Sunday, 25 October 2026
Ads by

އިންޖިނިއަރސް އެވޯޑް އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އިންޖިނިއަރސް އެވޯޑް އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ދިވެހިރާއްޖޭގެ ތަރައްޤީއަށާއި އިންޖިނިއަރިންގ ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެ ދާއިރާގައި ޝާމިލުވާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ ”އިންޖިނިއަރސް އެވޯޑު“ އަށް ކުރިމަތިލުމުގެ ފުރުސަތު މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން މިއަދު ހުޅުވާލައިފިއެވެ.

Ad Image
Ads by

މި އެވޯޑަކީ ރާއްޖޭގެ އުމްރާނީ ތަރައްޤީގައި އިންޖިނިއަރުން އަދާކުރާ މުހިންމު ދައުރު ފާހަގަކޮށް، އެފަރާތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން ދެވޭ ޝަރަފުވެރި އެވޯޑެކެވެ. މިނިސްޓްރީން މަޢުލޫމާތު ދެއްވާ ގޮތުގައި، މި އަހަރުގެ އިންޖިނިއަރުންގެ އެވޯޑު ޖުމްލަ 10 ގިންތިއަކުން ދިނުމަށް ވަނީ ކަނޑައަޅާފައެވެ.

އެވޯޑު ދިނުމަށް ހަމަޖެހިފައިވާ ގިންތިތަކަކީ:

•އިންޖިނިއަރ އޮފް ދަ އިޔަރ
•ލައިފްޓައިމް އެޗިވްމަންޓް އެވޯޑް
•ޔަންގް އިންޖިނިއަރ އެވޯޑް
•ވިމެން އިން އިންޖިނިއަރިންގ އެވޯޑް
•އިންޖިނިއަރިންގ އިނޮވޭޝަން، ޓެކްނޮލޮޖީ، އެޑިއުކޭޝަން އެންޑް ރިސަރޗް އެވޯޑް
•ސަސްޓެއިނަބިލިޓީ ޗެމްޕިއަން އެވޯޑު
•އިންޖިނިއަރިންގ ކޮންސަލްޓަންޓް / ކޮންސަލްޓަންސީ ފާރމް އޮފް ދަ އިޔަރ އެވޯޑު
•ސްޓޫޑަންޓް އިނޮވޭޓަރ އެވޯޑު
•ކޮމިއުނިޓީ އިމްޕެކްޓް އެވޯޑު
•ކޮންޓްރެކްޓަރ އޮފް ދަ އިޔަރ އެވޯޑް

ސަރުކާރުގެ ގެޒެޓުގައި މިހާރު ޝާއިޢުކޮށްފައިވާ ’އިންޖިނިއަރސް އެވޯޑު ދިނުމާ ގުޅޭ އުސޫލު‘ ގައި ބަޔާންކޮށްފައިވާ ޝަރުތުތައް ހަމަވާ ފަރާތްތަކުން މި އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު މިއަދުން ފެށިގެން ވަނީ ހުޅުވާލާފައެވެ. އެވޯޑަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީޚަކީ 20 އޮގަސްޓު 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 އެވެ.

މި އެވޯޑަށް ނަން ހުށަހެޅުމަށް ބޭނުންވާ އޮންލައިން އެޕްލިކޭޝަން ފޯމާއި، އެ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ އިތުރުން އިޤުރާރު، މިނިސްޓްރީގެ ޚާއްޞަ ޕޯޓަލް މެދުވެރިކޮށް ލިބިވަޑައިގަންނަވާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ސަރުކާރުން އަންނަނީ ރާއްޖޭގެ ފަންނީ މަސައްކަތްތެރިންގެ އަގުވަޒަންކޮށް، އެކި ދާއިރާތަކުން ދިވެހިން ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި