Sunday, 27 September 2026
Ads by

އީރާނަށް ދޭން އުޅުނު ހަމަލާތައް ޓްރަމްޕް ހުއްޓާލައިފި

އީރާނަށް ދޭން އުޅުނު ހަމަލާތައް ޓްރަމްޕް ހުއްޓާލައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އީރާނާ ދެކޮޅަށް ދޭން ރާވާފައި ފައިވާ ހަމަލާތައް ކެންސަލް ކޮށްފިކަން އިޢުލާނު ކޮށްފިއެވެ. ޓްރަމްޕް ވަނީ މި ހަމަލާތައް މަޑުޖައްސާލީ ވަރަށް އަވަހަށް އެއްބަސްވުމަކަށް އާދެވޭނެ ކަމުގެ އުންމީދު އޮތުމުން ކަމަށް ބުނެފައެވެ.

Ad Image
Ads by

ވައިޓް ހައުސްއިން ހާމަކުރި ގޮތުގައި، އީރާނާއި މެދުއިރުމަތީގެ އެހެން ބައެއް ގައުމުތަކުން ވަނީ ހަމަލާ ނުދިނުމަށް ޓްރަމްޕްގެ އަރިހުން އެދިފައެވެ. ޓްރަމްޕް އިތުރަށް ބުނިގޮތުގައި މިހާރު ވަނީ އެއްބަސްވުމެއްގެ އަސާސީ އޮނިގަނޑާ މެދު މަޝްވަރާ ކުރެވިފައެވެ. މީގެ ތެރޭގައި ދުނިޔޭގެ ތެޔޮ ސަޕްލައިގައި މުހިންމު ދައުރެއް އަދާކުރާ ”ސްޓްރެއިޓް އޮފް ހޯރްމުޒް“ އަލުން ހުޅުވާލުން ހިމެނެއެވެ.

ނަމަވެސް، އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ވަނީ އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދޭ ކޮންމެ ހަމަލާއަކަށް ވަރުގަދަ ރައްދު ހަމަލާއެއް ދޭނެ ކަމުގެ އިންޒާރު ދެއްވާފައެވެ. އޭނާ މިހެން ވިދާޅުވީ ޕާކިސްތާނުގެ އަސްކަރީ ވެރިޔާއާއި، ތުރުކީ އަދި ސައުދީ އަރަބިއްޔާގެ ފޮރިން މިނިސްޓަރުންނާ ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މި ނުތަނަވަސްކަމުގެ ތެރޭގައި، އިސްރާއީލު ސިފައިން ފަލަސްތީނުގެ ގައްޒާއަށް ދެމުންދާ ހަމަލާތައް ވަނީ އިތުރަށް ވަރުގަދަކޮށްފައެވެ. އެގޮތުން ގައްޒާގެ އެކި ސަރަހައްދުތަކުން އަށް މީހަކު ޝަހީދުކޮށްލާފައިވާއިރު، ދީރް އަލް-ބަލާހްގައި ހުރި ބޭސް ގުދަނަކަށް ދިން ހަމަލާއެއްގައި އެ ތަން ވަނީ އެއްކޮށް ސުންނާފަތިވެފައެވެ.

އިސްރާއީލުން ދިން މި ހަމަލާގެ ސަބަބުން އެ ސަރަހައްދުގައި 20 މީޓަރު (66 ފޫޓު) ފުޅާ އަދި 10 މީޓަރު (33 ފޫޓު) ފުން ބޮޑު ވަޅުގަނޑެއް ވަނީ އުފެދިފައެވެ. މި ހަމަލާއަކީ ފަލަސްތީނުގެ އާންމުންނަށް ބޭނުންވާ ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުރަސްއެޅުމުގެ ގޮތުން އިސްރާއީލުން ހިންގި ލާއިންސާނީ އަމަލެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. ގައްޒާގެ އެކި ސަރަހައްދުތަކަށް ދެމުންދާ މިފަދަ ހަމަލާތަކުގައި ފަލަސްތީނުގެ ގިނަ އަދަދެއްގެ ރައްޔިތުން ދަނީ ޝަހީދުވަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-09-26T083407
ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭ ދައުވާތަކުގައި ޓިކްޓޮކުން އެމެރިކާގެ އެލަބާމާއާއެކު ސުލްހައިގެ ފުރަތަމަ އެއްބަސްވުން ގާއިމުކޮށްފި
DSC_8864
ދަރަނި އަދާކޮށް، އަސާސީ ހިދުމަތްތައް ގާއިމުކުރުމުން އިންވެސްޓަރުންގެ އިތުބާރު ލިބޭ: ރައީސް މުޢިއްޒު
marine tech ukulhas
މެރިން ޓެކް ޓްރެއިނިންގް ޕްރޮގްރާމް އއ. އުކުޅަހުގައި ފަށައިފި
download - 2026-09-26T115209
ބިން ހިއްކުމުގެ މަޝްރޫޢުތައް އަވަސްކުރަން އެމްޓީސީސީއަށް ބޮޑު އާ ޑްރެޖަރެއް ގެންނަނީ
Ads by
މަގުބޫލު
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި