Wednesday, 9 September 2026
Ads by

10,000 އަށްވުރެ ގިނަ ޑޮލަރު ބޭރައް ގެންދާނަމަ ޑިކްލެޔަރ ކުރަން ޖެހޭނެ: މިނިސްޓަރ ޢިހްސާން

10,000 އަށްވުރެ ގިނަ ޑޮލަރު ބޭރައް ގެންދާނަމަ ޑިކްލެޔަރ ކުރަން ޖެހޭނެ: މިނިސްޓަރ ޢިހްސާން

މީގެ ފަހުން 10،000 ޑޮލަރަށް ވުރެ އިތުރަށް ނަގުދު ފައިސާ ރާއްޖެ އިން ބޭރަށް ގެންދެވޭނީ، ކަސްޓަމްސް އަށް ރިޕޯޓްކޮށް، އެ ފައިސާ ހޯދި ގޮތުގެ މައުލޫމާތު ނުވަތަ ފައިސާ ޑިކްލެއާ ކުރުމުން ކަމަށް ހޯމް މިނިސްޓަރ ޢަލީ އިޙްސާން މިއަދު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

އިޙްސާން އެހެން ވިދާޅުވީ، އިއްޔަ ހޯމް މިނިސްޓްރީއާއި އެ މިނިސްޓްރީގެ ދަށުން ހިންގާ އިދާރާތަކާއި ގުޅިގެން ބޭއްވި ޕްރެސްބްރީފިންގައެވެ.

އިޙްސާން ވިދާޅުވީ، ރާއްޖެ އިން ބޭރަށް ނަގުދު ފައިސާ ބޭރުކުރުމުގައި ކަސްޓަމްސްގެ ކޭޝް ޑިކްލަރޭޝަން ގަވާއިދަށް އިސްލާހު ގެނެވިފައިވާ ކަމަށެވެ. އެގޮތުން، 10،000 ޑޮލަރަށް ވުރެ މަތިން ރާއްޖެ އިން ބޭރަށް ފައިސާ ގެންދާ ނަމަ، އެ ފައިސާ ހޯދި ގޮތެއް ސާބިތުކޮށްދޭން ޖެހޭނެ ކަމަށެވެ.

10،000 ޑޮލަރަށް ވުރެ މަތިން ހިފައިގެންދަންޏާ ސޯސް އޮފް އިންކަމް ޑިކްލިއާ ކުރަން ޖެހޭ. އޭނާ ކޮންތާކުން ހޯދި ލާރިއެއްތޯ ހިފައިގެން މި ދަނީ،

– މިނިސްޓަރ އިޙްސާން ވިދާޅުވިއެވެ

އިޙްސާން އިތުރަށް ވިދާޅުވީ ރާއްޖެއަށް ލޭބަރެއްގެ ގޮތުގައި އެތެރެވާ ބައެއް ބިދޭސީން ހަފްތާއެއްގެ ތެރޭގައި އެތައް ލައްކަ ޑޮލަރު ހިފައިގެން ރާއްޖެއިން ފުރައިގެންދާކަން ފާހަގަވެފައި އެބަހުރިކަމެވެ. އެހެންނަމަވެސް މީގެ ފަހުން ބީދޭސީންނަށް ވެސް އަދި ދިވެހިންނަށް ވެސް 10000 ޑޮލަރަށް ވުރެ އިތުރަށް ގެންދާނަމަ، ބޭރަށް ދެވޭނީ ކޮންތާކުން ކިހިނެއް ހޯދި އެއްޗެއްތޯ ބުނެދިނުމަށް ފަހު، ގާނޫނީ އިމުގެ ތެރެއިން ބަލާއިރު ހަމަޖެހޭ ވާހަކައެއްތޯ އެ މީހަކު ދައްކަނީ ކަށަވަރު ކުރެވި، ޑިކްލަރޭޝަން ނިމުނީމައެވެ.

އެކަމާއި ގުޅިގެން ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނާ ޖެނަރަލް އިބްރާހިމް މަފާޒު ވިދާޅުވީ، 2015 ވަނަ އަހަރުން ފެށިގެން އަމަލު ކުރަމުން އަންނަ ރާއްޖެއަށް އެތެރެކުރާ ނުވަތަ ބޭރުކުރާ ނަގުދު ފައިސާ ރިޕޯޓް ކުރުމުގެ ގަވާއިދު އޮތް ގޮތުން ގަވާއިދާ ހިލާފަށް ފައިސާ ބޭރު ކުރާ ފަރާތްތަކާ މެދު އެކަށީގެންވާ ފިޔަވަޅެއް ނޭޅޭ ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި