Sunday, 27 September 2026
Ads by

ޕީއެންސީގެ ވޯޓުލުން އަބަދުވެސް ކުރިއަށްދަނީ އަސާސީ ގަވާއިދާ އެއްގޮތަށް އަތް ހިއްލައިގެން: އެއީ އައު ކަމެއް ނޫން!

ޕީއެންސީގެ ވޯޓުލުން އަބަދުވެސް ކުރިއަށްދަނީ އަސާސީ ގަވާއިދާ އެއްގޮތަށް އަތް ހިއްލައިގެން: އެއީ އައު ކަމެއް ނޫން!

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހުގެ ބައްދަލުވުންތަކުގައި ވޯޓުލުމުގެ ކަންކަން ކުރިއަށްގެންދާނީ އެ ޕާޓީގެ އަސާސީ ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށް އެ ޕާޓީން ހާމަކޮށްފިއެވެ.

Ad Image
Ads by

ޕީއެންސީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، އެ ޕާޓީގެ މަތީ މަޖިލީހުގެ ވޯޓުލުމުގެ ކަންކަން ހަމަޖެހިފައިވާ ގޮތާ ގުޅޭގޮތުން ބައެއް މީޑިއާތަކުން ފަތުރަމުންދާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ. ޕާޓީގެ އެކި ގުނަވަންތަކުގެ ކަންކަން އިންތިޒާމުކޮށް ތަރުތީބުކުރާނެ ގޮތާއި، ކަންކަން ނިންމާނެ ގޮތްތައް އިލެކްޝަންސް ކޮމިޝަނުގައި ރަޖިސްޓްރީކޮށްފައިވާ އަސާސީ ގަވާއިދުގައި ވަރަށް ތަފުސީލުކޮށް ބަޔާންކޮށްފައިވާނެ ކަމަށް އެ ޕާޓީން ބުނެއެވެ.

އެގޮތުން ޕާޓީގެ އަސާސީ ގަވާއިދުގެ ހަތްވަނަ ބާބުގައި މަތީ މަޖިލީހުގެ ވޯޓުލުމުގެ ކަންކަން ކުރިއަށްގެންދަންޖެހޭ ގޮތް ބަޔާންކޮށްފައިވާ ކަމަށާއި، އެކަމަށް ބަދަލެއް ނާންނަ ކަމަށް ބަޔާނުގައި ވެއެވެ.

ޕީއެންސީ ބަޔާނުގައި ބުނެފައިވަނީ، ޕާޓީގެ މަތީ މަޖިލީހުގެ ވޯޓުލުމުގެ ކަންކަން ހަމަޖެހިފައިވާ ގޮތާ ގުޅޭގޮތުން ފަތުރަމުންދާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި އަތް އުފުލައިގެން ވޯޓު ނެގުމަކީ މަތީ މަޖިލީހުގެ ވިލަރެސް ކޮމިޓީން އަލަށް ނިންމި ނިންމުމެއް ނޫން ކަމަށާއި، އެއީ ޕާޓީގެ އަސާސީ ގަވާއިދުގައި ކުރިންވެސް ބަޔާންކޮށްފައިވާ ކަމެއްކަން އެ ޕާޓީން ފާހަގަކުރެއެވެ.

ޕީއެންސީގެ އަސާސީ ޤަވާއިދުގައިވާ ގޮތުން ޕާޓީގެ މަތީ މަޖިލީހުގެ ކަންކަން ފާސްކުރުމަށް ވޯޓުދޭނީ އަތް އުފުލައިގެންނެވެ. އަދި ޕާޓީގެ މަތީ މަޖިލީހުގައި ޕާޓީގެ މެންބަރުންގެ މަޖިލީހަށް މެންބަރުން އިންތިޚާބު ކުރުމަށް ނެގޭ ވޯޓަކީ ހާމަ ވޯޓަކަށް ވާން ޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށް ޕީއެންސީން ބުނެއެވެ. އެހެން ކަމުން ޕާޓީގެ މަތީ މަޖިލީހުގައި ޕާޓީގެ ނައިބު ރައީސުންނާއި މެންބަރުންގެ މަޖިލީހުގެ މެންބަރުން އިންތިޚާބަށް ހާމަ ވޯޓެއް ނެގުމަކީ ޕާޓީގެ އަސާސީ ޤަވާއިދާއި ޚިލާފު ކަމެއް ނޫން ކަމަށް ޕީއެންސީން ބުނެއެވެ.

ޕީއެންސީ ވަނީ އެ ޕާޓީގެ މަތީމަޖިލީހުގައި އޮތް އުފުލައިގެން ވޯޓު ނެގުމަށް މަތީ މަޖިލީހުގެ ކަންކަން ވިލަރެސްކުރާ ކޮމެޓީން ނިންމި ކަމަށް ބުނާ ވާހަކަ ދޮގުކޮށްފައެވެ. އަދި އެކަމަކީ ނިންމަންޖެހޭ ކަމެއްގެ ބަދަލުގައި އަސާސީ ޤަވާއިދުގައި ބަޔާން ކުރެވިފައިވާ ކަމެއްކަން އެޕާޓީން ފާހަގަކުރެއެވެ.

ޕީއެންސީން ވަނީ އެ ޕާޓީގެ މަތީ މަޖިލީހުގައި ޢަމަލުކުރާނީ މިހާތަނަށް ޢަމަލުކުރަމުން އައިސްފައިވާ ގޮތަށް، އަސާސީ ޤަވާއިދުގައި ބަޔާންކޮށްފައިވާ ގޮތާއި އެއްގޮތައް ކަމުގެ ޔަޤީން ދީފައެވެ. އެޕާޓީން ވަނީ ޕާޓީގެ އެތެރޭގެ ހިންގުމާއި ގޫޅޭ ހުރިހާ ކަމެއް ހިންގަމުންދާނީ، ޕާޓީގެ މަތީ މަޖިލީހުން ފާސްކޮށް ޕާޓީގެ އަސާސީ ޤަވާއިދާއި އެއްގޮތަށް މިނިވަން ޑިމޮކްރެޓިކް ޕާޓީތަކުގައި ޢަމަލުކުރާ އުސޫލްތަކާއި އެއްގޮތަށް ދެފުށް ފެންނަ ގޮތަށް ކަމުގެ ޕީއެންސީން ވަނީ އެ ޕާޓީގެ މެންބަރުންނަށް ޔަޤީންކަން ދީފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-09-27T002300
ރައީސް މުއިއްޒުގެ ދެކަނބަލުން ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެންފި
20260927_052909
އެމެރިކާއަށް ކުރާ އިތުބާރު ގެއްލިއްޖެކަމަށް ބުނެ އަނެއްކާވެސް ސުލްޙައިގެ ވާހަކަތައް އީރާނުން ހުއްޓާލައިފި
download - 2026-09-26T083407
ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭ ދައުވާތަކުގައި ޓިކްޓޮކުން އެމެރިކާގެ އެލަބާމާއާއެކު ސުލްހައިގެ ފުރަތަމަ އެއްބަސްވުން ގާއިމުކޮށްފި
DSC_8864
ދަރަނި އަދާކޮށް، އަސާސީ ހިދުމަތްތައް ގާއިމުކުރުމުން އިންވެސްޓަރުންގެ އިތުބާރު ލިބޭ: ރައީސް މުޢިއްޒު
Ads by
މަގުބޫލު
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި