Sunday, 25 October 2026
Ads by

މުޢާމަލާތުކުރުމުގައި މަޑުމައިތިރިކަން އިސްކުރުމަށް ހުކުރު ޚުޠުބާގައި ގޮވާލައިފި

މުޢާމަލާތުކުރުމުގައި މަޑުމައިތިރިކަން އިސްކުރުމަށް ހުކުރު ޚުޠުބާގައި ގޮވާލައިފި

އިސްލާމްދީނަކީ ހަމައެކަނި އަޅުކަންތަކެއްގެ މައްޗަށް ބިނާވެފައިވާ ދީނެއް ނޫން ކަމަށާއި، ދޭދޭ ފަރުދުންގެ މެދުގައި މުޢާމަލާތުކުރުމުގައި މަޑުމައިތިރިކަމާއި ރިވެތި އަޚުލާޤު އިސްކުރުމަކީ ދީނުގެ މުހިންމު ބައެއްކަން މިއަދުގެ ހުކުރު ޚުޠުބާގައި ހަނދާންކޮށްދީފިއެވެ.

Ad Image
Ads by

”މަޑުމައިތިރިކަން އިސްކުރުން“ މި މައުޟޫޢަށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިއްވި ޚުޠުބާގައި ބަޔާންކޮށްފައިވާ ގޮތުގައި، މިއަދު ގިނަ ބަޔަކަށް ހީވެފައި އޮންނަނީ ނަމާދާއި ރޯދަ ފަދަ ފަރުޟު އަޅުކަންތައް އަދާކުރުމުން ދީން ފުރިހަމަވީ ކަމަށެވެ. ނަމަވެސް، ފަރުޟުތަކަށް ރައްކާތެރިވާ ބައެއް މީހުންގެ ކިބައިން ވެސް މީސްތަކުންނާ މުޢާމަލާތުކުރުމުގައި ހަރުކަށިކަމާއި، ދޫނުދިނުމާއި، މަޢާފުނުކުރުން ފަދަ ނުރަނގަޅު ސިފަތައް ފެންނަމުންދާކަން ޚުޠުބާގައި ފާހަގަކުރިއެވެ.

ޚުޠުބާގައި ބަޔާންކުރި ގޮތުގައި، ކީރިތި ރަސޫލާ ﷺ އަކީ މަޑުމައިތިރިކަމާއި އޯގާވެރިކަމުގެ އެންމެ ފުރިހަމަ ނަމޫނާއެވެ. އެކަލޭގެފާނު އެކަލޭގެފާނުގެ އަހުލުވެރިންނާއި، އަޞްޙާބުންނާއި، އަދި ދުޝްމަނުންނާ މެދުގައި ވެސް މުޢާމަލާތު ކުރެއްވީ އޯގާވެރިކަމާއެކުގައެވެ. މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވަނީ، ﷲ ގެ ރަސޫލާގެ ކިބައިގައި މުސްލިމުންނަށް ރިވެތިވެގެންވާ ނަމޫނާއެއްވާ ކަމަށެވެ.

މަޑުމައިތިރިކަމުގެ މުހިންމުކަން ހާމަކޮށްދެއްވަމުން ޚުޠުބާގައި ފިރުޢައުނުގެ ވާހަކަ މިސާލެއްގެ ގޮތުގައި ގެނެސްދީފައިވެއެވެ. އެގޮތުން، ކަލާނގެކަމަށް ދަޢުވާކުރި އަނިޔާވެރި ފިރުޢައުނުގެ ގާތަށް މޫސާގެފާނާއި ހާރޫނުގެފާނު ފޮނުއްވި ހިނދު ވެސް، އޭނާއާ މުޚާޠަބުކުރެއްވުމަށް މާތް ﷲ އެންގެވީ މަޑުމައިތިރި ބަހުންނެވެ. މީގެއިން ދޭހަވަނީ ދީން ޤަބޫލުނުކުރާ މީހުންނާ މެދު ވެސް މަޑުމައިތިރިވާން ޖެހޭއިރު، މުސްލިމް އަޚުންގެ މެދުގައި އެކަކު އަނެކަކަށް އޯގާވެރިވުން މާ އައުލާކަން ބޮޑުވެގެންވާ ކަމެވެ.

މަޑުމައިތިރިކަމުގެ މުހިންމުކަން ހާމަކޮށްދެއްވަމުން ޚުޠުބާގައި ވަނީ ކީރިތި ރަސޫލާ ﷺ ގެ ޙަދީޘްފުޅެއް ގެންނަވާފައެވެ. (إِنَّ اللهَ رَفِيْقٌ يـُحِبُّ الرِّفْقَ وَيُعْطِيْ عَلَى الرِّفْقِ مَا لَا يُعْطِيْ عَلَى الْعُنْفِ) މާނައީ: ”ހަމަކަށަވަރުން ﷲ ސުބުޙާނަހޫ ވަތަޢާލާއީ އޯގާވަންތަ ރަސްކަލާނގެއެވެ. އެކަލާނގެ އޯގާތެރިކަމަށް ލޯބިކުރައްވައެވެ. އަދި އެކަލާނގެ ހަރުކަށިކަމާއި ގަދަބަދަވިކަމަށް ނުދެއްވާ ސަވާބާއި ދަރުމައާއި އެނޫންވެސް ހެޔޮ ކަންތައް، އޯގާތެރިކަމާއި މަޑުމައިތިރިކަމަށް ދެއްވައެވެ.“

ޚުޠުބާގައި ބަޔާންކުރި ގޮތުގައި، ކަލާނގެކަމަށް ދަޢުވާކުރި އަނިޔާވެރި ފިރުޢައުނުގެ ގާތަށް މޫސާގެފާނާއި ހާރޫނުގެފާނު ފޮނުއްވި ހިނދު ވެސް، އޭނާއާ މުޚާޠަބުކުރެއްވުމަށް މާތް ﷲ އަމުރުކުރެއްވީ މަޑުމައިތިރިކަމާއެކުގައެވެ.

އެކަލާނގެ ވަޙީކުރެއްވިއެވެ. ﴿اذْهَبَا إِلَىٰ فِرْعَوْنَ إِنَّهُ طَغَىٰ * فَقُولَا لَهُ قَوْلًا لَّيِّنًا لَّعَلَّهُ يَتَذَكَّرُ أَوْ يَخْشَىٰ﴾ މާނައީ: ”ފިރުޢައުނުގެ ގާތަށް ތިޔަ ދެބޭކަލުން ވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، އޭނާ އަނިޔާވެރިވެ ހައްދުފަހަނަޅައި ހިނގައްޖެއެވެ. ފަހެ، މަޑުމައިތިރި ބަހުން ތިޔަދެބޭކަލުން އޭނާއަށް ބަސް ވިދާޅުވާށެވެ! (އެއީ) އޭނާ ހަނދުމަކޮށް، ނުވަތަ ބިރުވެތިވޭތޯ އެކަމުގެ އުންމީދުގައެވެ.“

މީގެއިން ދޭހަވަނީ ދީން ޤަބޫލުނުކުރާ މީހުންނާ މެދު ވެސް މަޑުމައިތިރިވާން ޖެހޭއިރު، މުސްލިމް އަޚުންގެ މެދުގައި އޯގާވެރިވުން މާ އައުލާކަން ބޮޑުވެގެންވާ ކަމެވެ.

މީގެ އިތުރުން، ރުޅި މައިތިރިކުރުމުގެ މަތިވެރިކަމުގެ މައްޗަށް އަލިއަޅުވާލައްވަމުން ރަސޫލުﷲ ﷺ ގެ އިތުރު ޙަދީޘްފުޅެއް ޚުޠުބާގައި ޛިކުރުކުރެއްވިއެވެ.

(مَنْ كَظَمَ غَيْظًا وَهُوَ قَادِرٌ عَلَى أَنْ يُنْفِذَهُ، دَعَاهُ اللهُ عَلَى رُؤُوْسِ الْـخَلَائِقِ يَوْمَ الْقِيَامَةِ، حَتَّى يُـخَيِّرَهُ فِيْ أَيِّ الْـحُوْرِ شَاءَ) މާނައީ: ”މީހަކު ކަމަކާ ރުޅިއައިސް އެ ކަމުގެ ބަދަލުހިފުމުގެ މައްޗަށް ކުޅަދާނަވެގެންވާ ޙާލުގައި ވެސް، އެ ރުޅި މައިތިރިކޮށްފި ނަމަ، މާތް ﷲ އޭނާގެ މަތިވެރިކަން ހާމަކުރެއްވުމުގެ ގޮތުން މީސްތަކުންގެ ތެރޭގައި އެ މީހަކަށް ނިދާ އިއްވަވާނެއެވެ. އެ މަތިވެރި ސިފަލިބިގެންވާ މީހަކީ މިއީއެވެ. ދެން އޭނާ ސުވަރުގެ ވައްދަވައި އޭނާ ބޭނުން ހޫރަލްޢީނަކު އިޚުތިޔާރުކުރުމުގެ ފުރުޞަތު އޭނާއަށް ދެއްވާނެއެވެ.“

”ޙަޤީޤީ މުސްލިމަކީ، އޭނާގެ ދުލާއި އަތުގެ ނުބައިކަމުން އެހެން މުސްލިމުން ސަލާމަތްވެގެންވާ މީހާ،“ ކަމަށް ބަޔާންކުރާ ޙަދީޘްފުޅަށް އިޝާރާތްކުރައްވައި ޚުޠުބާގައި ބުނީ، މަޑުމައިތިރިކަމުގެ ސިފައިން މަޙުރޫމުވެއްޖެ މީހާއީ ހުރިހާ ހެޔޮކަމަކުން މަޙުރޫމުވެފައިވާ މީހެއް ކަމަށެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިސްލާމްދީން ފެތުރިގެން ދިޔައީ ވެސް މުސްލިމުންގެ ކިބައިގައި ހުރި މިފަދަ ރިވެތި އަޚުލާޤީ ސިފަތަކުގެ ސަބަބުންކަން ޚުޠުބާގައި ހަނދާންކޮށްދިނެވެ.

ޚުޠުބާ ނިންމާލަމުން ވަނީ، ނަރަކަ ޙަރާމްކުރެއްވިގެންވަނީ އޯގާތެރި، މަޑުމައިތިރި އަދި މުޢާމަލާތުކުރަން ފަސޭހަ މީހުންނަށް ކަމަށްވާތީ، އެންމެހައި މުސްލިމުންނަކީ އެކަކު އަނެކަކަށް މަޢާފުކުރާ، ރުޅި މައިތިރިކުރާ، އަދި ތަވާޟުޢުވެރި ބަޔަކަށް ވުމަށް އިލްތިމާސްކޮށްފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި