Wednesday, 12 August 2026
Ads by

އޮފީސްތަކުގެ އުފެއްދުންތެރިކަން އިތުރުކުރެވޭނީ ތަފާތުކުރުންތައް ނައްތާލައިގެން: ފަސްޓް ލޭޑީ

އޮފީސްތަކުގެ އުފެއްދުންތެރިކަން އިތުރުކުރެވޭނީ ތަފާތުކުރުންތައް ނައްތާލައިގެން: ފަސްޓް ލޭޑީ

މަސައްކަތުގެ މާހައުލުގައި މުވައްޒަފުންގެ މެދުގައި ގެންގުޅޭ ތަފާތުކުރުންތައް ހުއްޓާލައި، ހަމަހަމަ އުސޫލަކުން ކަންކަން ތަރުތީބުކުރުމަކީ އޮފީސްތަކުގެ އުފެއްދުންތެރިކަން އިތުރުވާނެ ކަމެއްކަން ދިރާސާތަކުން ސާބިތުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

Ad Image
Ads by

އެކަމަނާ މިހެން ވިދާޅުވީ ސަރުކާރުގެ އެކި މުއައްސަސާތައް ގުޅިގެން މިއަދު ހ. މީރުމާ ހޯލުގައި ފެށި ”ސެމިނާ އޮން ވާކްޕްލޭސް މެންޓަލް ވެލްބީން“ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ފަސްޓް ލޭޑީ ސާޖިދާ ވިދާޅުވީ، ކޮންމެ މުވައްޒަފަކު ވެސް މަސައްކަތަށް ނުކުންނަނީ އާއިލީ ކަންކަމާއި، ދަރިންގެ ތައުލީމާއި، ސިއްހީ މައްސަލަތައް ފަދަ ދިރިއުޅުމުގެ އެތައް ފިކުރުތަކަކާ އެކުގައެވެ. އެހެންކަމުން، އޮފީހުގެ ޒިންމާތައް އަދާކުރާއިރު އެ މުވައްޒަފުންގެ ނަފުސާނީ ދުޅަހެޔޮކަން ކަށަވަރުކޮށްދޭނެ މާހައުލެއް އޮތުމަކީ ނުހަނު ބޭނުންތެރި ކަމެއް ކަމަށް އެކަމަނާ ފާހަގަކުރެއްވި އެވެ.

”ސުވާލަކީ މިފަދަ ހާލަތެއްގައި އޮފީހުގެ މާހައުލު ވާންވީ ކޮން ކަހަލަ މާހައުލަކަށްތޯ؟ އޮފީހުގައި ޓީމެއްގެ ގޮތުގައި ހުރިހާ މުވައްޒަފުން އެކުވެރިކޮށް ގުޅިގެން އުޅުމަކީ ކިހާ މުހިންމު ކަމެއްތޯ؟“ މެޑަމް ސާޖިދާ ވިދާޅުވި އެވެ.

އެކަމަނާ އިތުރަށް ވިދާޅުވީ، 2021 ވަނަ އަހަރުގެ ”ސްޓެޕް“ ސާވޭގެ ނަތީޖާއަށް ބަލާއިރު، ރާއްޖޭގެ ކޮންމެ ފަސް މީހަކުން އެކަކީ ކޮންމެވެސް މިންވަރަކަށް ޑިޕްރެޝަން ނުވަތަ ނަފުސާނީ ބަލިމަޑުކަމެއް ތަހައްމަލުކުރާ މީހެއް ކަމަށެވެ. އެހެންކަމުން، މަސައްކަތުގެ މާހައުލުގައި ދިމާވާ ތަފާތުކުރުންތަކާއި ނުތަނަވަސްކަމަކީ މުވައްޒަފުންގެ އުފެއްދުންތެރިކަމަށް ހުރަސްއަޅާ ކަންކަން ކަމަށް ވިދާޅުވި އެވެ.

ދިރާސާތަކާ ހަވާލާދީ ފަސްޓް ލޭޑީ ވިދާޅުވި ގޮތުގައި، މުވައްޒަފުންގެ ނަފުސާނީ ހިތްހަމަޖެހުން އޮންނަ އިދާރާތަކުގައި އޮފީހުގެ ޖުމްލަ އުފެއްދުންތެރިކަން އިތުރުވެ އެވެ. އަދި ސަލާމް ބުނުމާއި ގަޑިޖެހުން ފަދަ މައްސަލަތައް މަދުވެ، މަސައްކަތުގެ ރޫހު ވަރުގަދަވެ، ހިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ކުރާ އިހުތިރާމް ބޮޑުވެ އެވެ.

މި ސެމިނާ އަކީ ހެލްތު މިނިސްޓްރީ، ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓް، ސިވިލް ސާވިސް ކޮމިޝަން، ސީއެސްޓީއައި އަދި ޑަބްލިއުއެޗްއޯ ގުޅިގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ހަރަކާތެކެވެ. މީގެ މައިގަނޑު މަގުސަދަކީ ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން މެދުވެރިކޮށް، މުވައްޒަފުންގެ ނަފުސާނީ ދުޅަހެޔޮކަން އިތުރުކުރެވޭނެ ގޮތްތަކާ މެދު މަޝްވަރާކޮށް ހޭލުންތެރިކަން އިތުރުކުރުމެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
d0955384-f0c1-4424-b42a-f7fa8ae48877
އެމްއޭސީއެލްގެ އޭވިއޭޝަން އިންސްޓިޓިއުޓް "އެއިމް" އިފްތިތާހުކޮށް، ފުރަތަމަ ބެޗް ދަސްވެނިވެއްޖެ
fe9c8e92-f9fc-4588-8df6-837b2998f66d
ވާހަކަދެއްކުމުގެ ގައުމީ މުބާރާތުން އެންމެ މަތީ ވަނަތައް ހާސިލުކުރާ ފަރާތްތަކަށް ޢުމްރާ ދަތުރެއް
MMA3
ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު އެމްއެމްއޭއިން 51 އިންސައްތަ އިތުރުކޮށްފި
02749754-cd2a-4709-bf79-523586cb51b9
އެއިމްގެ ސަބަބުން އޭވިއޭޝަންގެ ދާއިރާއަށް ގާބިލު މީހުން ބިނާކުރުން ހަލުވިވާނެ: ޝަރީފް
Ads by
މަގުބޫލު
AB6DE163-F653-4B48-BBD4-7ED2187353D2
ބަލިމީހުންގެ ފުރާނަ ސަލާމަތްކުރަން އުޅުނު ޒުވާން ނަރުސް މިއަދު އަމިއްލަ ފުރާނައަށްޓަކައި އެހީއަކަށް އެދި އާދޭސްކުރަނީ
770688466_27000402432966038_4102168319744938549_n
ކުރީގެ ބޮޑުވަޒީރު ފާމުދޭރިކިލެގެފާނުގެ ކާފަދަރިކަނބަލުން ޤުލްފިޝާން އަވަހާރަވެއްޖެ
HO_gaNOaAAE4pqQ
ސަޕްލައި ދޯންޏެއް ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ސިފައިންގެ މީހަކާއި ފުލުހަކާއި ކައްޕި ގެއްލިއްޖެ
20260809_104625
ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރި ޔޫއޭއީގެ ތެޔޮ އުޅަނދަކަށް ޙަމަލާދީ އޮމާނު ކައިރިން ދެވަނަ އުޅަނދަކަށްވެސް ޙަމަލާ އަމާޒުވެއްޖެ!
AB6DE163-F653-4B48-BBD4-7ED2187353D2
ބަލިމީހުންގެ ފުރާނަ ސަލާމަތްކުރަން އުޅުނު ޒުވާން ނަރުސް މިއަދު އަމިއްލަ ފުރާނައަށްޓަކައި އެހީއަކަށް އެދި އާދޭސްކުރަނީ
770688466_27000402432966038_4102168319744938549_n
ކުރީގެ ބޮޑުވަޒީރު ފާމުދޭރިކިލެގެފާނުގެ ކާފަދަރިކަނބަލުން ޤުލްފިޝާން އަވަހާރަވެއްޖެ
HO_gaNOaAAE4pqQ
ސަޕްލައި ދޯންޏެއް ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ސިފައިންގެ މީހަކާއި ފުލުހަކާއި ކައްޕި ގެއްލިއްޖެ
20260809_104625
ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރި ޔޫއޭއީގެ ތެޔޮ އުޅަނދަކަށް ޙަމަލާދީ އޮމާނު ކައިރިން ދެވަނަ އުޅަނދަކަށްވެސް ޙަމަލާ އަމާޒުވެއްޖެ!