެ ޒުވާން ޖީލަށް މުޚާޠަބު ކުރައްވައި ރައީސް ވިދާޅުވީ، އެފަދަ ހިތި ތަޖުރިބާތަކެއް އިޢާދަވިޔަ ނުދިނުމަށްޓަކައި ހުރިހާ ދިވެހިން މިއަދު ގަދަ ޢަޒުމެއް ކަނޑައަޅަންޖެހޭ ކަމަށެވެ. އަދި ޤައުމުގެ ސިޔާދަތާއި މިނިވަންކަމަށް ބުރުލެއް އަރައިފާނެ ކޮންމެ ފިތުނަވެރިކަމަކަށް ހުރަސްއަޅާ ބަޔަކަށް ވުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލެއްވީ، ރާއްޖޭގެ ކޮންމެ ރައްޔިތެއްގެ ހިތުގައިވެސް ދިވެހި ޤައުމިއްޔަތުގެ ވިންދާއި ރޫޙު ވަރުގަދަކޮށް، ކޮންމެ ކަމެއްގައިވެސް ޤައުމީ މަޞްލަޙަތު ކުރިއަށް ނެރުމަށް ދިވެހި އުޚުއްވަތްތެރި ރައްޔިތުންނަށް އިލްތިމާސްކުރައްވަމުންނެވެ.

ޤައުމީ ދުވަސް ފާހަގަކުރަނީ އައްސުލްޠާން މުޙައްމަދު ތަކުރުފާނުލް އައުޡަމް، ޕޯޗުގީޒުންގެ 15 އަހަރާއި 6 މަސްދުވަހުގެ އަނިޔާވެރި އިސްތިޢުމާރުން ރާއްޖެ މިނިވަންކޮށްދެއްވި ދުވަހުގެ ޒިކުރާ އާކުރުމުގެ ގޮތުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260829_105955
ނޭޕާލާއި ޓިބެޓް ބޯޑަރުގެ ފެންބޮޑުވުމުގައި މަރުވި މީހުންގެ އަދަދު 623 އަށް އަރައި، 2,400 އަށްވުރެ ގިނަ މީހުން ވަނީ ގެއްލިފައި
470237_3b095101-d_-1024x683
"ރައްޔިތުންގެ އަޑު" ސިލްސިލާގައި ބައިވެރިވުމުގެ ފުރުސަތު އިތުރު 8 ދާއިރާއެއްގެ ރައްޔިތުންނަށް!
dollar
"ބޭރު ފައިސާއާ ބެހޭ ގާނޫނު އިސްލާހުކުރި ނަމަވެސް، ޑޮލަރުން މުސާރަ ދިނުމުގައި އެއްވެސް ހުރަހެއް ނޯންނާނެ"
image_870x_6a3e8969ce9a8
ނަޝީދުއާއެކު ގެންނާން އުޅުނު "ބޮޑު ބަދަލު" ބޮޑު ކޯޅުމަކަށް!
Ads by
މަގުބޫލު
Hussain Shareef
ޕީއެންސީގެ މަޖިލިސް މެންބަރު ހުސައިން ފަހަތަށް ފިޔަވަޅެއް އަޅުއްވަން ނިންމަވައިފި
20260827_092710
ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަބްދުލްޢަޒީޒް އަލް-ޠަރީފީ މެރުމަށް ސަޢޫދީ ޕްރޮސެކިއުޝަނުން ކޯޓުގައި އެދިއްޖެ
20260825_202855
އެމެރިކާއާއެކު އައިއެސް ބަލިކުރުމަށް ހަނގުރާމަކުރި އީރާނަށް ވަފާތެރި ޝީޢީ ޖަމާޢަތްތައް އަތުން ހަތިޔާރުތައް އަތުލައި އެޤައުމުން ފޭބުމަށް ސުންގަޑި ދީފި
Screenshot 2026-08-28 at 15.46
ޕީއެންސީ މީހުން ޔާމީންގެ ޕާޓީއަށް ގެންދަން ނަޝީދު ކެމްޕެއިނަށް
Hussain Shareef
ޕީއެންސީގެ މަޖިލިސް މެންބަރު ހުސައިން ފަހަތަށް ފިޔަވަޅެއް އަޅުއްވަން ނިންމަވައިފި
20260827_092710
ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަބްދުލްޢަޒީޒް އަލް-ޠަރީފީ މެރުމަށް ސަޢޫދީ ޕްރޮސެކިއުޝަނުން ކޯޓުގައި އެދިއްޖެ
20260825_202855
އެމެރިކާއާއެކު އައިއެސް ބަލިކުރުމަށް ހަނގުރާމަކުރި އީރާނަށް ވަފާތެރި ޝީޢީ ޖަމާޢަތްތައް އަތުން ހަތިޔާރުތައް އަތުލައި އެޤައުމުން ފޭބުމަށް ސުންގަޑި ދީފި
Screenshot 2026-08-28 at 15.46
ޕީއެންސީ މީހުން ޔާމީންގެ ޕާޓީއަށް ގެންދަން ނަޝީދު ކެމްޕެއިނަށް