Saturday, 24 October 2026
Ads by

ޔުމްނު ވެއްޓުނު ހާދިސާގެ ތަހުގީގުގައި އިހުމާލުވި ފުލުހުންނާ މެދު ފިޔަވަޅު އަޅައިފިން: އިޙުސާން

ޔުމްނު ވެއްޓުނު ހާދިސާގެ ތަހުގީގުގައި އިހުމާލުވި ފުލުހުންނާ މެދު ފިޔަވަޅު އަޅައިފިން: އިޙުސާން

ހޯމް މިނިސްޓަރު ޢަލީ އިޙުސާން--- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އޭޕްރީލް 18، 2025 ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅުމައްޗަށް ޔުމްނު ވެއްޓުނު ހާދިސާގެ ތަހުގީގުގައި އިހުމާލުވި ފުލުހުންނާ މެދުފިޔަވަޅު އަޅާފައިވާ ކަމަށް ހޯމް މިނިސްޓަރު ޢަލީ އިޙުސާން ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މި ހާދިސާ ތަހުގީގުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އެކުލަވާލެއްވި ރިޔާސީ ކޮމިޝަނުން ވަނީ ފުލުހުންގެ މުއައްސަސާއިން މި މައްސަލަ ބެލުމުގައި ފަރުވާކުޑަކޮށްފައިވާތީ އެކަމުގައި ޝާމިލުވާ އެންމެހާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ލަފާދީފައެވެ. މިކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އިޙުސާން ވިދާޅުވީ، މައްސަލާގައި އިހުމާލުވި ފުލުހުންނާ މެދު މިހާރު ފިޔަވަޅު އަޅާފައިވާ ކަމަށެވެ.

މިނިސްޓަރު އިޙުސާން ވިދާޅުވީ، އިހުމާލުވި ފަރާތްތަކާމެދު ފިޔަވަޅު އެޅުމަކީ ހަމައެކަނި ވަޒީފާއިން ވަކިކުރުން ނުވަތަ ސަސްޕެންޑް ކުރުން ކަމަށް ބެލެވުނަސް، ޔުނިފޯމް އެޅި މުއައްސަސާތަކުގައި ފިޔަވަޅު އެޅުމަށް ތަފާތު މިންގަނޑުތަކެއް ކަނޑައެޅިފައިވާ ކަމަށެވެ. އޭގެ ތެރޭގައި މުވައްޒަފުން ރީ-ޓްރެއިން ކުރުމާއި، މަސައްކަތްކުރާ ޔުނިޓު ބަދަލުކުރުން ފަދަ ކަންކަން ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިކަމުގައި އިހުމާލުވި ފަރާތްތަކާމެދު އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅާ ނިމިފައިވާ ކަމަށާއި، ވަކިވަކި ފަރާތްތަކާމެދު އެޅި ފިޔަވަޅުތަކުގެ ތަފުސީލު ހާމަކުރެވޭނީ ލިޔުމަކުން ކަމަށް ވެސް މިނިސްޓަރު އިޙުސާން ވިދާޅުވިއެވެ.

”އަޅުގަނޑުމެންނަށް ހީވެފައި އޮންނަނީ، ފިޔަވަޅު އެޅުމުގެ ކޮންމެ ހާލަތަކީ މީހަކު ވަޒީފާއިން ވަކިކޮށް ނުވަތަ ސަސްޕެންޑް ކުރާ ހާލަތޭ. އެހެންނެއް ނޫން. ޔުނިފޯމް މުވައްސަސާތަކުގައި ފިޔަވަޅުއެޅުމަށް ހުރޭ މިންގަނޑުތަކެއް. އޭގެ ތެރެއިން އެއް މިންގަނޑަކީ އެ ފަރާތްތައް ގެނެސް ރީ-ޓްރެއިން ކުރުން. އެ ފަރާތް މިހާރު ހުރި ޔުނިޓު ބަދަލު ކުރުން. މިފަދަ ބައިވަރު ކަންކަން ހުރޭ. އަދި އަޅުގަނޑުމެން އެ ޕްރޮސީޖަރަލީ ރަނގަޅުކުރަންޖެހޭ ކަންކަން ހުރޭ، އެހެންވީމަ މި ހާދިސާގެ، އަޅަންޖެހޭ ފިޔަވަޅުތައް މިހާރުވާނީ އަޅާ ނިމިފައި. ސްޕެސިފިކަލީ ކޮންބޭފުޅަކާމެދު ކޮން ފިޔަވަޅެއްތޯ އެ އަޅުގަނޑުމެން ޖެހޭނީ ލިޔުމަކުން ހާމަކޮށްލަން،“ – އިޙުސާން ވިދާޅުވިއެވެ.

ޔުމްނު ވެއްޓުނު ހާދިސާއާ ގުޅޭގޮތުން ރިޔާސީ ކޮމިޝަނުން އެކުލަވައިލި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، އެ ހާދިސާ ހިނގީ ހ. ފެންޓެނޯއީގޭގެ ނުވަވަނަ ފަންގިފިލާގެ ސިޑިގޮޅީގައި ހުރި ކުޑަދޮރަކުން ނުވަތަ އެ ގޭގެ ޓެރަހުންނެވެ. އެއީ މީހަކު ވައްޓާލުމުން ނުވަތަ އަމިއްލައަށް ފުންމާލުމުން ނުވަތަ އިއްތިފާގަކުން ވެއްޓުނު ވެއްޓުމެއް ކަމަށް ބުރަވެވޭ ކަމަށް ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ. އަދި މި ހާދިސާ ހިނގި ވަގުތު އެތަނުގައި ރައުދު އަޙްމަދު ޒިލާލް ފިޔަވައި އިތުރު މީހަކު ހުރިކަން އެނގެން ނެތުމުން، މިކަމުގައި އަމަލީ ގޮތުން އެހެން ފަރާތެއްގެ ބައިވެރިވުމެއް އޮތް ކަމަކަށް ނުދެކޭ ކަމަށް ވެސް ކޮމިޝަނުން ވަނީ ބުނެފައެވެ.

މީގެ އިތުރުން، ޔުމްނުގެ ހަށިގަނޑަށް ލިބިފައިވާ އަނިޔާތަކަކީ ހ. މިޓާޒް ފުރާޅުމަތީގައި ޖެހުމުގެ ސަބަބުން ލިބިފައިވާ އަނިޔާތަކެއް ކަމަށާއި، އޭނާ ވައްޓާލަން މީހަކު މަސައްކަތްކޮށްފައިވާ ކަމުގެ އެއްވެސް ނިޝާނެއް ފެންނަން ހުރިކަން މެޑިކަލް ރިޕޯޓުތަކާއި ހެކިންގެ ހެކިބަހުން އެނގެން ނެތް ކަމަށް ވެސް އެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި