މިއަދު މިފްކޯއިން މަސް ގަންނަމުންދާ ބަނދަރުތަކާއި، މަސް ގަންނަ އަގުތަކުގެ ތަފްސީލު އެ ކުންފުނިން ހާމަކޮށްފިއެވެ.
މިފްކޯއިން މަސް ގަންނަމުންދާ މައިގަނޑު ބަނދަރުތަކަކީ:
ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް
ކުއްޑޫ ފިޝަރީޒް ކޮމްޕްލެކްސް
އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް
މ. މުލަކު ބަނދަރު
ގދ. ތިނަދޫ ބަނދަރު
ލ. މާމެންދޫ ބަނދަރު
ރ. މަޑުއްވަރީ ބަނދަރު
މި ބަނދަރުތަކުގައި މިއަދު މަސް ގަންނަން ކަނޑައަޅާފައިވާ އަގުތަކަށް ބަލާއިރު، 1.5 ކިލޯއަށްވުރެ ބޮޑެތި ކަނޑުމަހާއި ކަޅުބިލަމަސް ގަންނަނީ ކިލޯއެއް 20.00 ރުފިޔާއަށެވެ. އަދި 1.5 ކިލޯއިން މަތީގެ ބޮޑުކަންނެލި ކިލޯއެއް ގަންނަނީ 25.00 ރުފިޔާގެ މަގުންނެވެ.
މިފްކޯއިން މިއަދު މަސް ގަންނަ ބަނދަރުތަކާއި އަގުތައް pic.twitter.com/4me7kSv4ZX
— MIFCO (@mifcomv) August 10, 2026
މިފްކޯއިން ބުނިގޮތުގައި، ހުރިހާ ބަނދަރުތަކެއްގައިވެސް މަސް ގަތުމުގެ އިންތިޒާމުތައް ވަނީ ހަމަޖެހިފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަންނަނީ މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރުކޮށް، މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މަސް ގަންނަ އަގުތައް އެއްހަމައެއްގައި ހިފެހެއްޓުމާއި، މަސްވެރިންނަށް ދޭންޖެހޭ ފައިސާ ބަރާބަރަށް ދޫކުރުމަށް ސަރުކާރުން އިސްކަންދެއެވެ.














