ނިރުބަވެރި އިޒްރޭލު އަސްކަރިއްޔާގެ ރައްކާތެރިކަމާއެކު އިސްތިއުމާރުކޮށްފައިވާ ވެސްޓު ބޭންކުގައި އުޅޭ ހައްދުފަހަނައަޅާފައިވާ ޔަހޫދީ ވަޒަންވެރިން، ފަލަސްޠީނުގެ ދެ މިސްކިތެއްގައި ރޯކޮށް އަނދާލައި، މިސްކިތްތަކުގެ ފާރުގައި ހީބްރޫ ބަހުން ބަދަލުހިފުމުގެ ބަސްތައް ލިޔެފިއެވެ.
💢 Israeli settlers set mosque ablaze in Qasra, south of Nablus
Israeli settlers have attacked the town of Qasra, in the northern occupied West Bank, setting fire to a mosque and spray-painting racist slogans on its walls. pic.twitter.com/k6DwBwL802
— Drop Site (@DropSiteNews) July 26, 2026
މިއީ މީގެ ދުވަސްތަކެއް ކުރީން ވެސްޓު ބޭންކުގެ ”ތެލް“ ގައި މުސްލިމުންގެ ބިންތަކަށް އަރައި ގެއްލުންދެމުން ދިޔަ ހަތިޔާރު އެޅި ޔަހޫދީ ވަޒަންވެރީންގެ ޙަމަލާތަކުން ދިފާޢުވުމަށް ހިތްވަރުގަދަ މުސްލިމު ފިރިހެނަކު ޔަހޫދީއެއް އަތުން ބަޑި އަތުލައިގަނެ، ރައްދު ޙަމަލާގައި 2 ޔަހޫދީން މަރުވުމާ ގުޅިގެން ބަދަލު ހިފުމުގެ ޙަމަލާތަކެއްކަމުގައި ހައްދުފަހަނައެޅި ޔަހޫދީންތައް މިސްކިތްތަކުގައި ކުރަހާ ލިޔެފައިވެއެވެ.
ޤުޞްރާ މިސްކިތް އެންދުން
ނާބުލުސް ކައިރީގައިވާ ޤުޞްރާ ރަށުގައި އަލަށް ބިނާކޮށް ނިމެން ކައިރިވެފައިވާ މިސްކިތަކަށް ވަދެ، ޔަހޫދީ ވަޒަންވެރިން ވަނީ ރޯކޮށްލާފައެވެ. މިސްކިތުގެ ފާރުގައި ”ބެންޔާހޫގެ މަރުގެ ބަދަލުހިފުން“ އަދި ”އިޒްރޭލުގެ ބިން ފަތަޙަކުރާނީ ލޭ އޮހޮރުވައިގެން“ ކަމަށް ހީބްރޫ ބަހުން ވަނީ ލިޔެފައެވެ.
💢 Israeli settlers set mosque ablaze in Qasra, south of Nablus
Israeli settlers have attacked the town of Qasra, in the northern occupied West Bank, setting fire to a mosque and spray-painting racist slogans on its walls. pic.twitter.com/k6DwBwL802
— Drop Site (@DropSiteNews) July 26, 2026
ކޫރު މިސްކިތަށް ޙަމަލާދިނުން
ތުލްކަރްމް ކައިރީގައިވާ ކޫރު ރަށުގެ މިސްކިތެއްގައި ރޯކޮށްލަން އުޅެނިކޮށް، ފަތިސްނަމާދަށް ދިޔަ އާންމުން ވަނީ އަލިފާންގަނޑު ނިއްވާލާފައެވެ.
މިއާއެކު ނިރުބަވެރި އިޒްރޭލުގެ އަސްކަރިއްޔާއިން ވަނީ އިސްިތއުމާރުކޮށްފައިވާ ވެސްޓު ބޭންކުގެ އެކި ރަށްތަކުން ފަލަސްޠީނުގެ 60 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށް، މަގުތައް ބަންދުކޮށްފައެވެ.












