Saturday, 17 October 2026
Ads by

ޑޮލަރާ ގުޅުވައިގެން އިދިކޮޅުން ދައްކާ ވާހަކަތަކަކީ މުޒާހަރާއަށް މީހުން އެއްކުރަން ދައްކާ ވާހަކަތަކެއް: ސަޢީދު

ޑޮލަރާ ގުޅުވައިގެން އިދިކޮޅުން ދައްކާ ވާހަކަތަކަކީ މުޒާހަރާއަށް މީހުން އެއްކުރަން ދައްކާ ވާހަކަތަކެއް: ސަޢީދު

އިކޮނޮމިކް މިނިސްޓަރު ސަޢީދު---

ޑޮލަރާ ގުޅުވައިގެން އިދިކޮޅު އެމްޑީޕީން ދައްކަމުން އަންނަ ވާހަކަތަކަކީ މުޒާހަރާއަށް މީހުން އެއްކުރުމުގެ ބޭނުމުގައި ދައްކާ ވާހަކަތަކެއް ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މިނިސްޓަރު ސަޢީދު މިފަދައިން ވިދާޅުވީ، ޑޮލަރުގެ އަގު ބޮޑުވަމުންދާ ކަމަށް ބުނެ އެމްޑީޕީން މާލޭގައި މުޒާހަރާއެއް ބޭއްވުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ. އަދި ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި ޑޮލަރުގެ ރޭޓް 19 ރުފިޔާއަށް ތިރިކުރުމަށް އެ ޕާޓީގެ ޗެއަރޕާސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ގޮވާލައްވާފައި ވަނިކޮށް، މީސް މީޑިއާގައި ހިއްސާކުރެއްވި ވީޑިއޯ މެސެޖެއްގައި ސަޢީދު ވަނީ އިދިކޮޅު ފަރާތްތަކުގެ ތުހުމަތުތަކަށް ރައްދު ދެއްވާފައެވެ.

ސަޢީދު ފާހަގަކުރެއްވި ގޮތުގައި، ނިމިދިޔަ ސަރުކާރާ އަޅާބަލާއިރު މިހާރު ބޭންކުތަކުން ރަސްމީ ރޭޓުގައި ދޫކުރާ ޑޮލަރުގެ މިންވަރު ވަނީ އެތަށް ގުނައެއް އިތުރުވެފައެވެ. އިދިކޮޅު ފަރާތްތަކުން ކަޅު ބާޒާރަށް ހިތްވަރު ލިބޭ ފަދަ މޭރުމަކުން ވާހަކަދައްކަނީ ސިޔާސީ މަންފާއެއް ހޯދުމަށާއި މުޒާހަރާއަށް މީހުން އެއްކުރުމުގެ ބޭނުމުގައި ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ. ނަމަވެސް، މިކަމުގެ ހަގީގަތް މިއަދު ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގޭނެ ކަމަށް ސަޢީދު ވިދާޅުވިއެވެ.

މިދިޔަ އެމްޑީޕީ ސަރުކާރުގެ ތަފާސްހިސާބުތަކަށް އަލިއަޅުއްވާލައްވަމުން ސަޢީދު ވިދާޅުވީ، 2021 ވަނަ އަހަރު ބޭންކު ކާޑުތަކަށް މަހަކު އެވްރެޖްކޮށް ދޫކުރީ 10 މިލިއަން ޑޮލަރު ކަމަށާއި، ނަމަވެސް މިހާރު އެ އަދަދު 39 މިލިއަން ޑޮލަރަށް އުފުލިފައިވާ ކަމަށެވެ. މީގެ އިތުރުން، އިމްޕޯޓް ވިޔަފާރިތަކަށް ޓީޓީ ހެދުމަށް ކުރިން މަހެއްގެ މައްޗަށް ދޫކުރި 6.7 މިލިއަން ޑޮލަރުގެ ބަދަލުގައި، މިހާރު މަހަކު 26.6 މިލިއަން ޑޮލަރު ބޭންކުތަކުން ފޯރުކޮށްދޭ ކަމަށް އޭނާ ވިދާޅުވިއެވެ. މިއީ ކުރީގެ ސަރުކާރުން ދިން ފަސް އިންސައްތައިގެ އެހީތެރިކަމާ އަޅާބަލާއިރު، 30 އިންސައްތައާއި 40 އިންސައްތައާ ދެމެދުގެ ބޮޑު ކުރިއެރުމެއް ކަމަށްވެސް ސަޢީދު ފާހަގަކުރެއްވިއެވެ.

ސަޢީދު ވިދާޅުވި ގޮތުގައި ރާއްޖޭން ބޭރުގައި ކިޔަވާ ދަރިވަރުންނަށް 2021 ވަނަ އަހަރު ދޫކުރި 1.9 މިލިއަން ޑޮލަރުގެ ބަދަލުގައި މިހާރު 3.6 މިލިއަން ޑޮލަރު މިހާރު އަންނަނީ ދޫކުރަމުންނެވެ. އަދި ބޭސްފަރުވާއަށް ފުރާ ފަރާތްތަކަށް މީގެ ކުރިން މަހަކު ތިން ލައްކަ ޑޮލަރު ވެސް ހަމަނުވާ ކަމަށާއި ނަމަވެސް މިހާރު މަހެއްގެ މައްޗަށް ތިން މިލިއަން ޑޮލަރު ރަސްމީ ރޭޓުގައި ދޫކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

”ދަންނަވަން މިއުޅޭ ވާހަކައަކީ އެމްޑީޕީ ސަރުކާރުގަ އޭރު އޮތް ހާލަތެއް ނޫން މިހާރު މިއޮތީ. މިހާރު ޑޮލަރު ދޫކުރާ ވިޔަފާރިވެރިންނަށް، ކިޔަވާ ކިޔަވަމުންދާ ދަރިވަރުންނަށް، މެޑިކަލްއަށް، ބޭރަށް ވަޑައިގަންނަވާ ބޭފުޅުންނަށް ޑޮލަރު ބޭންކު މެދުވެރިކޮށް ދޭ އަދަދު މިހުރީ އެމްއެމްއޭއިން ވެސް އަދި ބީއެމްއެލްއިން ވެސް ދުވަހަކު ވެސް މީގެ ކުރިން ޑޮލަރު ދޫނުކުރާ އަދަދަށް މި ޑޮލަރު ދޫކުރަނީ،“ – ސަޢީދު ވިދާޅުވިއެވެ.

ސަޢީދު ފާހަގަކުރެއްވި ގޮތުގައި ޑޮލަރުގެ ކަޅު ބާޒާރެއް އުފެދެން މެދުވެރިވަނީ ބޭންކިންގ ނިޒާމުގެ ބޭރުގައި ޑޮލަރުގެ މުއާމަލާތްތައް ހިންގަމުންދާތީއެވެ. މިކަމަށް ބައެއް ނޫސްތަކުގެ ސުރުހީތަކާއި، އިދިކޮޅު އެމްޑީޕީގެ އިސް ފަރާތްތަކުން ދައްކަވާ ވާހަކަތަކުގެ ސަބަބުން ބާރުލިބޭ ކަމަށް އޭނާ ވަނީ ތުހުމަތުކުރައްވައިފައެވެ.

ގައުމުގެ އިގްތިސާދު ކޮޅަށްޖެހުމަށް މަސައްކަތްކުރަމުން އަންނަ ދަނޑިވަޅެއްގައި، އިގްތިސާދަށް ގެއްލުންވާ ފަދަ ދޮގު މައުލޫމާތު ނުފެތުރުމަށް އިލްތިމާސްކުރައްވަމުން، ސަޢީދު އިތުރަށް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ އިގްތިސާދު ކުރިއެރުވުން ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
Screenshot_20261016_230228_Gallery
އައްޑޫ މީދޫ ކައުންސިލުން، ފިޝަރީޒް މިނިސްޓްރީއާއިއެކު 3 އެއްބަސްވުމެއްގައި ސޮއިކޮށްފި
download - 2026-10-16T220648
މެލޭޝިއާގައި ހިންގި ދެ ރޭޑެއްގައި 4.4 މިލިއަން ޑޮލަރުގެ މަސްތުވާތަކެއްޗާއެކު ބޮޑު ނެޓްވޯކެއް އަތުލައިގަނެފި
police jeelu
ވަގު ނަންބަރު ބޯޑު ހަރުކޮށްގެން ސައިކަލު ދުއްވައި، ވައްކަން ކުރަން އުޅުނު 5 މީހަކު އަތުލައިގެންފި
Ihsan
ޤައުމީ ސަލާމަތާއި ގުޅޭ ކަންކަމުގައި ދޮގުވާހަކަ ނުފެތުރުމަށް ހޯމް މިނިސްޓަރ އިލްތިމާސް ކުރައްވައިފި
Ads by
މަގުބޫލު
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި