Saturday, 17 October 2026
Ads by

ވިއްސާރައިގައި ވެލާނާ އެއާޕޯޓަށް ނުޖެއްސި ފްލައިޓްތަކެއް ޑިލޭ ވެއްޖެ

ވިއްސާރައިގައި ވެލާނާ އެއާޕޯޓަށް ނުޖެއްސި ފްލައިޓްތަކެއް ޑިލޭ ވެއްޖެ

މޫސުން ގޯސްވެ ވައިގަދަވުމުގެ ސަބަބުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް (ވީއައިއޭ) ބައެއް ފްލައިޓްތައް ނުޖެއްސި، ބައިނަލްއަގުވާމީ ގިނަ އެއާލައިންތަކެއް މިއަދު ޑިލޭވެއްޖެއެވެ.

Ad Image
Ads by

މޫސުމީ ރިޕޯޓްތައް ދައްކާގޮތުން، އެއާޕޯޓް ސަރަހައްދަށް ބޯކޮށް ވާރޭވެހި ވައި ގަދަވުމުގެ ސަބަބުން އެރޯފްލޮޓް، ގަތަރު އެއާވޭސް، ސްރީލަންކަން އެއާލައިންސް، އިންޑިގޯ އަދި ފިޓްސް އެއާގެ ފްލައިޓްތައް ވަނީ ނުޖެއްސިގެން އެއާޕޯޓް ކައިރީގައި ވައިގެ ތެރޭގައި މަޑުކުރަން ޖެހިފައެވެ.

މީގެ އިތުރުން، ދުބާއީން މާލެއަށް ދަތުރުކުރި ފްލައި ދުބާއީގެ ފްލައިޓް މޫސުން ގޯސްވުމުގެ ސަބަބުން މިހާރު ވަނީ ސްރީލަންކާގެ ކޮލަމްބޯއަށް ޑައިވާޓްކޮށްފައެވެ. މިގޮތަށް ނިންމާފައިވަނީ ރަންވޭއަށް ބޯޓު ޖެއްސޭވަރަށް ވުރެ މޫސުން ގޯސްވުމުގެ ސަބަބުންނެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މޫސުމީ މައުލޫމާތު ދޭ ’މީޓާ‘ (METAR) ރިޕޯޓްތަކުން ދައްކާ ގޮތުގައި، އެ ސަރަހައްދުގައި ފެންނަ މިންވަރު (visibility) ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އަދި ވައިގެ ބާރުމިން ހުރީ ގަޑިއަކު 35 ނޮޓަށް ވައިގަދަވާ (gusting) ގޮތަށެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސް ދުވަސްވަރަކަށް ވުމާއެކު، ވައިގެ ދަތުރުފަތުރަށް ބުރޫއަރަމުންދާތީ ދަތުރުވެރިން ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
Screenshot_20261016_230228_Gallery
އައްޑޫ މީދޫ ކައުންސިލުން، ފިޝަރީޒް މިނިސްޓްރީއާއިއެކު 3 އެއްބަސްވުމެއްގައި ސޮއިކޮށްފި
download - 2026-10-16T220648
މެލޭޝިއާގައި ހިންގި ދެ ރޭޑެއްގައި 4.4 މިލިއަން ޑޮލަރުގެ މަސްތުވާތަކެއްޗާއެކު ބޮޑު ނެޓްވޯކެއް އަތުލައިގަނެފި
police jeelu
ވަގު ނަންބަރު ބޯޑު ހަރުކޮށްގެން ސައިކަލު ދުއްވައި، ވައްކަން ކުރަން އުޅުނު 5 މީހަކު އަތުލައިގެންފި
Ihsan
ޤައުމީ ސަލާމަތާއި ގުޅޭ ކަންކަމުގައި ދޮގުވާހަކަ ނުފެތުރުމަށް ހޯމް މިނިސްޓަރ އިލްތިމާސް ކުރައްވައިފި
Ads by
މަގުބޫލު
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި