Saturday, 24 October 2026
Ads by

އިޒްރޭލުގެ ވައިގެ ޙަމަލާތަކެއްގައި ޣައްޒާގެ މިސްކިތަކާއި ރެފިއުޖީ ފޭލިގެތަކެއް ހަލާކުކޮށްލައިފި

އިޒްރޭލުގެ ވައިގެ ޙަމަލާތަކެއްގައި ޣައްޒާގެ މިސްކިތަކާއި ރެފިއުޖީ ފޭލިގެތަކެއް ހަލާކުކޮށްލައިފި

ދާރު އަލް-މުއްތަޤީން މިސްކިތަކީ ބިމާހަމަކޮށްލެވުނު ފުރަތަމަ މިސްކިތެއް ނޫނެވެ. ނަމަވެސް، 2023 ގެ އޮކްޓޯބަރު 7 އިން ފެށިގެން ޣައްޒާ ސްޓްރިޕްގައި މިހާތަނަށް 1,048 މިސްކިތް ވަނީ ބިމާހަމަކޮށްލާފައެވެ. (އެކްސް/އަލްޖަޒީރާ)

އަނިޔާވެރި ޔަހޫދީ އިސްތިއުމާރީ ދައުލަތް، އިޒްރޭލުން ކެނޑިނޭޅި ނިޒާމީ ގޮތެއްގައި ހިންގަމުންދާ ނަސްލުހޭދުގެ ތެރެއިން، ޣައްޒާ ސިޓީއަށް ދިން ވައިގެ ޙަމަލާތަކެއްގައި، އަލް-މުއްތަޤީން މިސްކިތް އެއްކޮށް ހަލާކުކޮށްލައި، އެ މިސްކިތް ކައިރީގައި ޙިމާޔަތް ހޯދައިގެން ތިބި ފަލަސްޠީނުގެ އެތައް ސަތޭކަ އާއިލާއެއްގެ ފޭލިގެތައް ވަނީ ބިމާ ހަމަކޮށްލާފައެވެ.

Ad Image
Ads by

ޣައްޒާ ސިޓީގެ ވައިއެމްސީއޭ ކޮމްޕައުންޑް ކައިރީގައިވާ އަލް-މުއްތަޤީން މިސްކިތަށް ދިން ޙަމަލާގައި މިސްކިތް އެއްކޮށް ހަލާކުވެ، އެ ސަރަޙައްދުގައި ތިބި އެތައް ސަތޭކަ މީހުންގެ ހިޔާވަހިކަން ވަނީ ގެއްލިފައެވެ. މީގެ އިތުރުން، ނުސީރާތު ރެފިއުޖީ ކޭމްޕުގެ ބާޒާރަކަށް އިޒްރޭލުން ދިން ޙަމަލާއެއްގައި މީހަކު ޝަހީދުވެ، 20 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ. ހަނގުރާމަ ފެށުނީއްސުރެ އިޒްރޭލުން ދިން ޙަމަލާތަކުގައި ޣައްޒާގައިވާ 1,050 އަށްވުރެ ގިނަ މިސްކިތް ވަނީ އެއްކޮށް ބިމާ ހަމަކޮށްލާފައެވެ.

2023 އޮކްޓޫބަރު މަހުން ފެށިގެން އިޒްރޭލުން ޣައްޒާއަށް ދެމުންދާ ޓެރަރިސްޓު ޙަމަލާތަކުގައި 45,000 އަށްވުރެ ގިނަ ފަލަސްޠީނު މުސްލިމުން ޝަހީދުވެ، 100,000 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ. އަދި ހުޅަނގު އައްސޭރީގައި އިޒްރޭލުގެ ނިރުބަވެރި ސިފައިންގެ މަދަދާއެކު ހައްދުފަހަނައެޅި ޔަހޫދީ ހަރުކަށި ފިކުރު ވަޒަންވެރިން ދެމުންދާ ނިރުބަވެރި ޙަމަލާތަކުގައި 800 އަށްވުރެ ގިނަ ފަލަސްޠީނު މީހުން ވަނީ ޝަހީދުކޮށްލާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
20261024_135936
1967 ގެ ފަހުން ހިންގާ އެންމެ ބޮޑު އަސްކަރީ އޮޕަރޭޝަން ވެސްޓު ބޭންކުގައި އިޒްރޭލުން ފަށައި، ޚަލީލް ސިޓީ ޙިޞާރުކޮށްފި
jinseegoanaa
ރޭޕްކޭސް: އަނިޔާ ލިބުނު ފަރާތްތަކުގެ ޒާތީ މައުލޫމާތާއި ފޮޓޯ އާންމުނުކުރުމަށް އެޗްއާރުސީއެމުން އިލްތިމާސްކޮށްފި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި