Sunday, 25 October 2026
Ads by

ތުރުކީއަށް ޑިއުޓީއާ ނުލައި މަސް ބޭރުކުރެވޭ އެއްބަސްވުމަށް އަމަލުކުރަން ފަށައިފި

ތުރުކީއަށް ޑިއުޓީއާ ނުލައި މަސް ބޭރުކުރެވޭ އެއްބަސްވުމަށް އަމަލުކުރަން ފަށައިފި

ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވަކި ބާވަތްތަކަކުން ޑިއުޓީ މަޢާފުކުރުމަށް ސޮއިކޮށްފައިވާ ”މޯލްޑީވްސް-ތުރުކިޔޭ ޕްރިފަރެންޝިއަލް ޓްރޭޑް އެގްރިމެންޓް“ (ޕީޓީއޭ) އަށް މިއަދުން ފެށިގެން ޢަމަލުކުރަން ފަށައިފިއެވެ.

Ad Image
Ads by

މި އެއްބަސްވުމުގައި ދެ ޤައުމުގެ ދެމެދުގައި ރަސްމީކޮށް ސޮއިކޮށްފައިވަނީ 2024 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައެވެ. މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 2023 ވަނަ އަހަރު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، އެންމެ ފުރަތަމަ ރަސްމީ ދަތުރުފުޅެއްގައި ތުރުކީވިލާތަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން ކުރެވުނު މަސައްކަތްތަކުގެ ނަތީޖާއެކެވެ.

2023 ނޮވެންބަރު 26 އިން 29 އަށް ރައީސް ޑރ. މުޢިއްޒު ތުރުކީވިލާތަށް ކުރެއްވި މި ދަތުރުފުޅުގައި އެ ޤައުމުގެ ރައީސް ރަޖަބް ޠައްޔިބް އުރުދުޣާންއާ ބައްދަލުކުރައްވައި، ދެ ޤައުމުގެ ގުޅުން ބަދަހިކުރުމަށާއި، ޚާއްޞަކޮށް ވިޔަފާރިއާއި އިންވެސްޓްމެންޓްގެ ދާއިރާއިން އެއްބާރުލުން ދިނުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިވެއެވެ.

މި އެއްބަސްވުމަށް ޢަމަލުކުރަން ފެށުމަކީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތަށް ލިބިގެންދިޔަ ތާރީޚީ އަދި ބޮޑު ކުރިއެރުމެކެވެ. މި އެއްބަސްވުމުގެ ދަށުން ދިވެހި ކަނޑުމަހުގެ ބާވަތްތައް ޑިއުޓީއާ ނުލައި ތުރުކީވިލާތަށް ބޭރުކުރުމުގެ މަގު ފަހިވެގެންދާނެއެވެ. މީގެ ސަބަބުން ގާތްގަނޑަކަށް 85 މިލިޔަން މީހުންގެ ބޮޑު މާކެޓެއް ދިވެހި މަސްވެރިކަމުގެ އުފެއްދުންތަކަށް ހުޅުވިގެންދާނެއެވެ.

ސަރުކާރުން ހާމަކުރައްވާ ގޮތުގައި، މިއީ މަސްވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އިޤްތިޞާދީ ގޮތުން ބޮޑެތި ފައިދާތަކެއް ލިބި، ދިވެހި އުފެއްދުންތަކަށް ބައިނަލްއަޤްވާމީ ބާޒާރުގައި ރަނގަޅު އަގު ހޯދުމަށް ފަހިވެގެންދިޔަ ރަނގަޅު ފުރުޞަތެކެވެ. މި އެއްބަސްވުމުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށްވެސް ސަރުކާރުން ލަފާކުރެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި