Sunday, 25 October 2026
Ads by

މުވައްޒަފަކާ ގުޅުވައިގެން ދައްކަމުން އަންނަނީ ހަގީގަތާއި ހިލާފު ވާހަކަތަކެއް: ހުޅުމާލެ ހޮސްޕިޓަލް

މުވައްޒަފަކާ ގުޅުވައިގެން ދައްކަމުން އަންނަނީ ހަގީގަތާއި ހިލާފު ވާހަކަތަކެއް: ހުޅުމާލެ ހޮސްޕިޓަލް

ހުޅުމާލެ ހޮސްޕިޓަލް---

ހުޅުމާލޭ ހޮސްޕިޓަލްގެ މުވައްޒަފަކާ ގުޅުވައިގެން މީސް މީޑިއާގައި މީޑިއާގައި ފަތުރަމުގެންދާ ވާހަކަތަކަކީ ހަގީގަތާއި ހިލާފު ދޮގު ވާހަކަތަކެއް ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

Ad Image
Ads by

ހުޅުމާލެ ހޮސްޕިޓަލުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ޑޮކްޓަރަށް ދެއްކުމަށް ހުޅުމާލެ ހޮސްޕިޓަލަަށް ދިޔަ ބަލިމީހަކާއި މެދު މެޑިކަލް އޮފިސަރަކު އަމަލުކުރި ގޮތް ކަމަށް ބުނެ މީސް މީޑިއާގައި ދައުރުވަމުންދާ ވާހަކަތަކެއް އެ ހޮސްޕިޓަލުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި ދައުރުވަމުންދަނީ އެއްވެސް ކަހަލަ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ވެސް ހުޅުމާލެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

ހުޅުމާލެ ހޮސްޕިޓަލުން ބުނީ އެ ހޮސްޕިޓަލުން ފޯރުކޮށްދޭ، އެންމެހައި ހިދުމަތްތަކަކީ ބަލިމީހުންގެ ރައްކާތެރިކަމާއި، ކަރާމާތާއި، އަމިއްލަ މިނިވަންކަމުގެ އިތުރުން އިތުބާރު ދެމެހެއްޓުމަށް އިސްކަންދީގެން ދެވޭ ހިދުމަތްތަކެއް ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ. އަދި ބަލިމީހުން ހުށަހަޅާ ކޮންމެ ކަންބޮޑުވުމެއް، ކޮންމެ މައްސަލައަކީ ވެސް އެ ހޮސްޕިޓަލުން ނުހަނު ސީރިއަސް މައްސަލައެއްގެ ގޮތުގައި، ހާއްސަ އިސްކަމެއްދީގެން ބަލާނެ މައްސަލަތަކެއް ކަމަށް ވެސް ހުޅުމާލެ ހޮސްޕިޓަލުން ވަނި ބުނެފައެވެ.

އެފަދަ މައްސަލައެއް ބެލުމަށްފަހު ކަނޑައެޅިފައިވާ ސިޔާސަތުތަކާއި ފަންނީ މިންގަނޑުތަކުގެ އިތުރުން، އަމަލުކުރަންޖެހޭ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް، އަޅަންޖެހޭ، ފިޔަވަޅުތައް އަޅަމުންދާނެ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ.

މީސް މީޑިއާގައި މިހާރު ދައުރުވަމުންދާ ވާހަކަތަކާއި ގުޅިގެން ހުޅުމާލޭ ހޮސްޕިޓަލުން ބުނެފައިވަނީ، އެ ހޮސްޕިޓަލަކީ ބަލިމީހުންނަށް ދެވޭ ފަރުވާއާއި، ސިއްހީ ހިދުމަތުގެ ފަންނީ މިންގަނޑުތައް އެންމެ މަތީ ދަރަޖައިގައި ހިފެހެއްޓުމަށް އަބަދުވެސް މަސައްކަތްކުރާ ދައުލަތުގެ މުއައްސަސާއެއް ކަމަށެވެ. އަދި ބަލިމީހުން ބަލައި ފަރުވާދިނުމުގައި ބަލިމީހާގެ ކަރާމާތާއި، އަމިއްލަ މިނިވަންކަމަށް އިހުތިރާމުކުރުމާއި، ބަލިމީހާގެ ރުހުން ހޯދުމުގެ އިތުރުން، ކަނޑައެޅިފައިވާ ފަންނީ މިންގަނޑުތަކާއި ކްލިނިކަލް އުސޫލުތަކާއި އެއްގޮތަށް އެންމެހައި މުވައްޒަފުންނާއި ހިދުމަތް ހޯދާ ފަރާތްތަކުން އަމަލުކުރުމަށް އަބަދުވެސް-ބާރުއަޅަމުން އަންނަކަމަށް ހުޅުމާލެ ހޮސްޕިޓަލުން ބުންޏެވެ.

ހުޅުމާލޭ ހޮސްޕިޓަލުން އިތުރަށް ބުނެފައިވަނީ، އެ ހޮސްޕިޓަލަކީ ދައުލަތުގެ ސިއްހީ ހިދުމަތްދޭ މުއައްސަސާއަކަށްވުމުން ބަލިމީހުންނާއި މުވައްޒަފުންގެ އަމިއްލަ މައުލޫމާތާއި، ސިއްރުތައް ހިފެހެއްޓުމަކީ ކަނޑައެޅިފައިވާ ގާނޫނުތަކާ ގަވާއިދުތަކާ އެއްގޮތަށް އެ ހޮސްޕިޓަލުގެ ފަރާތުން، ކަށަވަރުކުރާނެ ކަމެއް ކަމަށެވެ. އަދި އެ ހޮސްޕިޓަލާއި ހޮސްޕިޓަލުން ފޯރުކޮށްދެމުންދާ ހިދުމަތްތަކާ ގުޅޭގޮތުން ހަގީގަތް ބެލުމެއް ނެތި ފަތުރާ މައުލޫމާތުތަކުގެ ސަބަބުން ހިދުމަތް ހޯދާ ފަރާތްތަކާއި، ސިއްހީ ހިދުމަތްތެރިން އަދި އެ ފަރާތްތަކުގެ އާއިލާތަކަށް ނަފްސާނީ ނުތަނަވަސްކަން ލިބި ސިއްހީ ހިދުމަތްތަކަށް އޮންނަ އިތުބާރު ގެއްލިގެން ދިއުމަކީ ނުހަނު ކަންބޮޑުވާ ކަމެއްކަމަށް ވެސް ހުޅުމާލެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

އެހެންކަމުން މިފަދަ އަމަލުތަކުގެ ސަބަބުން އެންމެ އެކަށީގެންވާ ގޮތުގައި ހިދުމަތްތައް ފޯރުކޮށްދިނުމުގައި ދަތިތަކާ ކުރިމަތިވެގެން ދިޔަ ނުދިނުމަށް ކަށަވަރުނުވާ ހަގީގަތާއި ހިލާފު މައުލޫމާތުތައް ނުފެތުރުމަށް ހުޅުމާލޭ ހޮސްޕިޓަލުން ވަނީ އިސްތިމާސްކޮށްފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި