Saturday, 17 October 2026
Ads by

އއ. އަތޮޅުގެ ހަތަރު ރަށެއްގެ މަގުހެދުމުގެ މަޝްރޫޢަށް ބޭނުންވާ ވެހިކަލްތައް އާރްޑީސީ އިން ފޮނުވަން ފަށައިފި

އއ. އަތޮޅުގެ ހަތަރު ރަށެއްގެ މަގުހެދުމުގެ މަޝްރޫޢަށް ބޭނުންވާ ވެހިކަލްތައް އާރްޑީސީ އިން ފޮނުވަން ފަށައިފި

ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީ.އެސް.އައި.ޕީ) ގެ ދަށުން އއ. އަތޮޅުގެ ހަތަރު ރަށެއްގެ މަގު ހެދުމުގެ މަޝްރޫޢުތައް އަވަސްކުރުމަށްޓަކައި، އެ ރަށްރަށަށް ބޭނުންވާ ވެހިކަލްތަކާއި މެޝިނަރީ ފޮނުވުމުގެ މަސައްކަތް ރޯޑު ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރް.ޑީ.ސީ) އިން ފަށައިފިއެވެ.

Ad Image
Ads by

މި މަސައްކަތުގެ ދަށުން ވެހިކަލްތައް ފޮނުވުމަށް ހަމަޖެހިފައިވަނީ އއ. ތޮއްޑޫ، އއ. ހިމަންދޫ، އއ. މާޅޮސް އަދި އއ. ރަސްދޫ އަށެވެ. މި ރަށްރަށަށް ފޮނުވާ އުޅަނދުތަކުގެ ތެރޭގައި މަގު ހެދުމުގެ މަސައްކަތަށް އެންމެ މުހިންމު ހެވީ ވެހިކަލްތައް ކަމަށްވާ އެކްސްކަވޭޓަރާއި، ފޯކްލިފްޓް އަދި ލޮރީ ފަދަ ތަކެތި ހިމެނެއެވެ.

ރާއްޖޭގެ އެކި ރަށްރަށުގެ މަގުތައް ހެދުމުގެ ގިނަ މަޝްރޫޢުތަކެއް ސަރުކާރުން އާރް.ޑީ.ސީއާ ހަވާލުކޮށްފައިވީ ނަމަވެސް، އެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ކުންފުނީގައި އެކަށީގެންވާ ވަސީލަތްތައް ނެތުން ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ. އެހެންކަމުން، ސަރުކާރުން ވަނީ ޗައިނާގެ އެހީތެރިކަމާއެކު އާރް.ޑީ.ސީގެ ވަސީލަތްތައް އިތުރުކޮށް، ކުންފުނި ހަރުދަނާކުރުމުގެ މަސައްކަތް ކުރައްވާފައެވެ.

މި މަސައްކަތުގެ ދަށުން ޗައިނާގެ ކުންފުންޏަކާ ގުޅިގެން 200 އަށްވުރެ ގިނަ އުޅަނދާއި މެޝިނަރީސް ވަނީ ރާއްޖެއަށް ގެނެސްފައެވެ. އަދި މި އުޅަނދުތައް ބޭނުންކޮށްގެން މަސައްކަތް ކުރުމަށް ބޭނުންވާ ޚާއްޞަ ޓެކްނިކަލް ތަމްރީނުތައް އާރް.ޑީ.ސީގެ މުވައްޒަފުންނަށް މިހާރު ވަނީ ދީފައެވެ.

އާރް.ޑީ.ސީން ހާމަކުރެއްވި ގޮތުގައި، އަލަށް ގެނައި މި ވަސީލަތްތައް އއ. އަތޮޅުގެ ރަށްރަށަށް ފޮނުވުމާއެކު، އެ ރަށްރަށުގައި ހުއްޓިފައި ނުވަތަ މަޑުޖެހިފައި ހުރި މަގު ހެދުމުގެ މަޝްރޫޢުތައް ހަލުވިކަމާއެކު ފެށިގެންދާނެއެވެ. މިއީ އަތޮޅުތެރޭގެ ތަރައްޤީގެ މަޝްރޫޢުތައް އަވަސްކުރުމަށް ސަރުކާރުން ހިފާފައިވާ އަމާޒަށް ވާސިލުވުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
Ronaldo 565
ރޮނާލްޑޯއަށް ފީފާއިން ވަކި ޚާއްޞަ އިނާޔަތްތަކެއް ދިން ކަމަށް ބުނެ ސައުތުގޭޓް ތުހުމަތުކޮށްފި
download - 2026-10-17T081440
މާލޭގެ 14 ބިމެއް ސަރުކާރަށް ނަގާ މައްސަލަ ސުޕްރީމް ކޯޓާ ހަމައަށް ގެންދަން ސިޓީ ކައުންސިލުން ނިންމައިފި
download - 2026-10-17T061355
ޔަމަނުގެ ޢަދަން އެއާޕޯޓަށް ޙޫޘީންގެ މިސައިލް ހަމަލާތަކެއް
Bridge cinamale
ހައިވޭގައި ޑިއުޓީގައި ހުރި ފުލުހެއްގެ ގައިގައި ސައިކަލަކުން ޖެހި ސީރިއަސް އަނިޔާތަކެއް ވެއްޖެ
Ads by
މަގުބޫލު
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި