Saturday, 24 October 2026
Ads by

ވަޤުފުކުރުމަށް ޤާއިމުކުރި ލިންކުތަކުން 3 މިލިޔަނަށްވުރެ ގިނަ ރުފިޔާ

ވަޤުފުކުރުމަށް ޤާއިމުކުރި ލިންކުތަކުން 3 މިލިޔަނަށްވުރެ ގިނަ ރުފިޔާ

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ވަޤުފު ފަންޑަށް އެހީވުމަށް މީރާ ވެބްސައިޓު މެދުވެރިކޮށް ޤާއިމުކުރި ލިންކުތަކުން މިއަހަރުގެ މިހާތަނަށް ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ވަޤުފު ފަންޑު ތަރައްޤީކޮށް، ޝަރުޢީ އުޞޫލުތަކާ އެއްގޮތަށް ނަގުދު ފައިސާ ވަޤުފު ކުރެވޭނެ ނިޒާމެއް ޤާއިމުކޮށްފައިވަނީ މިދިޔަ އަހަރުއެވެ.

މި ނިޒާމުގެ ދަށުން ލިބޭ ފައިސާ ޚަރަދުކުރަނީ ވަޤުފު ފަންޑުގެ ޓްރަސްޓް ސްޓޭޓްމަންޓުގައި ބަޔާންވެގެންވާ ކަންކަމަށް، އެ ފަންޑުގެ އުޞޫލާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ވަޒީރު ވިދާޅުވިއެވެ.

ދީނީ ކަންތައްތައް ކުރިއެރުވުމަށް އެހީވާ މި ވަޤުފު ފަންޑަކީ އިސްލާމީ ދަޢުވަތު ފެތުރުމާއި، އިސްލާމީ ތަޢުލީމު ދިނުމާއި، އިސްލާމީ ޙަޟާރަތު ކުރިއެރުވުމަށް މަގުފަހިކުރުމުގެ މަޤުޞަދުގައި އުފައްދާފައިވާ ފަންޑެކެވެ. މީގެ އިތުރުން މިސްކިތްތައް ބިނާކުރުމާއި މަރާމާތުކުރުމުގެ ކަންކަމަށްވެސް މި ފަންޑުން ހޭދަކުރެއެވެ.

ޝަރީޢާ ކޮމްޕްލައެންޓު އިންވެސްޓުމަންޓުތަކުގެ ޒަރީޢާއިން ފަންޑުގެ ފައިސާ އިތުރުކޮށް، ދާއިމީ ގޮތެއްގައި އިސްލާމީ މުޖުތަމަޢަށް ޚިދުމަތް ކުރުމަށް މި ފަންޑުގެ އެންމެ މުހިއްމު އެއް މަޤުޞަދު ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ހާމަކުރެއެވެ.

ވަޒީރު ޝަހީމް ވިދާޅުވީ ވަޤުފު ފަންޑަށް ޞަދަޤާތާއި، ޚައިރާތާއި، ހިބައާއި އަދި ވަޞިއްޔަތުގެ ގޮތުން ދޭ ހަދިޔާވެސް މިހާރު ބަލައިގަންނަމުންދާ ކަމަށާއި، މި ބައިތައް ބެލެހެއްޓޭނީ ކޭޝް ވަޤުފާ ވަކިން ހަރުދަނާ ނިޒާމެއްގެ ތެރެއިން ކަމަށާއި މިއީ ފަންޑު އުފެދުނުތާ 15 އަހަރުން ފަހުން ގެނެވުނު އެންމެ ބޮޑު ހެޔޮ ބަދަލު ކަމަށެވެ.

ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކާއި އަދި ވިޔަފާރިތަކުން ދީނީ ކަންކަމަށްދޭ މިފަދަ އެހީތައް، ފަންޑުގެ ޓްރަސްޓް ސްޓޭޓްމަންޓުގައި ކަނޑައެޅިފައިވާ އުޞޫލުތަކާ އެއްގޮތަށް ރައްކާތެރިކަމާއެކު ބެލެހެއްޓޭނެ ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ބުނެފައިވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
messi award spain
ސްޕެއިންގެ ޝަރަފުވެރި "ޕްރިންސެސް އޮފް އަސްޓޫރިއަސް" އެވޯޑު މެސީއަށް ލިބިއްޖެ
20261023_212845
އަނިޔާވެރިކަމާ ދެކޮޅަށް ރަޝިޔާގެ އިސްތިއުމާރީ ވެރިކަމަށް ދޫނުދިން ޗެޗްނިޔާގެ ޢިލްމުވެރިއެއް ޝަހީދުކޮށްލައިފި
iPhone duo
އެމެރިކާއާ އެއް ދުވަހެއްގައި އެޕަލް ޑުއޯ ރާއްޖޭގައި ލޯންޗުކޮށް، އެލް ސްޓޫޑިއޯއިން ވިއްކަން ފަށައިފި
IMG-20261023-WA0017
ވިއްސާރައިގެ ގެއްލުންތަކުން އަރައިގަތުމަށް ފުލުހުންގެ އެހީތެރިކަން ރަށްރަށަށް
Ads by
މަގުބޫލު
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
20261023_090833
އެމެރިކާއިން އީރާނަށް ޙަމަލާދިނުމަށް 'މާދަރ އޮފް އޯލް ބޮމްބްސް' ތައްޔާރުކުރުމުން އީރާނުން 'ފާދަރ އޮފް އޯލް ބޮމްބްސް' ދައްކާލުމަށް ތައްޔާރުވަނީ
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
20261023_090833
އެމެރިކާއިން އީރާނަށް ޙަމަލާދިނުމަށް 'މާދަރ އޮފް އޯލް ބޮމްބްސް' ތައްޔާރުކުރުމުން އީރާނުން 'ފާދަރ އޮފް އޯލް ބޮމްބްސް' ދައްކާލުމަށް ތައްޔާރުވަނީ