Wednesday, 9 September 2026
Ads by

ވިލިމާލޭގައި 10 ބުރިއަށް އިމާރާތް ކުރެވޭ ގޮތަށް ގަވާއިދު އިސްލާހުކޮށްފި

ވިލިމާލޭގައި 10 ބުރިއަށް އިމާރާތް ކުރެވޭ ގޮތަށް ގަވާއިދު އިސްލާހުކޮށްފި

ވިލިމާލޭގައި 10 ބުރިއަށް އިމާރަތް ކުރެވޭ ގޮތަށް ގަވާއިދު އިސްލާހުކޮށްފިއެވެ.

Ad Image
Ads by

ދުން އަރާ ފަދަ އިންޖީނުލީ ދުއްވާ އުޅަނދުތައް އެތެރެކުރުން މަނާކޮށް ތިމާވެއްޓާ ރައްޓެހި، ހިތްފަސޭހަ މާހައުލެއްގެ ކޮންސެޕްޓަށް ހިންގާ ވިލިމާލޭގައި 10 ބުރީގެ އިމާރާތް އެޅޭ ގޮތަށް ހެދުމަކީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މާލޭގެ މޭޔަރަކަށް ހުންނެވިއިރު ހުށަހެޅުއްވި ވައުދެކެވެ.

މާލޭ ޕްލޭނިން ގަވާއިދު“ ގެ ދެވަނަ ބައި ”ވިލިނގިލި އަވަށުގެ ޕްލޭނިން ގަވާއިދު“ ގައި ވަނީ ވިލިމާލޭގައި އިމާރަތްކުރެވޭނެ އުސްމިން ބަޔާންކޮށްފައެވެ. ގަވާއިދުގައިވާ ގޮތުން ވިލިމާލޭގައި އެންމެ އުސްކޮށް އިމާރަތް ކުރެވޭނީ ހަ ބުރިއަށެވެ. އެއީ ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތީގައި، 19.20 މީޓަރު ނުވަތަ 63 ފޫޓު އަދި ދިރިއުޅުމަށް ނޫން ބޭނުންތަކަށް ދޫކޮށްފައިވާ ގޮތީގައި 18.5 މީޓަރު ނުވަތަ 61 ފޫޓެވެ.

ނަމަވެސް ހައުސިން މިނިސްޓްރީން ވަނީ ”ވިލިނގިލި އަވަށުގެ ޕްލޭނިން ގަވާއިދު“ އާ ގުޅޭ މާއްދާ އިސްލާހުކޮށް، އިއްޔަ ގެޒެޓުކޮށްފައެވެ.

އަލަށް ގެނައި އިސްލާހުގައިވާ ގޮތުން ދިރިއުޅުމަށް އަދި ދިރިއުޅުމަށް ނޫން އެހެން ބޭނުންތަކަށް ވެސް ދޫކޮށްފައިވާ ގޯތިތަކުގައި 30.48 މީޓަރު ނުވަތަ 100 ފޫޓު އުސްމިނަށް އިމާރަތް ކުރެވޭނެއެވެ. އެއީ 10 ބުރީގެ އިމާރާތެއްގެ އުސްމިނެވެ. އިސްލާހުގައިވާ ގޮތުން 10 ބުރިއަށް އިމާރަތް ކުރެވޭނީ ގަވާއިދުގައި ބަޔާންކޮށްފައިވާ ފޯމިއުލާއާ އެއްގޮތަށެވެ.

އިސްލާހުގައިވާ ގޮތުން ދިރިއުޅުމަށް ނޫން ބޭނުންތަކަށް ދޫކޮށްފައިވާ ގޯއްޗެއްގައި 10 ބުރިއަށް އިމާރަތް ކުރެވޭނީ 20،000 ފޫޓަށްވުރެ އެ ގޯތި ބޮޑު ނަމައެވެ. 2،000 ފޫޓަށްވުރެ ގޯތި ކުޑަ ނަމަ، އިމާރާތް ކުރެވޭނީ ހަ ބުރިއަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި