Saturday, 24 October 2026
Ads by

ގާފަރުގައި ތަރައްޤީކުރާ އައުޓްޑޯ ޖިމްގެ އާލާތްތައް ހަރުކުރުމުގެ މަސައްކަތް ފަށައިފި

ގާފަރުގައި ތަރައްޤީކުރާ އައުޓްޑޯ ޖިމްގެ އާލާތްތައް ހަރުކުރުމުގެ މަސައްކަތް ފަށައިފި

ކ. ގާފަރުގައި ސަރުކާރުގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީ.އެސް.އައި.ޕީ) ގެ ދަށުން ތަރައްޤީކުރާ އައުޓްޑޯ ޖިމްގެ މަސައްކަތްތަކުގެ ތެރެއިން، މިހާރު ކުރިއަށްދަނީ ކަސްރަތު ކުރުމަށް ބޭނުންކުރާ އާލާތްތައް ހަރުކުރުމުގެ އަމަލީ މަސައްކަތް ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރް.ޑީ.ސީ) ހާމަކޮށްފިއެވެ.

Ad Image
Ads by

މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނެސް އެންޑް ރެކްރިއޭޝަންގެ ފަރާތުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރް.ޑީ.ސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ ޖުމްލަ 453,000 ރުފިޔާގެ މަޝްރޫޢެކެވެ. މި މަސައްކަތް ނިންމުމަށް އާރް.ޑީ.ސީ އަށް ދީފައިވަނީ 60 ދުވަހުގެ މުއްދަތެކެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމް ޤާއިމުކުރުމަށް ސަރުކާރުން ގެންގުޅުއްވާ އަމާޒުގެ ދަށުން، މިހާތަނަށް 71 ރަށެއްގައި މިފަދަ ޖިމްތައް ބިނާކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ އާރް.ޑީ.ސީ އާ ހަވާލުކުރައްވާފައެވެ. މި މަޝްރޫޢުތަކަކީ ރައްޔިތުންގެ ޖިސްމާނީ އަދި ނަފްސާނީ ޙާލަތު ރަނގަޅުކޮށް، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް ސަރުކާރުން ދެއްވާ ޚާއްޞަ އިސްކަމުގެ ދަށުން ކުރިއަށްގެންދާ މަސައްކަތްތަކެކެވެ.

މީގެ އިތުރުން، މިފަދަ ވަޞީލަތްތައް ރަށްރަށުގައި ޤާއިމުކުރުމުގެ އަނެއް މަޤްޞަދަކީ ރަށުގެ އިޖުތިމާޢީ ގުޅުންތަކާއި އާއިލީ ގުޅުންތައް ބަދަހިކުރުމަށް ފުރުޞަތު ތަނަވަސްކޮށްދިނުމެވެ.

ސަރުކާރުން ރަށްރަށުގެ ތަރައްޤީއަށް ކުރައްވަމުންދާ މަސައްކަތްތަކާއެކު، ގާފަރުގެ މި އައުޓްޑޯ ޖިމް ނިމުމުން އެ ރަށުގެ ރައްޔިތުންނަށް ދުޅަހެޔޮ ދިރިއުޅުމަކަށް ބޭނުންވާ ޒަމާނީ ވަޞީލަތްތައް ލިބިގެންދާނެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި