Wednesday, 9 September 2026
Ads by

އޮލިމްޕިކްސްއަށް ކޮލިފައިވި ފުރަތަމަ ދިވެހި އެތުލީޓު, ފާތިމަތު ދީމާ

އޮލިމްޕިކްސްއަށް ކޮލިފައިވި ފުރަތަމަ ދިވެހި އެތުލީޓު, ފާތިމަތު ދީމާ

އޮލިމްޕިކްސް އަށް ކޮލިފައިވި ފުރަތަމަ ދިވެހި އެތުލީޓުގެ ޝަރަފު، ޓޭބަލް ޓެނިސް ތަރި، ފާތިމަތު ދީމާ އަލީ އަށް ލިބިއްޖެއެވެ.

Ad Image
Ads by

ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު މުބާރާތަށް ދީމާ ކޮލިފައި ވެފައިވަނީ ނޭޕާލުގައި ކުރިއަށްދިޔަ ދެކުނު އޭޝިއާ ކޮލިފިކޭޝަންސްގެ ސިންގަލްސް ޗެމްޕިއަންކަން ހޯދައިގެނެވެ.

އިއްޔަ ކުޅެވުނު ފައިނަލް މެޗުގައި ދީމާ ވާދަކޮށްފައިވަނީ ސްރީ ލަންކާގެ ބަންޑާރާ ބިމަންދީއާއެވެ. ދީމާ މި މެޗުން މޮޅުވެފައިވަނީ 4-1 ސެޓުންނެވެ. ފުރަތަމަ ސެޓުގައި ދީމާ ވަނީ ބޮޑު އިތުބާރަކާއެކު 11-08 އިން ކާމިޔާބުކޮށްފައެވެ. ނަމަވެސް ދެވަނަ ސެޓުގައި ދީމާއަށް ހެދުނު ގޯސްތަކުގެ ފައިދާ ނަގައިން ލަންކާގެ ބަންދަރާ ވަނީ 11-7 އިން ކާމިޔާބުކޮށްފަ އެވެ.

ތިންވަނަ ސެޓު ފެނުނީ ވަރަށް ވާދަވެރިކޮށެވެ. ނަމަވެސް ގަދަ ހިތްވަރާއެކު ކުރި މަސައްކަތުން ދީމާ ވަނީ މި ސެޓު 13-11 އިން ކާމިޔާބުކޮށްފައެވެ. އަދި ހަތަރުވަނަ ސެޓު ދީމާ ކާމިޔާބުކުރީ 11-7 އިންނެވެ. ފަސްވަނަ ސެޓު ފަށައިގެން ތިން ޕޮއިންޓްގެ ލީޑެއް ދީމާ ހޯދުމާއެކު ބަންޑާރާ ވަނީ ޓައިމް އައުޓް އެއް ނަގާފަ އެވެ. ޓައިމް އައުޓަށްފަހު ވެސް ދީމާ ވަނީ ކުރީގެ ކުޅުން ތަކުރާރުކޮށް ލީޑު ހިފަހައްޓާފަ އެވެ. މި ސެޓު ދީމާ ކާމިޔާބުކުރީ 11-5 އިންނެވެ.

ދީމާ މި ވަނީ ކޮލިފިކޭޝަންގެ މަރުޙަލާތައް ކަޑައްތުކޮށް، ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު މުބާރާތުން ފުރުސަތު ހޯދައިފައެވެ. އަންނަ ޖުލައި މަހު ޕެރިސްގައި ފަށާ އޮލިމްޕިކްސް ގޭމްސް އިން ދީމާއަށް ފުރުސަތު ލިބިގެންދިޔައިރު، ދީމާ އަކީ، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ދިން ޕެރިސް އޮލިމްޕިކްސް ސްކޮލަޝިޕް ލިބުނު އެތުލީޓެކެވެ.

ދީމާގެ މި ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން، ރާއްޖޭގެ ގިނަ އިސްވެރިންތަކެއް ވަނީ ދީމާއަށް މަރުޙަބާ ވިދާޅުވެފައެވެ. އެގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި ނައިބު ރައީސް ހުސައިން މުޙައްމަދު ލަޠީފު ވެސް ވަނީ ދީމާއަށް ތަހުނިޔާ ވިދާޅުވެފައެވެ.

ދީމާގެ މި ކާމިޔާބީއަ ގުޅިގެން ރާއްޖޭގެ ނައިބު ރައީސް ހުސައިން މުޙައްމަދު ލަޠީފު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދީމާއަށް ވަރަށް ހޫނު މަރުޙަބާއެއް ކިޔާ ކަމަށާއި މިއީ ޤައުމަށް ލިބުނު ބޮޑު ފަޚުރެއް ކަމަށެވެ. އަދި މި ފަޚުރަކީ، ދީމާއާއި، އޭނާގެ އާއިލާ އަދި ޓޭބަލް ޓެނިސް އެސޯސިއޭޝަނާއި ރާއްޖޭގެ އޮލިމްޕިކް ކޮމިޓީގެ މިންނެތް މަސައްކަތް ކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
DSC_1135
އުމުރު ހަމަވާ އުޅަނދުތަކަށް އެކަށީގެންވާ ބަދަލެއް ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިދޭނެ: ސަޢީދު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި