Wednesday, 9 September 2026
Ads by

ސިފައިންނާއި ކެޑޭޓުންގެ ޝަރަފުގެ ހިނގާލުން މިއަދު ހަވީރު ހުޅުމާލޭގައި ބާއްވަނީ

ސިފައިންނާއި ކެޑޭޓުންގެ ޝަރަފުގެ ހިނގާލުން މިއަދު ހަވީރު ހުޅުމާލޭގައި ބާއްވަނީ

މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ސިފައިންނާއި ކެޑޭޓުންގެ ޝަރަފުގެ ހިނގާލުން މިއަދު ހަވީރު ހުޅުމާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.

Ad Image
Ads by

ޤައުމީ ދިފާޢީ ބާރުން މަޢުލޫމާތު ދެއްވާ ގޮތުގައި، މި އަސްކަރީ ހިނގާލުން ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 4:30 ގައެވެ. މި ހިނގާލުން ފަށާނީ ހުޅުމާލޭ ހިތިގަސްމަގުގައި ހުންނަ ސިންތެޓިކް ދުވާ ޓްރެކް ކައިރިންނެވެ. އަދި ހިނގާލުން ނިންމާލުމަށް ހަމަޖެހިފައިވަނީ ކަލާސީނުކޮށި ކައިރިއަށެވެ.

މި ހިނގާލުމުގައި އެމްއެންޑީއެފްގެ ބޭންޑާއެކު ޖުމްލަ 6 ގެމަ ބައިވެރިވާނެއެވެ. މީގެ އިތުރުން، އެމްއެންޑީއެފްގެ އެކި ކޯތަކާއި ތަފާތު ދާއިރާތަކުގެ ޚިދުމަތްތައް ދައްކާލުމަށްވެސް ވަނީ ހަމަޖެހިފައެވެ. ސިފައިންގެ މި ހިނގާލުމާއެކު މާލެ ސަރަޙައްދުގެ 15 ސްކޫލަކުން ކެޑޭޓުން ބައިވެރިވާ ސްކޫލް ކުދިންގެ ޕެރޭޑްވެސް ކުރިއަށްދާނެއެވެ.

މި ހިނގާލުމުގެ ތެރެއިން ދެ ސަރަހައްދެއްގައި މަޑުކޮށް، މިލިޓަރީ ބޭންޑުގެ ރާގުތައް ކުޅުމަށް ވަނީ ރޭވިފައެވެ. އެއީ ހުޅުމާލޭ ސެންޓްރަލް ޕާކް (ހިތިގަސްމަގާއި ހުވަނދުމާހިނގުން ގުޅޭ ކަންމަތި) އަދި ސިފްކޯ ފުލެޓް (ރީތިގަސްމަގާއި އަސުރުމާހިނގުން ގުޅޭ ކަންމަތި) ސަރަހައްދެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި