Wednesday, 9 September 2026
Ads by

މާ ލަސްތަކެއް ނުވެ ޑޮމެއިން ނަންބަރު ދޫކުރަން ފަށާނަން: މިނިސްޓަރ އަމީން

މާ ލަސްތަކެއް ނުވެ ޑޮމެއިން ނަންބަރު ދޫކުރަން ފަށާނަން: މިނިސްޓަރ އަމީން

ބީލަމުގެ އުސޫލުން ޑޮމެއިން ވިއްކަން މާ ލަސްތަކެއް ނުވެ ފަށާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރ މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުންނެ އަމީން ރޭ ވިދާޅުވީ ލަސްތަކެއް ނުވެ ޑޮމެއިން ނަންބަރު ދޫކުރަން ފަށާނެކަމަށެވެ.

ޑޮމެއިން ވިއްކުމާ ގުޅޭ ވަރަށް ރަނގަޅު ޕްލޭނެއް ސަރުކާރުން ހަދާފައިވާ ކަަމަށާއި ކުރިޔަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައި އެ ޕްލޭން އިއުލާން ކުރައްވާ މަސައްކަތް ފައްޓަވާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

ބައެއް ބޭރު ގައުމުތަކުގައި ޑޮމެއިން ނަންބަރުތައް ވިއްކަމުން ދަނީ ވަރަށް އަގުބޮޑުކޮށް. މިނިސްޓްރީގެ ވެސް ވިސްނުން މި ވަގުތު ހުރީ އެ ގޮތަށް. އަދި އެއީ ސަރުކާރަށް އާމްދަނީ ލިބޭނެ ގޮތެއް.

– މިނިސްޓަރ އަމީން ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ ޑޮމެއިން ނަންބަރުތަކުގެ ވެރި ފަރާތްތަކުގެ ޑޮކިއުމެންޓުތައް ވެރިފައިކޮށް، ރަނގަޅުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަަމަށާއި ހުއްޓާލާފައި އޮތް ޑޮމެއިން ދޫކުރުން ކުރިޔަށް އޮތް ސާޅީހަކަށް ދުވަހުގެ ތެރޭގައި ފަށާނެ ކަމަށެވެ.

ރާއްޖޭގައި މިހާރުވެސް 1400 އެއްހާ ޑޮމެއިން ނަންބަރުތަކުގެ ތެރެއިން ދެ ބައިކުޅަ އެއްބައި ނަންބަރުތަކަކީ ގަވާއިދާއި ހިލާފަށް ބޭނުންކުރަމުންދާ ނަންބަރުތައް ކަމަށާއި މި ނަންބަރުތައް ގާނޫނީ އިމުގެ ތެރެއަށް ވައްދަން ފުރުސަތު ދޭނެ ކަމަށް ވަޒީރު ވަނީ ”އަހާ ފޯރަމް“ގައި ވިދާޅުވެފައެވެ. އަދި ޑޮމެއިން ނަންބަރު ދޫކުރުން ހުއްޓިފައި އޮތީ ކީއްވެތޯ ”އަހާ ފޯރަމް“ ގައި ސުވާލު ކުރުމުން މިނިސްޓަރ އަމީން ވިދާޅުވީ މިދިޔަ ސަރުކާރުގައި ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަތް އެދިވަޑައިގަތުމަށް އެކަން މިވަގުތަށް ހުއްޓާލާފައިވާކަމަށެވެ.

އެގޮތުން މިކަން ހުއްޓެވުމަށް އެންގެވީ ގާނޫނުން ލާޒިމްކުރާ އުސޫލުން ބޭރުން އެތައް ޑޮމައިންތަކެއް ގެންގުޅުމުންނާއި ފޭކް ގޮތުގައި ޑޮމެއިން ނަންބަރު އަމިއްލައަށް ޖަހައިގެން އުޅުމުގެ ސަބަބުން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ނިމިދިޔަ ސަރުކާރުން ގޯސްތަކެއް ހެދިފައި ހުރި ކަމަށާއި އެއީ ޑޮމެއިން ގެންގުޅޭ މީހުންގެ މައްސަލައެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން އެ ވުޒާރާގެ ތެރެއިން ބަޔަކު ގަވާއިދާ ހިލާފަށް ޑޮމެއިން ނަންބަރު ދޫކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި