Saturday, 24 October 2026
Ads by

އެޗްޕީއޭގެ ހުރިހާ ޚިދުމަތްތަކެއް ހުޅުމާލޭގެ މެންހެޓަން ގްރޭންޑް ހޮޓަލް އިމާރާތަށް ބަދަލުކޮށްފި

އެޗްޕީއޭގެ ހުރިހާ ޚިދުމަތްތަކެއް ހުޅުމާލޭގެ މެންހެޓަން ގްރޭންޑް ހޮޓަލް އިމާރާތަށް ބަދަލުކޮށްފި

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެމުންގެންދާ ހުރިހާ ޚިދުމަތްތަކެއް ހުޅުމާލެއަށް ބަދަލުކޮށް، މިއަދުން ފެށިގެން އާ އިމާރާތުގައި ޚިދުމަތް ދޭން ފަށާނެކަން އެ އެޖެންސީން އިއުލާނުކޮށްފިއެވެ.

Ad Image
Ads by

މިހާތަނަށް ސިއްޙީ ވުޒާރާ ހިންގަމުން އަންނަ ރޯޝަނީ ބިލްޑިންގުގައި ހިންގަމުން އައި އެޗްޕީއޭގެ އޮފީސް ބަދަލުކޮށްފައިވަނީ، ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި އަލަށް ތަރައްގީކޮށްފައިވާ މެންހެޓަން ގްރޭންޑް ހޮޓެލްސް އިމާރާތަށެވެ. މިއީ ހުޅުމާލޭގެ ވެމްކޯ ސައިޓާ އިންވެގެން ތަރައްގީ ކޮށްފައިވާ އިމާރާތެކެވެ.

އެޗްޕީއޭއިން މައުލޫމާތު ދޭ ގޮތުގައި، މިއަދުން ފެށިގެން އެ އެޖެންސީގެ ހުރިހާ ޚިދުމަތެއް ދެމުންދާނީ މެންހެޓަން ގްރޭންޑް ހޮޓަލުގެ 2 ވަނަ ފަންގިފިލާގައި ގާއިމުކޮށްފައިވާ އޮފީހުގެ ކައުންޓަރުތަކުންނެވެ. އެޗްޕީއޭއަކީ މި އިމާރާތަށް ޚިދުމަތްތައް ބަދަލުކުރި ދައުލަތުގެ ފުރަތަމަ އިދާރާއެވެ.
ކޮށްލެވޭ ގޮތުގައި، ސަރުކާރުން ”މީޑިއާ ވިލެޖު“ ތަރައްގީ ކުރުމަށް ނިންމާފައިވަނީ ވެސް މި އިމާރާތުގައެވެ.

އެޗްޕީއޭއަކީ ދިވެހިރާއްޖޭގެ އާންމު ސިއްޙަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، އާންމު ސިއްޙަތާ ގުޅޭ އެންމެހައި ކަންކަން ރާވައި ހިންގުމުގެ ޒިންމާ އުފުލާ މައި އިދާރާއެވެ. މިގޮތުން ރާއްޖޭގެ އާބާދީގެ އެކި ގިންތިތަކުގެ ސިއްޙަތު ރައްކާތެރިކުރުމަށް ބޭނުންވާ ޕްރޮގްރާމްތައް އެކުލަވާލުމާއި، ބަލިތަކުން ރައްކާތެރިވުމަށް ދައުލަތުގެ ފަރާތުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް އެ އެޖެންސީން އަންނަނީ ކުރަމުންނެވެ.

މީގެ އިތުރުން، ރާއްޖެއާއި ރާއްޖޭން ބޭރުގެ ކަމާގުޅޭ މާހިރުންގެ އިރުޝާދުގެ ދަށުން، ތަފާތު ބަލިތަކަށް އާންމުން ހޭލުންތެރިކުރުވުމާއި، ސިއްޙީ ރައްކާތެރިކަން ދެމެހެއްޓުމަށް ބޭނުންވާ މުހިންމު މަސައްކަތްތައް ހުޅުމާލޭގެ އާ އޮފީހާއެކު އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އެ އިދާރާއިން އުންމީދު ކުރެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި