Saturday, 24 October 2026
Ads by

އެމެރިކާގެ އަސްކަރީ ’އައްޑަނައަކަށް‘ ވާ ޤައުމުތަކަށް ހަނގުރާމައިގެ އަލިފާންގަނޑު ފޯރާނެކަމުގެ އިންޒާރު އީރާނުން ދީފި

އެމެރިކާގެ އަސްކަރީ ’އައްޑަނައަކަށް‘ ވާ ޤައުމުތަކަށް ހަނގުރާމައިގެ އަލިފާންގަނޑު ފޯރާނެކަމުގެ އިންޒާރު އީރާނުން ދީފި

ކިންގް އަބްދުލްއަޒީޒް ކޮންފަރެންސް ސެންޓަރުގައި ބޭއްވުނު ޢަރަބި-އިސްލާމިކް-އެމެރިކަން ސަމިޓުގެ ތެރެއިން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުއާއި، ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އަލް-ސަޢުދު އާއި، އުރުދުންގެ ރަސްގެފާނު ޢަބްދުﷲ ދެވަނަ އާއި، މިޞްރުގެ ރައީސް ޢަބްދުލްފައްތާޙް އައް-ސީސީއާއި އަދި އެހެންވެސް ޢަރަބި އަދި މުސްލިމް ޤައުމުތަކުގެ ވެރިން ގްރޫޕް ފޮޓޯއަކަށް ހުއްޓިގެން ތިބިތަން. (އޭ.އެފް.ޕީ)

އެމެރިކާގެ އަސްކަރީ އޮޕަރޭޝަންތަކަށް އެހީތެރިވެ، އެމެރިކާގެ ”ދިފާއީ އައްޑަނައެއްގެ“ ގޮތުގައި މަސައްކަތްކުރާ ސަރަހައްދީ ކޮންމެ ޤައުމަކަށް ހަނގުރާމައިގެ އަލިފާންގަނޑު ފޯރާނެކަމުގެ ވަރުގަދަ އިންޒާރެއް އީރާނުގެ އަސްކަރިއްޔާއިން ދީފިއެވެ.

Ad Image
Ads by

އީރާނުގެ އެންމެ އިސް އަސްކަރީ ކޮމާންޑް (ޚާތަމް އަލް-އަންބިޔާ) ގެ ވެރިޔާ މޭޖަރ ޖެނެރަލް އަލީ ޢަބްދުﷲ ވަނީ، އެމެރިކާއިން މެދުއިރުމަތީ ޤައުމުތަކުގެ ވަސީލަތްތައް ބޭނުންކޮށްގެން ހަނގުރާމަ ފުޅާކުރަމުންދާ ކަމަށް ތުހުމަތުކޮށްފައެވެ.

މި އިންޒާރު މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ އެމެރިކާގެ އަސްކަރީ މަރުކަޒުތައް ޤާއިމުކޮށްފައިވާ ގަލްފުގެ ޤައުމުތަކަށެވެ. (އޭގެ ތެރޭގައި ކުވައިތު، ޤަޠަރު، ބަޙްރައިން އަދި ޔޫ.އޭ.އީ ހިމެނެއެވެ). އީރާނުން އަންގާފައިވަނީ އެމެރިކާއަށް އެހީތެރިކަން ފޯރުކޮށްދޭ ޤައުމުތަކަކީ އީރާނުގެ އަސްކަރީ ހަމަލާތަކުގެ އަމާޒަކަށް ވާނެ ޤައުމުތަކެއް ކަމަށެވެ.

އެމެރިކާގެ ޚާރިޖިއްޔާގެ އިރުޝާދުގެ ދަށުން މެދުއިރުމަތީގެ ޤައުމުތަކުގައި ހުރި އެމެރިކާ އެމްބަސީތަކުން ދަނީ އެޤައުމުތަކުގައި ދިރިއުޅެމުންދާ އެމެރިކާގެ ރައްޔިތުންނަށް އެޤައުމުތަކުން އެއްކޮށް ފޭބުމަށް ވިސްނުމަށް އިރުޝާދު ދެމުންނެވެ. އަދި އެމެރިކާގެ އަސްކަރީ މަރުކަޒުތަކާ ގާތް ނުވުމަށާއި އިޒްރޭލުގައި އުޅެމުންދާ އެމެރިކާގެ ރައްޔިތުންނަށް ޙަމަލާތަކުން ރައްކާތެރިވާނެ ތަންތަން ހޯދައިގެން ތިބުމަށް އިރުޝާދު ދީފައެވެ. މި އިންޒާރުތައް ނެރެފައިވަނީ، ހޮރްމުޒް ކަނޑުއޮޅި ހުޅުވުމަށްޓަކައި އިޒްރޭލާ ގުޅިގެން އީރާނަށް ވަރުގަދަ ޙަމަލާތަކެއް ދޭން ރާވަމުންދާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފައިވާ ދަނޑިވަޅެއްގައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި