Saturday, 24 October 2026
Ads by

ޔޫކްރޭނުން ރަޝިއާގެ ތެޔޮ ކާރުޚާނާތަކަށާއި ބޯޓުފަހަރަށް ޙަމަލާދީފި، ރަޝިޔާގެ ޙަމަލާތަކުން ދިފާޢުވުމަށް ބޭނުންވާ އިންޓަސެޕްޓަރުތައް ޔޫކްރޭނުން ހުސްވަނީ

ޔޫކްރޭނުން ރަޝިއާގެ ތެޔޮ ކާރުޚާނާތަކަށާއި ބޯޓުފަހަރަށް ޙަމަލާދީފި، ރަޝިޔާގެ ޙަމަލާތަކުން ދިފާޢުވުމަށް ބޭނުންވާ އިންޓަސެޕްޓަރުތައް ޔޫކްރޭނުން ހުސްވަނީ

ރަޝިޔާއިން ދިން ބެލިސްޓިކް މިސައިލް ޙަމަލާއަކާ ގުޅިގެން ޔުކްރެއިންގެ ކީވްގައި ބޮޑު އަލިފާނުގެ ޙާދިސާއެއް ހިނގަމުންދާ މަންޒަރު. މި ޙަމަލާ އަމާޒުކޮށްފައިވަނީ ކީވް ސަރަޙައްދުގެ މީހުން ދިރިއުޅޭ ޢިމާރާތްތަކަށާއި ގުދަންތަކަށެވެ. މި ޙަމަލާތަކުގައި މަދުވެގެން 14 މީހުން މަރުވެ، 27 މީހުން ވަނީ ޒަޚަމްވެފައެވެ، އޮގަސްޓް 4، 2026. (ބީބީސީ)

ޔޫކްރޭނުގެ އަސްކަރިއްޔާއިން ވަނީ ރަޝިއާގެ އެތެރޭގައިވާ ދެ ތެޔޮ ސާފުކުރާ ކާރުޚާނާއަކަށާއި، ކަޅު ކަނޑުގައި އޮޕަރޭޓްކުރާ ރަޝިއާގެ ބޯޓުފަހަރަށް އަމާޒުކޮށް ކާމިޔާބު ޙަމަލާތަކެއް ދީފައެވެ. ނަމަވެސް، ރަޝިއާއިން ޔޫކްރޭނަށް ދެމުންދާ ވައިގެ ޙަމަލާތައް ދިފާޢުކުރުމަށް ބޭނުންވާ އިންޓަސެޕްޓަރ މިސައިލްތައް ވަރަށް ބޮޑަށް މަދުވެފައިވާކަމުގެ އިންޒާރު ޔޫކްރޭނުގެ ރައީސް ވޮލޮޑިމިއަރ ޒެލެންސްކީ ވަނީ ދެއްވާފައެވެ.

Ad Image
Ads by

ޔޫކްރޭނުން ފޮނުވާލި ޑްރޯންތަކުން ވަނީ ހަނގުރާމައިގެ ކުރީ ސަފާ 1،300 ކިލޯމީޓަރު ދުރުގައިވާ ބަޝްކޯރތޯސްތާންގެ ބަޝްނެފްޓް-ނޮވޮއިލް ކާރުޚާނާއަށާއި، ޔަރޮސްލާވްލްގައި ހުންނަ ސްލާވްނެފްޓް-ޔާނޯސް ކާރުޚާނާއަށް ޙަމަލާދީފައެވެ. މީގެ އިތުރުން ކަޅު ކަނޑުގައި ދުއްވާ ރަޝިއާގެ އަސްކަރީ ޕެޓްރޯލް ބޯޓުތަކަކަށާއި ސިއްރުން ތެޔޮ އުފުލާ ”ޝެޑޯ ފްލީޓް“ ގެ ޓޭންކަރުތަކަށްވެސް ޔޫކްރޭނުން ވަނީ ޙަމަލާދީފައެވެ.

ރަޝިއާއިން ވަނީ ޔޫކްރޭނުގެ ޚާރކީވްގެ ބަލަކްލިއާ ސަރަޙައްދަށާއި ސުމީއަށް ބެލިސްޓިކް މިސައިލާއި ގައިޑެޑް ބޮން ބޭނުންކޮށްގެން ވަރުގަދަ ޙަމަލާތަކެއް ދީފައެވެ. މި ޙަމަލާތަކުގައި އާންމުންގެ 6 މީހަކު ވަނީ މަރުވެފައެވެ. ޒެލެންސްކީ ބުނީ، 2025 ވަނަ އަހަރާ އަޅާބަލާއިރު 2026 ވަނަ އަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި ހުޅަނގުން ލިބުނު ވައިގެ ދިފާޢީ މިސައިލްތަކުގެ އަދަދު ތިންބައިކުޅަ އެއްބަޔަށް ދަށްވެފައިވާ ކަމަށެވެ. މީގެ ސަބަބުން، ރަޝިއާއިން އެންމެ ފަހުން ފޮނުވާލި 24 ބެލިސްޓިކް މިސައިލްގެ ތެރެއިން އެންމެ މިސައިލެއްވެސް ޔޫކްރޭނަށް ވައްޓާލެވިފައެއް ނުވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި