މަސްތުވާތަކެތީގެ މައްސަަލައެއްގައި ހުޅުމާލެ ފޭސް 2އިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ، ރަނަކުރި / ދ. ކުޑަހުވަދޫ، މިފްޒާލު މުޙައްމަދު (23އ) ކަމަށެވެ.
ފުލުހުން މަޢުލޫމާތު ދިން ގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ، މި އޮގަސްޓު މަހުގެ 10 ވަނަ ދުވަހުގެ ރޭ ހުޅުމާލެ ފޭސް 2 އަމާން ދޯދި ފުލެޓް ސަރަހައްދުގައި ފުލުހުން ޕެޓްރޯލުކުރަމުން ދިޔައިރު އޭނާގެ އަމަލުތައް ހުރިގޮތުން ހުއްޓުވައި ބަލައިފާސްކޮށްފައެވެ. އޭނާ ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅަކާއި ސެލޯފިންކޮޅެއް ފެނިފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.













