Sunday, 27 September 2026
Ads by

3 ރަށެއްގައި އެމްއާރްއައި އަދި 7 ރަށެއްގައި ސީޓީ ސްކޭންގެ ހިދުމަތް ފަށަނީ

3 ރަށެއްގައި އެމްއާރްއައި އަދި 7 ރަށެއްގައި ސީޓީ ސްކޭންގެ ހިދުމަތް ފަށަނީ

ހެލްތް މިނިސްޓަރު ޤީލާ ޢަލީ--- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ސިއްހީ ހިދުމަތްތައް ހޯދުމުގައި މާލެއަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަކުރުމަށްޓަކައި، އަތޮޅުތެރޭގެ ތިން ހޮސްޕިޓަލެއްގައި އެމްއާރްއައި އަދި ހަތް ހޮސްޕިޓަލެއްގައި ސީޓީ ސްކޭންގެ ހިދުމަތް ތައާރްފްކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ހެލްތް މިނިސްޓަރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، އެމްއާރްއައި އަދި ސީޓީ ސްކޭން ފަދަ ހިދުމަތްތައް އަތޮޅުތެރޭގެ ރަށްރަށުގައި ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭ ގޮތުން މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ޤީލާ ޢަލީ ވަނީ، މިހާރު އެ ހިދުމަތްތައް ލިބެމުންދާ ހޮސްޕިޓަލުތަކާއި އަލަށް އެ ހިދުމަތްތައް ތައާރަފުކުރުމަށް ނިންމާފައިވާ ހޮސްޕިޓަލުތަކާ ގުޅޭ ތަފުސީލުތައް ވިދާޅުވެދެއްވައިފައެވެ.

މިނިސްޓަރު ޤީލާ ހާމަކުރެއްވި ގޮތުގައި، އަތޮޅުތެރޭގެ ރަށްރަށުގެ ތެރެއިން މިހާރު އެމްއާރްއައިގެ ހިދުމަތް ތިން ހޮސްޕިޓަލަކުން ފޯރުކޮށްދެއެވެ. އެއީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި އުނގުރޫފާރު ރީޖަނަލް ހޮސްޕިޓަލުގެ އިތުރަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުންނެވެ. އަދި ސީޓީ ސްކޭނުގެ ހިދުމަތް މިހާރު ފޯރުކޮށްދެމުންދަނީ ތިނަދޫ ސިޓީ ޑރ. ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލާއި، ފުވައްމުލަކު ސިޓީ ހޮސްޕިޓަލާއި، އައްޑޫ ސިޓީ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި އެކަނި ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އަތޮޅުތެރޭގެ ތިން ރަށެއްގައި އެމްއާރްއައިގެ ހިދުމަތް އަދި ހަތް ރަށެއްގައި ސީޓީ ސްކޭންގެ ހިދުމަތް ތައާރަފްކުރުމުގެ މަސައްކަތް ހަލުވި ދުވެލީގައި ކުރިއަށްދާ ކަމަށާއި އެގޮތުން، މި އަހަރު ނިމުމުގެ ކުރިން ހއ. ދިއްދޫ، ބ. އޭދަފުށި، ދ. ކުޑަހުވަދޫ، ޅ. ނައިފަރު، ފ. ނިލަންދޫ، އދ. މަހިބަދޫގެ އިތުރުން ލ. ފޮނަދޫގައި ސީޓީ ސްކޭނުގެ ހިދުމަތް ގާއިމުކުރުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު ޤީލާ ވަނީ ވިދާޅުވެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-09-26T083407
ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭ ދައުވާތަކުގައި ޓިކްޓޮކުން އެމެރިކާގެ އެލަބާމާއާއެކު ސުލްހައިގެ ފުރަތަމަ އެއްބަސްވުން ގާއިމުކޮށްފި
DSC_8864
ދަރަނި އަދާކޮށް، އަސާސީ ހިދުމަތްތައް ގާއިމުކުރުމުން އިންވެސްޓަރުންގެ އިތުބާރު ލިބޭ: ރައީސް މުޢިއްޒު
marine tech ukulhas
މެރިން ޓެކް ޓްރެއިނިންގް ޕްރޮގްރާމް އއ. އުކުޅަހުގައި ފަށައިފި
download - 2026-09-26T115209
ބިން ހިއްކުމުގެ މަޝްރޫޢުތައް އަވަސްކުރަން އެމްޓީސީސީއަށް ބޮޑު އާ ޑްރެޖަރެއް ގެންނަނީ
Ads by
މަގުބޫލު
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި