Sunday, 26 July 2026
Ads by

ކުށުގެ ވެށީގައި އުޅޭ ކުޑަކުދިން ރިހެބިލިޓޭޓް ކުރުމަށް ”ހޯޕް އައިލެންޑް“ އެއް ގާއިމްކުރަނީ

ކުށުގެ ވެށީގައި އުޅޭ ކުޑަކުދިން ރިހެބިލިޓޭޓް ކުރުމަށް ”ހޯޕް އައިލެންޑް“ އެއް ގާއިމްކުރަނީ

ފޮޓޯ: ހޯމް މިނިސްޓްރީ

ކުށުގެ ވެށީގައި އުޅޭ ކުޑަކުދިން ރިހެބިލިޓޭޓް ކުރުމަށް ”ހޯޕް އައިލެންޑް“ އެއް ގާއިމްކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ މިނިސްޓަރ އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރ އިޙްސާން ވިދާޅުވީ ދިވެހިރާއްޖޭގައި ކުށުގެ ވެށީގައި ޙަރަކާތްތެރިވާ ކުޑަކުދިންނަކީ މުޖުތަމަޢަށް ފައިދާ ކުރަނިވި ބަޔަކަށް ހެދުމުގެ ގޮތުން އެކުދިން ރިހެބިލިޓޭޓް ކުރުމަށް ހޯޕް އައިލެންޑް ގެ ނަމުގައި ޚާއްސަ ރަށެއް ގާއިމްކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

އެގޮތުން ދިވެހިރާއްޖޭގެ ކުޑަކުދިންގެ އަދުލުގެ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި ކުށުގެ ޒިންމާ ނަގަންޖެހޭ އުމުރު 15 އަހަރުން 12 އަހަރަށް ދަށް ކުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމުން، ތަންފީޒު ކުރުމަށްޓަކައި ކުރަންޖެހޭ ޤާނޫނީ މަސައްކަތްތައް ކުރަމުން އަންނަކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އުމުރުފުރާ ތިރިކުރުމުގެ ސަބަބުން އެ ކުދިންނަށް ބޭނުންވާ ރިހެބިލިޓޭޝަން ހިންގުމުގެ ގާނޫނީ ބާރު އަޅުގަނޑުމެންނަށް އެބަ ލިބިގެންދޭ.

– މިނިސްޓަރ އިޙްސާން ވިދާޅުވިއެވެ.

އޭގެ އިތުރުން ”ހޯޕް އައިލެންޑް“ އަކަށް ކުދިން ގެންގޮސް ރިހިބިލިޓޭޓް ކުރުމަކީ ކުޑަކުދިން ޖަލަށްލުމަށް ކުރެވޭ ކަމެއް ނޫންކަމަށާއި މި ޕްރޮގްރާމްގެ މަޤްސަދަކީ ކުށުގެ ވެއްޓަށް ހުށައެޅޭ ކުޑަކުދިންނަށް ރަނގަޅު ތަރުބިއްޔަތެއްދީ އެކުދިން ކުށުގެ ވެށްޓާއި ދުރު ކުރުވުން ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެ ރަށުގައި ދީނީ ތައުމީމުގެ އިތުރުން ކުޅިވަރުތަކާއި އެހެނިހެން ހުނަރުތައް ދަސްކޮށްދީ އެކުދިންނަކީ މުޖުތަމަޢަށް ބޭނުންތެރި ކުދިންތަކަކަށް ހެދުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260725_190027
އީރާނަށް ހަތިޔާރާއި އިންޓެލިޖެންސް ނުދިނުމަށް ރަޝިޔާއާއި ޗައިނާއަށް ޓްރަމްޕް އިންޒާރުދީފި
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި