ސްޕޭނުގެ އުތުރު އެފްރިކާގެ ސަރަހައްދެއް ކަމަށްވާ ސެއުތާއަށް މޮރޮކޯއިން ގިނަ އަދަދެއްގެ ރެފިއުޖީން ވަންނަން އުޅުމުގެ ތެރޭގައި ހިނގި ހާދިސާތަކަށްފަހު، އެ ސަރަހައްދުގެ ރައްކާތެރިކަން ވަރުގަދަކުރުމަށްޓަކައި 500 މީޓަރުގެ ކަނޑުގެ ބެރިއަރެއް ސްޕޭނުގެ އަސްކަރިއްޔާއިން ޤާއިމުކޮށްފިއެވެ.
މޫދަށް އެރިގެންނާއި ފާރުމަތިން ވަންނަން އުޅުމުގެ ތެރޭގައި ފިތިގެންނާއި ގެނބިގެން މަރުވި މީހުންގެ އަދަދު ވަނީ 72 އަށް އަރާފައެވެ. ސެއުތާއަށް އެތެރެވި 50,000 އަށްވުރެ ގިނަ މީހުންގެ ތެރެއިން 48,300 އަށްވުރެ ގިނަ މީހުން ވަނީ އަލުން މޮރޮކޯއަށް ފޮނުވާލާފައެވެ.
ސްޕޭނުން ޤާއިމުކުރި 500 މީޓަރުގެ ފްލޯޓިން ބެރިއަރަކީ މޫދު އަޑިއަށް 1 މީޓަރު އަދި ފެންމައްޗަށް 30-70 ސެންޓިމީޓަރު އުފުލިފައިވާ ބެރިއަރެކެވެ. މި ހާދިސާއާ ގުޅިގެން އިޓަލީން ވަނީ ސްޕޭނާއެކު އޮތް ޝެންގެން ވިސާ-ފްރީ އެއްބަސްވުން ވަގުތީގޮތުން ސަސްޕެންޑްކޮށްފައެވެ.













