Saturday, 24 October 2026
Ads by

ރައީސް ޔާމީން ހަމަހޭގައި ހުންނަވައިގެން ދައްކަވާނީ ހެޔޮ ވާހަކަ, ޒާތީ ވިސްނުން ލައިދެނީ ”ބޮނޑިބަތް ގުރޫޕް“: ޝުޖާއު

ރައީސް ޔާމީން ހަމަހޭގައި ހުންނަވައިގެން ދައްކަވާނީ ހެޔޮ ވާހަކަ, ޒާތީ ވިސްނުން ލައިދެނީ ”ބޮނޑިބަތް ގުރޫޕް“: ޝުޖާއު

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހަމަހޭގައި ހުންނަވައިގެން ވާހަކަފުޅު ދައްކަވާނަމަ، އަބަދުވެސް ދައްކަވާނީ ހެޔޮ ވާހަކަފުޅު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ޝުޖާއު މިފަދައިން ވިދާޅުވެ ރައްދު ދެއްވީ، ވެރިކަމަށް ގެނައުމަށްޓަކައި އިދިކޮޅު އެމްޑީޕީގެ މައްޗަށް އަދިވެސް އަދި އަބަދުވެސް އިހުތިޔާރު ކުރައްވާނީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަމަށް ރައީސް ޔާމީން ވިދާޅުވުމާ ގުޅިގެންނެވެ. ރައީސް ޔާމީން މިހެން ވިދާޅުވީ ޕީއެންއެފްއިން އެންމެ ފަހުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެ ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ، އެމްޑީޕީގެ ވެރިކަމުގައި ކަންކަން ކުރެއްވި ގޮތް މިހާރުގެ ސަރުކާރާ އަޅާބަލާއިރު މާ ބޮޑަށް ވެސް ގޯސް ކަމަށެވެ. އަދި ދެ ފަހަރު މަތިން އެމްޑީޕީއަށް ވެރިކަން ލިބުނުއިރު، ”އެހާ އަނިޔާވެރި، އެހާ ރައްޔިތުންނަށް ދުއްޕާންކުރި ބަޔަކު“ ރާއްޖޭގެ ވެރިކަމަށް އަދި މިހާތަނަށް ނާންނަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ކޮންމެ ގޮތެއް ހަދާފައިވެސް އެމްޑީޕީގެ މައްޗަށް އިހުތިޔާރު ކުރައްވާނީ ރައީސް މުޢިއްޒު ކަމަށް ތަކުރާރުކޮށް ރައީސް ޔާމީން ވިދާޅުވިއެވެ.

”އަދިވެސް އެނީ ޓައިމް އޮފް ދަ ޑޭ، އެނީ ޓައިމް އޮފް ދަ އިޔާ، އަޅުގަނޑު އިހުތިޔާރު ކުރާނީ މުޢިއްޒު އިނގޭތޯ އެމްޑީޕީގެ މައްޗަށް،“ ރައީސް ޔާމީން ވިދާޅުވިއެވެ.

މި ވާހަކަތަކާ ގުޅިގެން ޝުޖާއު ވިދާޅުވީ، ރައީސް ޔާމީނާ ދޭތެރޭ އަދިވެސް އޯގާތެރިކޮށް ހިއްތަވާނީ ރައީސް މުޢިއްޒުކަން އެމަނިކުފާނަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އަދި ރައީސް ޔާމީންގެ ކައިރީގައި ތިއްބަވައިގެން ސިޔާސީ ހަސަދަވެރިކަމާއި ޒާތީ ވިސްނުން ލައިދެނީ ”މިއުޅޭ ބޮނޑިބަތް ގުރޫޕް“ ކަމަށް ޝުޖާއު ތުހުމަތު ކުރެއްވިއެވެ. ޝުޖާއު އެ ޢިޝާރާތް ކުރެއްވީ ރައީސް ޔާމީނުގެ ވެރިކަމުގެ ފުރަތަމަ ނައިބު ރައީސް ޑރ. ޖަމީލުއާއި އޭނާގެ ޓީމަށް ކަމަށް ބެލެވެއެވެ.

މީގެ އިތުރުން ޝުޖާއު ވިދާޅުވީ، ރައީސް ޔާމީނަށް އެންމެ މޮޅު އިތުރު ގޮތަކަށް ވާނީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުޢިއްޒަށް ތާއީދުކުރެއްވުން ކަމަށެވެ. އަދި އެމްޑީޕީގެ ”ނުބައި ނުލަފާ ވިސްނުމުން“ މި ގައުމު ސަލާމަތްކުރުމަށް ރައީސް މުޢިއްޒު ކުރައްވާ މަސައްކަތްޕުޅަށް ތާއީދު ކުރެއްވުމަކީ ރައީސް ޔާމީނަށް އޮތް އެންމެ ރަނގަޅު މަގު ކަމުގައި ވެސް ޝުޖާއު ފާހަގަކުރެއްވިއެވެ.

ރައީސް ޔާމީން އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި މިވަނީ، މި ސަރުކާރާ ދެކޮޅަށް ކުރީގެ ދެ ރައީސުން ކަމަށްވާ މުޙައްމަދު ނަޝީދާއި އިބްރާހިމް މުޙައްމަދު ޞާލިޙާއެކު މަސައްކަތް ކުރެއްވުމަށްވެސް އިއްތިހާދުވެފައިވާ ދަނޑިވަޅެއްގައެވެ. ރައީސް ޔާމީން އެމްޑީޕީއަށް މިހާ ބޮޑަށް ފާޑުވިދާޅުވީ، އެމްޑީޕީން ނަޝީދު އިސްވެހުރެ، ގެންނަން މަސައްކަތްކުރާ ”ބޮޑު ބަދަލާ“ ދެކޮޅު ހައްދަވައި ދެއްކެވި ވާހަކަފުޅުގައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
20261024_135936
1967 ގެ ފަހުން ހިންގާ އެންމެ ބޮޑު އަސްކަރީ އޮޕަރޭޝަން ވެސްޓު ބޭންކުގައި އިޒްރޭލުން ފަށައި، ޚަލީލް ސިޓީ ޙިޞާރުކޮށްފި
jinseegoanaa
ރޭޕްކޭސް: އަނިޔާ ލިބުނު ފަރާތްތަކުގެ ޒާތީ މައުލޫމާތާއި ފޮޓޯ އާންމުނުކުރުމަށް އެޗްއާރުސީއެމުން އިލްތިމާސްކޮށްފި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި