Saturday, 24 October 2026
Ads by

ވަތަނީ ޚިދުމަތުގެ 4 ވަނަ ބުރު: މާލެ ސަރަހައްދުގެ އިންޓަވިއުތައް ނިންމާލައިފި

ވަތަނީ ޚިދުމަތުގެ 4 ވަނަ ބުރު: މާލެ ސަރަހައްދުގެ އިންޓަވިއުތައް ނިންމާލައިފި

ވަތަނީ ހިދުމަތުގެ ޕްރޮގްރާމުގެ ހަތަރު ވަނަ ބުރަށް ބައިވެރިން ހޮވުމަށް އިންޓަވިއުތައް ކުރިއަށްދަނީ---

ދިވެހި ވަތަނީ ޚިދުމަތުގެ ޕްރޮގްރާމުގެ ހަތަރު ވަނަ ބުރަށް ބައިވެރިން ހޮވުމަށް މާލެ ސަރަހައްދުގައި ކުރިއަށްގެންދިޔަ އިންޓަވިއުތައް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

Ad Image
Ads by

މި ބުރަށް ބައިވެރިން ހޮވުމަށް މާލެ ސަރަހައްދުގައި އިންޓަވިއުތައް ކުރިއަށްގެންދިޔައީ މިދިޔަ އާދިއްތަ އަދި ހޯމަ ދުވަހުއެވެ. ނެޝަނަލް ސަރވިސް އިނީޝިއަލް ޓްރޭނިންގެ ހަތަރު ވަނަ ބުރުގައި ބައިވެރިވުމުގެ ފުރުސަތު ދީފައިވަނީ، ތިންވަނަ ބުރަށް ކުރިމަތިލީ ކުދިންގެ ތެރެއިން ޖާގަ ނުލިބި ތިބި ކުދިންނަށެވެ. ބައިވެރިން ހޮވުމުގެ މަރުހަލާގައި އިންޓަވިއުގެ އިތުރުން، މެޑިކަލް ޗެކަޕް، އެޕްޓިޓިއުޑް ޓެސްޓް އަދި ފިޒިކަލް ފިޓްނަސް ޓެސްޓްތައް ފުރިހަމަކުރުން ހިމެނެއެވެ.

މާލެ ސަރަހައްދުގެ އިންޓަވިއުތައް ނިމިފައިވީ ނަމަވެސް، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މި މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ. އެގޮތުން ހއ. ދިއްދޫ، ށ. ފުނަދޫ، ނ. މަނަދޫ، ރ. އުނގޫފާރު، އދ. މަހިބަދޫ، ފ. ނިލަންދޫ، ތ. ވޭމަންޑޫ، ލ. ގަން، ކުޅުދުއްފުށި ސިޓީ، ތިނަދޫ ސިޓީ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީ ހިތަދޫ ހިމެނޭހެން ޖުމްލަ 12 ސަރަހައްދެއްގައި އިންޓަވިއުތައް ކުރިއަށްދާނެއެވެ. މިކަމަށް އެމްއެންޑީއެފްގެ ފަސް ޓީމެއް މިހާރު ވެސް ރާއްޖޭގެ އެ ސަރަހައްދުތަކުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.

ދިވެހި ވަތަނީ ޚިދުމަތުގެ ހަތަރު ވަނަ ބެޗުގެ ބައިވެރިން ހޮވުމުގެ މަރުހަލާގައި އިންޓަވިއު، މެޑިކަލް ޗެކަޕް، އެޕްޓިޓިއުޑް ޓެސްޓް އަދި ފިޓްނަސް ޓެސްޓުތައް ފުރިހަމަކުރަން ޖެހެއެވެ. މީގެ ތެރެއިން މާލެ ސަރަހައްދުގައި ކުރިއަށްގެންދިޔަ އިންޓަވިއުތައް މިހާރު ނިމިފައިވާއިރު، އިތުރު ޓެސްޓުތައް މި ހަފުތާގެ ތެރޭގައި ކުރިއަށް ގެންދިއުމަށް ވަނީ ތާވަލުކުރެވިފައެވެ.

ދިވެހި ވަތަނީ ހިދުމަތުގެ ޕްރޮގްރާމަކީ، އަމިއްލަ ނަފުސަށް އިތުބާރުކުރާ، އަގީދާ ވަރުގަދަ، އަދި ޖިސްމާނީ ގޮތުންނާއި ރޫހާނީ ގޮތުން ދުޅަހެޔޮ ޖީލެއް ބިނާކުރުމުގެ އިތުރުން ގައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު ޒުވާނުންތަކެއް މުޖުތަމައަށް ނެރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފެއްޓެވި މުހިންމު ޕްރޮގްރާމެކެވެ.

ހަތަރުވަނަ ބުރަށް ބައިވެރިން ހޮވުމުގެ މަސައްކަތް ކުރިއަށްދާއިރު، މިދިޔަ ޖޫން މަހުގެ 19 ވަނަ ދުވަހު ވަނީ ތިންވަނަ ބުރުގެ ތަމްރީނުތައް ފަށައިފައެވެ. ޑިފެންސް މިނިސްޓްރީން މައުލޫމާތުދީފައިވާ ގޮތުގައި ތިންވަނަ ބެޗުގެ ބައިވެރިން މިހާރު ދަނީ ޅ. މާފިލާފުށީގައި ތަމްރީނުތައް ފުރިހަމަކުރަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
messi award spain
ސްޕެއިންގެ ޝަރަފުވެރި "ޕްރިންސެސް އޮފް އަސްޓޫރިއަސް" އެވޯޑު މެސީއަށް ލިބިއްޖެ
20261023_212845
އަނިޔާވެރިކަމާ ދެކޮޅަށް ރަޝިޔާގެ އިސްތިއުމާރީ ވެރިކަމަށް ދޫނުދިން ޗެޗްނިޔާގެ ޢިލްމުވެރިއެއް ޝަހީދުކޮށްލައިފި
iPhone duo
އެމެރިކާއާ އެއް ދުވަހެއްގައި އެޕަލް ޑުއޯ ރާއްޖޭގައި ލޯންޗުކޮށް، އެލް ސްޓޫޑިއޯއިން ވިއްކަން ފަށައިފި
IMG-20261023-WA0017
ވިއްސާރައިގެ ގެއްލުންތަކުން އަރައިގަތުމަށް ފުލުހުންގެ އެހީތެރިކަން ރަށްރަށަށް
Ads by
މަގުބޫލު
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
20261023_090833
އެމެރިކާއިން އީރާނަށް ޙަމަލާދިނުމަށް 'މާދަރ އޮފް އޯލް ބޮމްބްސް' ތައްޔާރުކުރުމުން އީރާނުން 'ފާދަރ އޮފް އޯލް ބޮމްބްސް' ދައްކާލުމަށް ތައްޔާރުވަނީ
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
20261023_090833
އެމެރިކާއިން އީރާނަށް ޙަމަލާދިނުމަށް 'މާދަރ އޮފް އޯލް ބޮމްބްސް' ތައްޔާރުކުރުމުން އީރާނުން 'ފާދަރ އޮފް އޯލް ބޮމްބްސް' ދައްކާލުމަށް ތައްޔާރުވަނީ