Friday, 4 September 2026
Ads by

އެމް.އެމް.ޕީ.އާރް.ސީ ޚިޔާނާތް: އެމް.އެޗް.އާރް ޓްރޭޑިންގގެ މައްޗަށް ދަޢުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފި

އެމް.އެމް.ޕީ.އާރް.ސީ ޚިޔާނާތް: އެމް.އެޗް.އާރް ޓްރޭޑިންގގެ މައްޗަށް ދަޢުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފި

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރް.ސީ) މެދުވެރިކޮށް ހިންގި ބޮޑު ޚިޔާނާތުގެ މައްސަލައިގައި، އެމް.އެޗް.އާރް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް މަނީ ލޯންޑަރިންގގެ ދަޢުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭ.ސީ.ސީ) އިން ނިންމައިފިއެވެ.

Ad Image
Ads by

މި މައްސަލައަކީ އޭ.ސީ.ސީ އާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން ކުރިއަށްގެންދިޔަ ޖޮއިންޓް އިންވެސްޓިގޭޝަނެއްގެ ދަށުން ތަޙުޤީޤުކޮށްފައިވާ މައްސަލައެކެވެ. މި މައްސަލަ ޕީޖީ އޮފީހަށް ފޮނުވުމަށް ނިންމާފައިވަނީ 29 ޖޫން 2026 ގައެވެ.

ތަޙުޤީޤަށް ހާމަވެފައިވާ ގޮތުގައި، 2014 ވަނަ އަހަރުގެ ފެބުރުވަރީ މަހުން ފެށިގެން 2015 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް، ޓޫރިޒަމްގެ ބޭނުމަށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ބޮޑު އަދަދެއް އެސް.އޯ.އެފް ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް އެމް.އެޗް.އާރް ޓްރޭޑިންގގެ އެކައުންޓަށް ޖަމާކޮށްފައިވެއެވެ. އެގޮތުން، އެކި ފަހަރު މަތިން އެސް.އޯ.އެފްގެ ޗެކުތަކެއް ބޭނުންކޮށްގެން ޖުމްލަ 325,000.00 (ތިން ލައްކަ ފަންސަވީސް ހާސް) އެމެރިކާ ޑޮލަރު އެމް.އެޗް.އާރް އަދި އެ ކުންފުނީގެ ދަށުން ހިންގާ ”ތަރުކާރީ ފިހާރަ“ އެކައުންޓަށް ވަނީ ޖަމާކޮށްފައެވެ.

މި ފައިސާއަކީ ޑޮލަރު ގަނެވިއްކުމުގެ މުޢާމަލާތަކުން ލިބުނު ފައިސާކަމަށް ދެއްކުމަށް އެ ކުންފުނިން މަސައްކަތް ކޮށްފައިވީނަމަވެސް، އެ ޗެކުތައް ދިން ފަރާތަކާއި އެއަށް ބަދަލުގައި ދޭންޖެހޭ ދިވެހި ރުފިޔާ ދިން ގޮތެއް ތަޙުޤީޤުގައި އެ ކުންފުންޏަށް ސާބިތުކޮށްދެވިފައެއް ނުވެއެވެ.

މީގެ އިތުރުން، އދ. ފުށިދިއްގާގެ އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި އެމް.އެމް.ޕީ.އާރް.ސީއަށް ދެއްކި 50,000.00 (ފަންސާސް ހާސް) އެމެރިކާ ޑޮލަރު، އެމް.އެމް.ޕީ.އާރް.ސީގެ އޭރުގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ޒިޔާތު މެދުވެރިކޮށް އެމް.އެޗް.އާރްގެ އެކައުންޓަށް ޖަމާކޮށްފައިވާކަންވެސް ތަޙުޤީޤަށް ވަނީ ފާހަގަކުރެވިފައެވެ. މި މުޢާމަލާތްތަކާ ގުޅޭގޮތުން ޒިޔާތާއި އެމް.އެޗް.އާރްގެ މެނޭޖިންގ ޑިރެކްޓަރާ ދެމެދު މުޢާމަލާތްތަކެއް ހިނގާފައިވާކަމާއި، އެ ފައިސާއަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާކަން އެނގޭނެ ނުވަތަ ޝައްކުކުރެވޭނެ ހާލަތެއް އޮތްކަންވެސް ތަޙުޤީޤުން ވަނީ ހޯދިފައެވެ.

މި މައްސަލައިގައި އެމް.އެޗް.އާރް ޓްރޭޑިންގގެ މައްޗަށް ދަޢުވާކޮށްދިނުމަށް އެދިފައިވަނީ މަނީ ލޯންޑަރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުމުގެ ޤާނޫނުގެ 53 ވަނަ މާއްދާއާއި 58 ވަނަ މާއްދާގެ ދަށުންނެވެ.

އޭ.ސީ.ސީ އިން އިތުރަށް ބުނެފައިވަނީ، މި މައްސަލައިގައި ހިމެނޭ 325,000 ޑޮލަރަށްވާ 5,011,500.00 (ފަސް މިލިއަން އެގާރަ ހާސް ފަސް ސަތޭކަ) ރުފިޔާއާއި، ފުށިދިއްގާގެ މައްސަލައިގައި ހިމެނޭ 50,000 ޑޮލަރު އަދި އެ ފައިސާ އިންވެސްޓްކޮށްގެން ލިބުނު ފައިދާ އަނބުރާ ދައުލަތަށް ހޯދުމަށް އެމް.އެމް.ޕީ.އާރް.ސީއަށް ފޮނުވުމަށްވެސް ނިންމާފައިވާ ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260903_231713
އިސްލާމިކް ސްޓޭޓާ ގުޅެން އުޅުނު އިޒްރޭލު އަސްކަރިއްޔާގެ ކުރީގެ ސިފައިންގެ މީހަކު ހައްޔަރުކޮށް ޓެރަރިޒަމް ދަޢުވާކޮށްފި
20260903_233414
ހޫޘީން 'ރުޖޫމް' ޑްރޯން ބޭނުންކޮށްގެން ސަޢޫދީ ކޯލިޝަނު ސިފައިންގެ މަޤާމުތަކަށް ހަމަލާތަކެއް ދީފި
stelco
ރާއްޖެ ޓީވީއާ ގުޅިގެން ސަރުކާރުގެ އަގުވައްޓާލަން މަސައްކަތްކުރި ސްޓެލްކޯގެ މުވައްޒަފު ވަޒީފާއިން ސަސްޕެންޑްކޮށްފި
IMG_8508
ށ. އަތޮޅުގެ އަންހެން ވިޔަފާރިވެރިން ބާރުވެރިކުރުވުމަށް ޚާއްޞަ މަޝްވަރާ ބައްދަލުވުމެއް ބާއްވަނީ
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
image_870x_6a3e8969ce9a8
ނަޝީދުއާއެކު ގެންނާން އުޅުނު "ބޮޑު ބަދަލު" ބޮޑު ކޯޅުމަކަށް!
20260830-234549-720281
3 އަހަރުގެ ދަރިފުޅަށް ޖިންސީ ގޯނާކޮށް، އެ މަންޒަރުތައް ރެކޯޑުކުރި ބައްޕައަކު ހައްޔަރުކޮށްފި
00be6452-011d-4fdc-9e04-8659e747329d
ލޮލުގެ ކޮއި ވަކިވެ ދިޔައީއެވެ! ކެތްތެރިވާށެވެ.
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
image_870x_6a3e8969ce9a8
ނަޝީދުއާއެކު ގެންނާން އުޅުނު "ބޮޑު ބަދަލު" ބޮޑު ކޯޅުމަކަށް!
20260830-234549-720281
3 އަހަރުގެ ދަރިފުޅަށް ޖިންސީ ގޯނާކޮށް، އެ މަންޒަރުތައް ރެކޯޑުކުރި ބައްޕައަކު ހައްޔަރުކޮށްފި
00be6452-011d-4fdc-9e04-8659e747329d
ލޮލުގެ ކޮއި ވަކިވެ ދިޔައީއެވެ! ކެތްތެރިވާށެވެ.