Sunday, 25 October 2026
Ads by

ރާއްޖޭގައި ޕޯސްޓްމޯޓަމް ހަދަން ހުޅުމާލެއިން ބިން ހަމަޖައްސައިފި

ރާއްޖޭގައި ޕޯސްޓްމޯޓަމް ހަދަން ހުޅުމާލެއިން ބިން ހަމަޖައްސައިފި

ރާއްޖޭގައި މަރުވާ މީހުންގެ މަރުގެ ސަބަބު ދެނެގަތުމަށް ހަދާ ޕޯސްޓްމޯޓަމް ނުވަތަ އޮޓޮޕްސީ ރާއްޖޭގައި ހެދޭނެ އިންތިޒާމު ގާއިމުކުރުމަށްޓަކައި، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް ހުޅުމާލެއިން ބިން ހަމަޖައްސައިދީފިއެވެ.

Ad Image
Ads by

މާލެ ސިޓީ ގްރޫޕު އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ހަލީމް މީޑިއާއަށް އިއްޔެ ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ޕޯސްޓްމޯޓަމް ސެންޓަރު ގާއިމުކުރުމަށްޓަކައި ހުޅުމާލެ ސަހަރާ ހުރި ބިމުން ޖާގަ ހަމަޖައްސައިދީފައިވާކަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިހާރު އަންގާފައިވާ ކަމަށެވެ.

ހަލީމް ވިދާޅުވި ގޮތުގައި މި ސެންޓަރު ގާއިމުކުރުމަށް ކުރަންޖެހޭ ކުރެހުންތަކާއި އިދާރީ ހުރިހާ މަސައްކަތްތަކެއް މިހާރު ވަނީ ގާތްގަނޑަކަށް ނިމުމަކަށް އައިސްފައެވެ. އަދި މި ސެންޓަރަކީ ހަމައެކަނި ހަށިގަނޑު ފަޅާލައިގެން ޕޯސްޓްމޯޓަމް ހަދާތަނެއް ނޫން ކަމަށާއި، މަރުގެ ތަހުގީގުތަކަށް ބޭނުންވާ ސީޓީ ސްކޭން ފަދަ ޒަމާނީ ވަސީލަތްތައް ވެސް އެ ތަނުގައި ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

”މަރުވާ މީހަކު ތަހުގީގުކުރަންޖެހޭއިރު ބޭނުންވާ ހުރިހާ ވަސީލަތްތަކާއެކު މިތަން ހަދަނީ. ހަމައެކަނި މީހަކު ފަޅާލާކަށް ނޫން. އޭގެ ކުރިން ހަދަންޖެހޭ ސީޓީއާއި މި ހުރިހާ ސްކޭނެއް ވެސް އެ ތަނުގައި ކުރެވޭނެ،“ ހަލީމް ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ފާހަގަކުރެއްވި ގޮތުގައި، އެކި ހާލަތްތަކުގައި (މިސާލަކަށް ފިހިގެން) މަރުވާ މީހުން ހޮސްޕިޓަލުގެ ތެރެއަށް ނުގެނެސް، އެ ސެންޓަރުން ބޭނުންވާ ޑައިގްނޯސްޓިކް ހަދައިގެން މަރުގެ ސަބަބު ދެނެގަނެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ. އަދި  މި މަސައްކަތް ކުރިއަށްދާނީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ އާއި ފުލުހުން އަދި އައިޖީއެމްއެޗް ގުޅިގެން ކަމަށްވެސް ސީއީއޯ ވިދާޅުވެފައިވެއެވެ.

ޕޯސްޓްމޯޓަމް ހެދުމަކީ މެޑިކަލް ސްޕެޝަލިޓީއަކަށްވާއިރު، ރާއްޖޭގައި މިވަގުތު މި ދާއިރާއިން ތައުލީމު ހާސިލުކުރައްވައިގެން ހުންނެވި ހަމައެކަނި ޑޮކްޓަރަކީ ފުލުހުންގެ ފޮރެންސިކްގައި މަސައްކަތްކުރައްވާ ޑރ. ހަސަން އުމަރެވެ.

ރާއްޖޭގައި މި ހިދުމަތް ނުލިބޭތީ މިހާތަނަށް ޖެހެނީ ހަށިގަނޑުތައް ބޭރަށް ފޮނުވާށެވެ. ހެލްތު މިނިސްޓަރު ގީލާ އަލީ ވިދާޅުވެފައިވާ ގޮތުގައި ފާއިތުވި 10 އަހަރު ތެރޭގައި 23 މީހެއްގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ބޭރަށް ފޮނުވާފައިވެއެވެ. މިކަމަށް ކޮންމެ މީހަކަށް މަދުވެގެން 55,000 ރުފިޔާ ހަރަދުވާއިރު، ޖުމްލަ 1.2 މިލިއަނަށްވުރެ ގިނަ ރުފިޔާ މިކަމަށް ވަނީ ހޭދަވެފައެވެ.

ރާއްޖޭގައި މި ހިދުމަތް ގާއިމުވުމުން، މަރުގެ މައްސަލަތައް ތަހުގީގުކުރުމަށް ފަސޭހަވެ، ދައުލަތުން ކުރަންޖެހޭ ބޮޑު ހަރަދެއް ސަލާމަތްވެގެންދާނެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި