Saturday, 24 October 2026
Ads by

އުއްތަރު ޕްރަދޭޝްގައި ހަރުކަށި ހިންދޫންތަކެއް އިހުތިޖާޖުކޮށްގެން މުސްލިމެއްގެ ބިރިޔާނީ ފިހާރައެއް ސަރުކާރުން ބިމާހަމަކޮށްލައި، ވެރި މީހާ ހައްޔަރުކޮށްފި

އުއްތަރު ޕްރަދޭޝްގައި ހަރުކަށި ހިންދޫންތަކެއް އިހުތިޖާޖުކޮށްގެން މުސްލިމެއްގެ ބިރިޔާނީ ފިހާރައެއް ސަރުކާރުން ބިމާހަމަކޮށްލައި، ވެރި މީހާ ހައްޔަރުކޮށްފި

އުއްތަރަ ޕްރަދޭޝްގައި ކަންވަރު ޔާތުރަ ދަތުރުކުރާ މަގަކާ ކައިރީގައި ހުރި މުސްލިމެއްގެ ބިރިޔާނި ފިހާރައަކުން މަސް ހިމެނޭ ކާނާ ވިއްކާކަމަށް ބުނެ ބަޖްރަންގް ދާލްގެ މީހުން ޝަކުވާކުރުމާ ގުޅިގެން، އެ ފިހާރަ ތަޅާލައި އެތަނުގެ ވެރިމީހާ ވަނީ ހައްޔަރުކޮށްފައެވެ. (މަކްތޫބް މީޑިއާ)

އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ ބަހޭރީ ސިޓީގައި މުސްލިމަކު ހިންގަމުންދިޔަ ކުޅި ކާނާ އާއި ބިރިޔާނީ ވިއްކާ ފިހާރައަކާ ދެކޮޅަށް ހިންދޫ ހަރުކަށި ފިކުރުގެ ގްރޫޕަކުން ދެކޮޅު ހެދުމުން ސަރުކާރުން ބުލްޑޯޒަރު ބޭނުންކޮށްގެން ތަޅާލި ހާދިސާއާއެކު، އިންޑިއާގައި ޤާނޫނީ އިމުގެ ތެރެއިން އިންސާފު ލިބުމާއި މުސްލިމުންގެ ޙައްޤުތަކާމެދު އަލުން ބޮޑު ބަހުސެއް ވަނީ އުފެދިފައެވެ.

Ad Image
Ads by

މި ހާދިސާ ހިނގާފައިވަނީ ހިންދޫންގެ އަހަރީ ”ކަންވާރް ޔާތުރާ“ އަޅުކަމުގެ ދުވަސްވަރު، ހިންދޫ ހަރުކަށި ޖަމާއަތެއްކަމަށްވާ ”ބަޖްރަންގް ދާލް“ ގެ މެމްބަރުން، މުޙައްމަދު ސަލްމާން ނަމަކަށްކިޔާ މުސްލިމަކު ހިންގާ ފިހާރައިގައި ކުކުޅުމަސް ވިއްކާތީ އެކަމާ އިހުތިޖާޖުކުރުމުންނެވެ. ފިހާރައިގެ ވެރިފަރާތުން މާފަށް އެދުމުންވެސް، ފުލުހުން ވަނީ ސަލްމާން ހައްޔަރުކޮށްފައެވެ. އަދި އޭގެ ކުޑައިރުކޮޅެއް ފަހުން، ސިޓީ ކައުންސިލުން ވަނީ އެ ފިހާރައަކީ ”ޤާނޫނާ ޚިލާފަށް ހަދާފައިވާ“ ތަނެއް ކަމަށް ބުނެ ބުލްޑޯޒަރު އަރުވައި މުޅިން ސުނާމީކޮށްލާފައެވެ.

ޤާނޫނީ އަދި އިޖުތިމާޢީ ސުވާލުތައް

މި ހާދިސާއާ ގުޅިގެން މަޝްހޫރު ނޫސްވެރިޔާ އަރްފާ ޚާނަމް ޝޭރުވާނީ ވަނީ ސޯޝަލް މީޑިއާގައި ވަރުގަދަ ސުވާލުތަކެއް އުފައްދާފައެވެ. މީހެއްގެ ދީނީ އައިޑެންޓިޓީއަކީ އެމީހެއްގެ އާމްދަނީ ލިބޭނެ މަގުތަކާއި އަމިއްލަ މުދަލަށް ހަމަލާދޭންޖެހޭ ސަބަބެއް ހެއްޔެވެ؟ އިމާރާތްތައް ތަޅާލުމުގެ ކުރިން ދޭންޖެހޭ ޤާނޫނީ ނޯޓިސްއާއި ކޯޓުގެ މަރުޙަލާތައް ފަހަތަށް ޖައްސާލައި، ސަރުކާރުން ބުލްޑޯޒަރު ބޭނުންކޮށްގެން އަދަބުދެނީ ކީއްވެގެން ހެއްޔެވެ؟ އަނިޔާލިބޭ ފަރާތްތަކަށް ޤާނޫނީ ރައްކާތެރިކަން ދިނުމުގެ ބަދަލުގައި، ހަރުކަށި ގްރޫޕްތަކުގެ ނުފޫޒަށް ފުލުހުން ވާގިވެރިވަނީ ކީއްވެގެން؟

”ބުލްޑޯޒަރު އިންސާފު“ އަދި މުސްލިމުން ނިކަމެތިކުރުން

އިންސާނީ ޙައްޤުތަކަށް ކާސާކުރާ ޖަމާއަތްތަކުން ފާހަގަކުރާ ގޮތުގައި، މިއީ އިންޑިއާގެ ބައެއް ސްޓޭޓްތަކުގައި މުސްލިމުންނާ ދެކޮޅަށް ނިޒާމީ ގޮތެއްގައި ހިންގާ ”ބުލްޑޯޒަރު އިންސާފު“ ގެ ބައެކެވެ. ކޯޓު މަރުޙަލާއަކުން ނިޔާ ކަނޑައެޅުމުގެ ކުރިން، ސަރުކާރުގެ ބާރު ބޭނުންކޮށްގެން މުސްލިމުންގެ މުދަލާއި ވިޔަފާރިތައް ހަލާކުކުރުމަކީ އިންޑިއާގެ ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ ”ހަމަހަމަކަމުގެ ޙައްޤު“ އިންތިހާއަށް ކަނޑުވާލާ ކަމެކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި