މެދުއުރުމަތީގައި ތިބި އެމެރިކާގެ އަސްކަރީ ބާރުތަކަށް އީރާނުން ބެލިސްޓިކް މިސައިލް ޙަމަލާއެއް ދީފައިވާކަން އެމެރިކާގެ އަސްކަރިއްޔާއިން ކަށަވަރުކުރުމާ ގުޅިގެން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 4 އިންސައްތައަށްވުރެ މައްޗަށް އުފުލިއްޖެއެވެ.
އެމެރިކާގެ ސޫޑް އޮއިލް ފިއުޗާސް 4 އިންސައްތައަށްވުރެ މައްޗަށް ގޮސް ބެރެލެއްގެ އަގު 82.75 ޑޮލަރަށް އަރާފައިވާއިރު، ބްރެންޓް ކުރޫޑްގެ އަގު ވަނީ ފީފާއަކަަށް 88 ޑޮލަރަށްވުރެ މައްޗަށް އުފުލިފައެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުނީ އީރާނުން އެމެރިކާގެ މަރުކަޒުތަކަށް އަމާޒުކޮށް ފޮނުވާލި ބެލިސްޓިކް މިސައިލްތައް ދިފާއީ ނިޒާމުން ވަނީ ވައްޓާލާފައެވެ.
މި ހަމަލާއަކީ ވޭތުވެދިޔަ 3 ދުވަހު ދެފަރާތުން ހަމަލާތައް ދިނުން ހުއްޓާލާފައި އޮތް އޮތުމަށްފަހު ދެވުނު ހަމަލާއަކަށްވާތީ، ޤަޠަރާއި އޮމާން މެދުވެރިކޮށް ކުރިއަށްދާ ސުލްހައިގެ މަޝްވަރާތަކަށް ވަނީ ބޮޑު ހުރަހެއް އެޅިފައެވެ.













