Saturday, 24 October 2026
Ads by

ރިޔާސީ އިންތިހާބުގައި އަޅުގަނޑުގެ ނަން އޮންނާނެ، ރައީސް މުއިއްޒު ފަހަތްޕުޅަށް އަރައިފިއްޔާ މަރުހަބާ ކިޔާނަން: ޔާމީން

ރިޔާސީ އިންތިހާބުގައި އަޅުގަނޑުގެ ނަން އޮންނާނެ، ރައީސް މުއިއްޒު ފަހަތްޕުޅަށް އަރައިފިއްޔާ މަރުހަބާ ކިޔާނަން: ޔާމީން

އަންނަ 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާހުގައި އެ މަނިކުފާނުގެ ނަންފުޅު އޮންނާނެ ކަމަށާއި، ރައީސް ޑރ. މުޙައްމަދު މުއިއްޒު އެ މަނިކުފާނުގެ ފަހަތްޕުޅަށް އަރައިފި ނަމަ އެކަމަށް މަރުޙަބާ ކިޔާނެ ކަމަށް ޕީޕަލްސް ނޭޝަނަލް ފްރަންޓު (ޕީއެންއެފް)ގެ ބާނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ޤާނޫނު އަސާސީއަށް އަށާރަ އަހަރު ފުރުމުގެ މުނާސާބާގައި ”ސަންގު ޓީވީ“އިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ރައީސް މުއިއްޒު އެ މަނިކުފާނު ޖަލަށްލައި އިތުރު އަނިޔާއެއް ނުދެއްވާނެ ކަމަށާއި، އެހެންކަމުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާހުގައި އެ މަނިކުފާނުގެ ނަންފުޅު ކަށަވަރުކޮށް ފެންނާނެ ކަމަށެވެ.

އަޅުގަނޑު ގަބޫލެއް ނުކުރަން ރައީސް މުއިއްޒަކީ އެގޮތަށް އަނިޔާވެރި ބޭފުޅަކަށް ވެދާނެ ކަމަކަށް. އަޅުގަނޑުމެން ވަރުގެ މީހަކަށް އެވަރުގެ އަނިޔާއެއް ދެއްވަފާނެ ކަމަށް ގަބޫލެއް ނުކުރެވޭ – ރައީސް ޔާމީން

މި ސަރުކާރުގައި މިއަދާ ހަމައަށް ބޭއްވި ކޮންމެ އިންތިޚާބަކުންވެސް ރައްޔިތުން ދައްކަމުންދަނީ މި ސަރުކާރުގެ ސިޔާސަތުތަކާމެދު އޮތް ނުރުހުންތަކާއި ހިތްހަމަނުޖެހުންތައް ކަމަށް ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.

އެހެންކަމުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވޭވަރާ ގާތަށްވެސް މި ސަރުކާރަށް ވޯޓު ނުލިބޭނެކަން ރައީސް މުއިއްޒުވެސް ޤަބޫލުކުރައްވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ސަރުކާރަށް ފާޑުވިދާޅުވަނީ އެއްވެސް ޒާތީ ސަބަބަކާ ހުރެ ނޫން ކަމަށާއި އެއީ ޤައުމީ ސިޔާސަތުތަކާއި ކަންކަން ހިންގާގޮތާމެދު ހުރި ޚިޔާލުތަފާތުވުންތަކެއްގެ ސަބަބުން ކުރައްވާ ކަމެއް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. ނަމަވެސް، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒު އެމަނިކުފާނާ ގުޅިވަޑައިގެން މަސައްކަތްކުރެއްވުމަށް ނިންމަވައިފިނަމަ، އެކަމަށް މަރުޙަބާ ކިޔައި ފުރުޞަތު ދެއްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
messi award spain
ސްޕެއިންގެ ޝަރަފުވެރި "ޕްރިންސެސް އޮފް އަސްޓޫރިއަސް" އެވޯޑު މެސީއަށް ލިބިއްޖެ
20261023_212845
އަނިޔާވެރިކަމާ ދެކޮޅަށް ރަޝިޔާގެ އިސްތިއުމާރީ ވެރިކަމަށް ދޫނުދިން ޗެޗްނިޔާގެ ޢިލްމުވެރިއެއް ޝަހީދުކޮށްލައިފި
iPhone duo
އެމެރިކާއާ އެއް ދުވަހެއްގައި އެޕަލް ޑުއޯ ރާއްޖޭގައި ލޯންޗުކޮށް، އެލް ސްޓޫޑިއޯއިން ވިއްކަން ފަށައިފި
IMG-20261023-WA0017
ވިއްސާރައިގެ ގެއްލުންތަކުން އަރައިގަތުމަށް ފުލުހުންގެ އެހީތެރިކަން ރަށްރަށަށް
Ads by
މަގުބޫލު
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
20261023_090833
އެމެރިކާއިން އީރާނަށް ޙަމަލާދިނުމަށް 'މާދަރ އޮފް އޯލް ބޮމްބްސް' ތައްޔާރުކުރުމުން އީރާނުން 'ފާދަރ އޮފް އޯލް ބޮމްބްސް' ދައްކާލުމަށް ތައްޔާރުވަނީ