Saturday, 24 October 2026
Ads by

ވަތަނީ ޚިދުމަތަށް އަހަރަކު 1000 ކުދިން ތަމްރީނުކުރާނެ: ރައީސް

ވަތަނީ ޚިދުމަތަށް އަހަރަކު 1000 ކުދިން ތަމްރީނުކުރާނެ: ރައީސް

ޤައުމުދެކެ ލޯބިވާ، ވަފާތެރި ޖީލެއް ބިނާކުރުމަށް ސަރުކާރުން ފަށާފައިވާ ”ނޭޝަނަލް ސާވިސް“ ނުވަތަ ”ދިވެހި ވަޠަނީ ޚިދުމަތް“ ޕްރޮގްރާމުގެ ދަށުން ކޮންމެ އަހަރަކު މަދުވެގެން 1،000 ކުދިން ތަމްރީނުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ޕީ.އެސް.އެމް ނިއުސްއިން ގެނެސްދޭ ”ނޭޝަން ޗެޓް“ ޕްރޮގްރާމްގެ ތިންވަނަ އެޕިސޯޑުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މިވަގުތު ކެޕޭސިޓީ ހުރި ގޮތުން އަހަރަކު 1،000 ކުދިން ތަމްރީނު ކުރެވުނު ނަމަވެސް، ކުރިމަގުގައި އެ އަދަދު 2،000 އަށް އިތުރުކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދަނީ އެމް.އެން.ޑީ.އެފްގެ ސީދާ ބެލުމުގެ ދަށުންނެވެ.

”އަޅުގަނޑުމެންގެ އަޒުމަކީ ޤައުމުދެކެ ލޯބިވާ، ދީނަށް ވަފާތެރި، އަޚްލާޤު ރަނގަޅު، އަދި ހަށިހެޔޮ މަސައްކަތްތެރި ކުދިންތަކެއް ބިނާކުރުން. މިއީ ޤައުމުގެ މުސްތަޤްބަލަށްޓަކައި ކުރެވޭ ވަރަށް މުހިންމު މަސައްކަތެއް،“ ރައީސް ވިދާޅުވިއެވެ.

މި ތަމްރީނުތައް ފުޅާކުރުމުގެ ގޮތުން ގިނިފުށީގައި ކުރިއަށްދާ މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށްދާކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ ރާއްޖޭގެ އުތުރާއި ދެކުނުގައިވެސް ތަމްރީނު މަރުކަޒުތައް ޤާއިމުކުރުމުގެ މަސައްކަތް ހިނގަމުންދާ ކަމަށެވެ. އަދި މި ޕްރޮގްރާމަކީ ހަމައެކަނި ތަމްރީނެއް ދީފައި ދޫކޮށްލާ ކަމެއް ނޫން ކަމަށާއި، ތަމްރީނު ނިންމާ ކުދިންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަކީ ސަރުކާރުގެ ސިޔާސަތެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެގޮތުން، މިހާތަނަށް ތަމްރީނު ފުރިހަމަކުރި ގިނަ ކުދިންތަކަކަށް އެމް.އެން.ޑީ.އެފް އާއި ފުލުހުންގެ ޚިދުމަތުގެ އިތުރުން ޔުނިފޯމް އެހެން ބޮޑީތަކުން ވަޒީފާ ދެވިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އަމިއްލަ މަސައްކަތް ކުރަން ބޭނުންވާ ކުދިންނަށް އެކި ދާއިރާތަކުން ހުނަރު ދަސްކޮށްދީ، ޕްރައިވެޓް ސެކްޓާގައި މަސައްކަތް ކުރުމުގެ ފުރުސަތުވެސް ފަހިކޮށްދީފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، މި މަސައްކަތުގެ ސަބަބުން ކުދިންގެ އަމިއްލަ ދިރިއުޅުމަށާއި، އާއިލާތަކަށް އަދި މުޅި މުޖުތަމައަށް ބޮޑު ހިތްހަމަޖެހުމަކާއި ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
messi award spain
ސްޕެއިންގެ ޝަރަފުވެރި "ޕްރިންސެސް އޮފް އަސްޓޫރިއަސް" އެވޯޑު މެސީއަށް ލިބިއްޖެ
20261023_212845
އަނިޔާވެރިކަމާ ދެކޮޅަށް ރަޝިޔާގެ އިސްތިއުމާރީ ވެރިކަމަށް ދޫނުދިން ޗެޗްނިޔާގެ ޢިލްމުވެރިއެއް ޝަހީދުކޮށްލައިފި
iPhone duo
އެމެރިކާއާ އެއް ދުވަހެއްގައި އެޕަލް ޑުއޯ ރާއްޖޭގައި ލޯންޗުކޮށް، އެލް ސްޓޫޑިއޯއިން ވިއްކަން ފަށައިފި
IMG-20261023-WA0017
ވިއްސާރައިގެ ގެއްލުންތަކުން އަރައިގަތުމަށް ފުލުހުންގެ އެހީތެރިކަން ރަށްރަށަށް
Ads by
މަގުބޫލު
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
20261023_090833
އެމެރިކާއިން އީރާނަށް ޙަމަލާދިނުމަށް 'މާދަރ އޮފް އޯލް ބޮމްބްސް' ތައްޔާރުކުރުމުން އީރާނުން 'ފާދަރ އޮފް އޯލް ބޮމްބްސް' ދައްކާލުމަށް ތައްޔާރުވަނީ
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
20261023_090833
އެމެރިކާއިން އީރާނަށް ޙަމަލާދިނުމަށް 'މާދަރ އޮފް އޯލް ބޮމްބްސް' ތައްޔާރުކުރުމުން އީރާނުން 'ފާދަރ އޮފް އޯލް ބޮމްބްސް' ދައްކާލުމަށް ތައްޔާރުވަނީ