Sunday, 25 October 2026
Ads by

ޤައުމީ ވިސްނުން އިސްކުރާނަމަ ފަނާކުރަނިވި ފިކުރަށް ޖާގައެއް ނޯންނާނެ: ރައީސް މުޢިއްޒު

ޤައުމީ ވިސްނުން އިސްކުރާނަމަ ފަނާކުރަނިވި ފިކުރަށް ޖާގައެއް ނޯންނާނެ: ރައީސް މުޢިއްޒު

އިދިކޮޅު ސިޔާސީ ފަރާތްތަކުން ޤައުމީ މަސްލަހަތަށްވުރެ އަމިއްލަ އެދުން އިސްކުރަމުންދާ ކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ އއ. އުކުޅަހުގައި ބޭއްވި ޕީއެންސީގެ ޖަގަހަ ޖަލްސާގައި ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad Image
Ads by

ޖަލްސާގެ ބައިވެރިންނާ މުޚާތަބު ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޤައުމަށް ރަނގަޅު ކަމެއް ކުރާނަމަ އަދި ރައްޔިތުންނަށް ފައިދާހުރި ކަންކަން ފޯރުކޮށްދޭނަމަ، އިދިކޮޅު ސިޔާސީ ފަރާތްތަކުން އެކަމަށް އެއްބާރުލުން ދޭންޖެހޭނެ ކަމަށެވެ. ނަމަވެސް މިއަދުގެ ސިޔާސީ މަސްރަހުން ފެންނަމުންދަނީ ޤައުމު އިސްނުކުރާ މަންޒަރު ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

”ގައުމު އިސްނުކުރާ މަންޒަރު އަޅުގަނޑުމެންނަށް ފެންނަމުންދަނީ. ގައުމަށް ރަނގަޅުކަމެއް ކުރާކަމުގައި ވަންޏާމު، ރައްޔިތުންނަށް ރަނގަޅުކަންތައް ފޯރުކޮށްދޭނެ ކަމަށްވަންޏާ އެކަންކަމަކީ ހަމަ ރަނގަޅު ކަންތައްތައް. އެކަންކަމަށް އިދިކޮޅު ފަރާތްތަކުން ސިޔާސީ ފަރާތްތަކުން ޖެހޭޏެ އެޔަށް އެއްބާރުލުންދޭން. އެއީ ގައުމު އިސްކުރާނަމަ ކަންތައްތައް އޮންނާނެ ގޮތަކީ،“ ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ޤައުމީ ވިސްނުން އިސްކުރާނަމަ ފަނާކުރަނިވި ފިކުރަށް ރާއްޖޭގައި ޖާގައެއް ނޯންނާނެ ކަމަށެވެ. އަދި މި ސަރުކާރުގެ އެންމެ ބޮޑު އެއް ވައުދަކީ ޤައުމަށް ހަމަޖެހުން ގެނައުން ކަމަށާއި، ރައްޔިތުންގެ މެދުގައި އޮތް ބަދަލުހިފުމުގެ ރޫހު އެއްކޮށް ނައްތާލައި، ޤައުމަށް މަންފާކުރާނެ ވިސްނުން ގެންގުޅުމަކީ ސަރުކާރުގެ މައިގަނޑު ސިޔާސަތު ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިކޮށްލުމަށްޓަކައި އިދިކޮޅު ފަރާތްތަކުން މިހާރު މަސައްކަތްކުރަމުންދާ ކަމަށް ތުހުމަތު ކުރައްވަމުން ރައީސް ވިދާޅުވީ، ބައެއް ފަރާތްތަކުން އަމިއްލަ މަސްލަހަތު އިސްކޮށް ޤައުމުގެ ހަމަޖެހުން ނަގާލުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެހެންކަމުން، އިދިކޮޅު ފަރާތްތަކުން ޤައުމު ހަލަބޮލިކުރަން ކުރާ މަސައްކަތްތައް ދެނެގަނެ، މާޒީގައި ކަންކަން ހިނގާފައިވާ ގޮތުން އިބުރަތް ހާސިލްކުރުމަށް ރައީސް ރައްޔިތުންނަށް އިލްތިމާސްކުރެއްވިއެވެ. އަދި ބުއްދީގެ ބޭނުންކޮށްގެން ކަންކަން ވަޒަންކުރަން އެނގޭ ބަޔަކަށް ރައްޔިތުން ވާންޖެހޭނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9451
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޮޑެތި ލުއިތަކެއް
20261024_235904
ޔަމަނުގެ ޢަދަންގެ އަސްކަރީ މަރުކަޒުތަކަށާއި އެއަރޕޯޓަށް ޙޫޘީން ބެލިސްޓިކް މިސައިލް ޙަމަލާތަކެއް ދީފި
Rape cases
ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ބިދޭސީ ދެ ޓީޗަރަކު ހައްޔަރުކޮށްފި
MIRA-1
ގްރީން ޓެކްސްގެ ސުންގަޑިތަކަށް މީރާއިން ބަދަލު ގެނެސްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި