Sunday, 25 October 2026
Ads by

ލިވަބޯޑުތަކަށް ޚާއްސަ ފައިނޭންސިންގ ފެސިލިޓީއެއް ބޭންކް އޮފް މޯލްޑިވްސް އިން ތައާރަފުކޮށްފި

ލިވަބޯޑުތަކަށް ޚާއްސަ ފައިނޭންސިންގ ފެސިލިޓީއެއް ބޭންކް އޮފް މޯލްޑިވްސް އިން ތައާރަފުކޮށްފި

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ސަފާރީ ނުވަތަ ލިވަބޯޑު އޮޕަރޭޓަރުންނަށް ޚާއްސަކޮށްގެން، ރާއްޖޭގައި މިވަގުތު މި ދާއިރާއިން ދޫކުރާ އެންމެ ކުޑަ އިންޓްރެސްޓް ރޭޓް ހިމެނޭ ”ލިވަބޯޑު ފައިނޭންސް“ ފެސިލިޓީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ތައާރަފުކޮށްފިއެވެ.

Ad Image
Ads by

މި ފެސިލިޓީއަކީ ލިވަބޯޑުތައް ގަތުމަށާއި، ބަނުމަށާއި، އުޅަނދުތަކަށް ބޭނުންވާ އިންޖީނާއި އެހެނިހެން ސާމާނު ހޯދުމުގެ އިތުރުން، އުޅަނދުތައް މަރާމާތުކުރުމަށް ބޭނުންވާ ފައިސާ ފޯރުކޮށްދިނުމަށް ފަރުމާކޮށްފައިވާ ޚިދުމަތެކެވެ. މީގެ ސަބަބުން އޮޕަރޭޓަރުންނަށް އެމީހުންގެ ފްލީޓް ފުޅާކުރުމަށާއި، ބޭނުންކުރަމުންދާ އުޅަނދުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ބޮޑު ފުރުސަތެއް ލިބިގެންދާނެއެވެ.

ބީއެމްއެލް އިން ހާމަކުރި ގޮތުގައި، މި ފެސިލިޓީ ދޫކުރަނީ އަހަރަކު 9.5 އިންސައްތައިގެ އިންޓްރެސްޓް ރޭޓެއްގައެވެ. އަދި ރަހުނުގެ ގޮތުގައި އިތުރު އެއްޗެއް ބެހެއްޓުމުގެ ބަދަލުގައި، ފައިނޭންސްކުރާ އުޅަނދު އެކަނި ރަހުނުގެ ގޮތުގައި ބޭނުންކުރެވޭނެއެވެ. ފައިނޭންސް ދޫކުރާނެ މިންވަރު ކަނޑައަޅާނީ އުޅަނދުގެ އަގަށާއި ބޭންކުގެ ކްރެޑިޓް އެސެސްމަންޓަށް ބަލައިގެންނެވެ. މި ފެސިލިޓީގެ ދަށުން ކަސްޓަމަރުން މަދުވެގެން 30 އިންސައްތަ އިކުއިޓީގެ ގޮތުގައި ހިއްސާކުރަން ޖެހެއެވެ.

މި ފެސިލިޓީގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، ފައިސާ އަނބުރާ ދެއްކުމަށް 7 އަހަރާ ހަމައަށް މުއްދަތު ލިބިގެންދާއިރު، ފަތުރުވެރިކަމުގެ މޫސުމަށް ބަލައިގެން ފައިސާ ދެއްކޭނެ ގޮތަށް ހަމަޖެހިފައިވުމެވެ. މީގެ ސަބަބުން އޮޕަރޭޓަރުންނަށް އާމްދަނީ ލިބޭ މިންވަރަށް ބަލައިގެން ފައިސާ ދެއްކުމުގެ ލުއިފަސޭހަކަން ލިބޭނެއެވެ. ފައިސާ އަނބުރާ ދެއްކުމަށް ހަމަޖެހިފައިވަނީ އެމެރިކާ ޑޮލަރުންނެވެ.

މިކަމާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ލިވަބޯޑު ދާއިރާއަކީ ދިވެހި ފަތުރުވެރިކަމުގެ އެންމެ ތަފާތު އެއް ދާއިރާ ކަމަށާއި، މި ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އެފަރާތްތަކުގެ ވިޔަފާރީގެ މޫސުމަށް ބަލައިގެން އެހީތެރިވެދޭނެ މާލީ ބައިވެރިއަކު ބޭނުންވާ ކަމަށެވެ. އަދި މި ފެސިލިޓީއަކީ ރާއްޖޭގެ އިގްތިސާދުގެ މައިނާރު ކަމުގައިވާ ފަތުރުވެރިކަމުގެ ދާއިރާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ބައެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ބޭންކް އޮފް މޯލްޑިވްސްއަކީ ރާއްޖޭގެ ރިސޯޓުތަކާއި، ގެސްޓްހައުސްތަކާއި، އަދި ފަތުރުވެރިކަމުގެ ދާއިރާގެ އެކި ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދިގު ތާރީޚެއް އޮތް ބޭންކެކެވެ. މި އައު ފެސިލިޓީގެ ސަބަބުން އަލަށް މި ދާއިރާއަށް ވަންނަ ފަރާތްތަކަށާއި، މިހާރުވެސް މި ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި