Wednesday, 12 August 2026
Ads by

ކުޑަހުވަދޫ ހޮސްޕިޓަލުގެ މަސައްކަތަށް ބޭނުންވާ ސާމާނު އެ ރަށަށް ގެންގޮސްފި

ކުޑަހުވަދޫ ހޮސްޕިޓަލުގެ މަސައްކަތަށް ބޭނުންވާ ސާމާނު އެ ރަށަށް ގެންގޮސްފި

ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ދ. ކުޑަހުވަދޫގައި ތަރައްޤީކުރާ އާ ހޮސްޕިޓަލުގެ އަމަލީ މަސައްކަތަށް ބޭނުންވާ ފުރަތަމަ ޝިޕްމަންޓްގެ ސާމާނު އެރަށަށް ގެންގޮސް، އެ ތަކެތި އަންލޯޑްކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރުޑީސީން ފަށައިފިއެވެ.

Ad Image
Ads by

މި ޝިޕްމަންޓުގައި ހިމެނެނީ ހޮސްޕިޓަލު އިމާރާތް ކުރުމުގެ ފުރަތަމަ މަރުހަލާގައި ބޭނުންކުރާ އަސާސީ ސާމާނުތަކާއި މަސައްކަތްކުރާ މީހުން ތިބުމަށް ހަދާ ލޭބާ އެކޮމޮޑޭޝަން ބްލޮކް އިމާރާތް ކުރުމަށް ބޭނުންވާ މުހިންމު ވަސީލަތްތަކެވެ.

ސަރުކާރުން ކުރިއަށްގެންދާ މި މަޝްރޫއަކީ ކުޑަހުވަދޫގެ ސިއްހީ ޚިދުމަތްތައް ފުޅާކޮށް، ރައްޔިތުންނަށް ފެންވަރު ރަނގަޅު ސިއްހީ ފަރުވާ ފަސޭހައިން ލިބޭނެ މަގުފަހިކުރުމުގެ ގޮތުން ފަށާފައިވާ މުހިންމު މަސައްކަތެކެވެ.

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން މައުލޫމާތު ދޭ ގޮތުގައި، މި ސާމާނުތައް ބޭލުމަށްފަހު، އެކޮމޮޑޭޝަން ބްލޮކްގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެއެވެ. މިއާއެކު، ހޮސްޕިޓަލުގެ މައިގަނޑު އޮނިގަނޑު އެޅުމުގެ މަސައްކަތްތައް ވެސް ޝެޑިއުލާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

މި މަޝްރޫއަކީ ސަރުކާރުގެ ތަރައްޤީގެ ޕްލޭނުގެ ދަށުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސިއްހީ ނިޒާމު ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ މުހިންމު މަޝްރޫއެކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
mfda
ކެންސަރު ބަލީގެ ފަރުވާއަށް ބޭނުންކުރާ ފޭކު އިންޖެކްޝަނެއް ރާއްޖެ އެތެރެކުރުމާ ގުޅިގެން ސަމާލުވާން އެދިއްޖެ
IMG_7715
ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފި
IMG_7699
އަމިއްލަ އިސްނެގުމުގައި ހާމަކުރަންޖެހޭ މަޢުލޫމާތު ފުރިހަމައަށް ޝާއިއުކުރި 3 ވަނަ ކުންފުންޏަކަށް އާރްޑީސީ
d0955384-f0c1-4424-b42a-f7fa8ae48877
އެމްއޭސީއެލްގެ އޭވިއޭޝަން އިންސްޓިޓިއުޓް "އެއިމް" އިފްތިތާހުކޮށް، ފުރަތަމަ ބެޗް ދަސްވެނިވެއްޖެ
Ads by
މަގުބޫލު
AB6DE163-F653-4B48-BBD4-7ED2187353D2
ބަލިމީހުންގެ ފުރާނަ ސަލާމަތްކުރަން އުޅުނު ޒުވާން ނަރުސް މިއަދު އަމިއްލަ ފުރާނައަށްޓަކައި އެހީއަކަށް އެދި އާދޭސްކުރަނީ
770688466_27000402432966038_4102168319744938549_n
ކުރީގެ ބޮޑުވަޒީރު ފާމުދޭރިކިލެގެފާނުގެ ކާފަދަރިކަނބަލުން ޤުލްފިޝާން އަވަހާރަވެއްޖެ
HO_gaNOaAAE4pqQ
ސަޕްލައި ދޯންޏެއް ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ސިފައިންގެ މީހަކާއި ފުލުހަކާއި ކައްޕި ގެއްލިއްޖެ
20260809_104625
ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރި ޔޫއޭއީގެ ތެޔޮ އުޅަނދަކަށް ޙަމަލާދީ އޮމާނު ކައިރިން ދެވަނަ އުޅަނދަކަށްވެސް ޙަމަލާ އަމާޒުވެއްޖެ!