Wednesday, 9 September 2026
Ads by

ހުޅުމާލޭން ދިރިއުޅެން ދޫކުރާ ބިން ހަމައެކަނި ދިވެހިންނަށް ވިއްކަން ހުޅުވާލައިފި

ހުޅުމާލޭން ދިރިއުޅެން ދޫކުރާ ބިން ހަމައެކަނި ދިވެހިންނަށް ވިއްކަން ހުޅުވާލައިފި

ހުޅުމާލޭން ދިރިއުޅެން ދޫކުރާ ބިން ހަމައެކަނި ދިވެހިންނަށް ވިއްކަން އެޗްޑީސީން ވަނީ ހުޅުވާލާފައި - ފޮޓޯ:އެޗްޑީސީ

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ދިރިއުޅުމަށް ދޫކުރާ ބިން، ބީލަމުގެ އުސޫލުން ވިއްކަން ހުޅުވާލައިފިއެވެ.

Ad Image
Ads by

އެޗްޑީސީން ބީލަމުގެ އުސޫލުން ވިއްކުމަށް ހުޅުވާލާފައި ވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބީޗް ސައިޑުން 13 ބިމެކެވެ. މި ބިންތަކުގެ ތެރޭގައި 1،864 އަކަފޫޓާއި 2،408 އަކަފޫޓާ ދެމެދުގެ ބިންތައް ހިމެނޭ ކަމަށް އެޗްޑީސީން ބުނެއެވެ.

ދިރިއުޅުމުގެ ބޭނުމަށް ބީލަމުގެ އުސޫލުން ދޫކުރުމަށް އެޗްޑީސީން މިއަދު އިއުލާނުކުރި ބިންތައް ގަތުމަށް އެޕްލިކޭޝަން ހުށަހެޅުމަށް ހަމަޖެހިފައި ވަނީ އެ ކޯޕަރޭޝަނުގެ ބިޑު ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށެވެ.

އެޗްޑީސީން ބުނެފައި ވަނީ ހަމައެކަނި ދިވެހިންނަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލާފައިވާ ބީލަމުގައި އަމިއްލަ ފަރާތްތަކަށާއި ސައްތައިން ސައްތަ ދިވެހިންގެ ހިއްސާ އޮންނަ ކުންފުނިތަކަށް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައި ކަމަށެވެ.

ބިން ވިއްކުން ކުރިއަށް ގެންދަނީ ދެ މަރުހަލާއަކަށް ބަހާލައިގެންނެވެ. ފުރަތަމަ މަރުހަލާއަކީ އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހެޅުމެވެ. ދެވަނަ މަރުހަލާއަކީ ގަންނަން ކަނޑައަޅާފައިވާ ބިމަށް އެއް ފަރާތަށް ވުރެ ގިނަ ފަރާތުން އީއޯއައި ހުށަހަޅާފައި ވާނަމަ، ބިޑު ކުރުމެވެ.

ދިރިއުޅުމުގެ ބޭނުމަށް ދޫކުރުމަށް ކަނޑައެޅިފައިވާ މި ބިންތަކުގެ ބީލަން ފެށޭ އަގަކީ އަކަފޫޓަކަށް 4،000 ރުފިޔާ ކަމަށް އެޗްޑީސީން ބުނެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
DSC_1135
އުމުރު ހަމަވާ އުޅަނދުތަކަށް އެކަށީގެންވާ ބަދަލެއް ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިދޭނެ: ސަޢީދު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި